Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްއޭ ރިސާޗް ކޮންފަރެންސް 2025

އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެތީ ތައްޔާރުވުމަށް އަޒީމާ ގޮވާލައްވައިފި

ކުދި އިގްތިސާދުތަކުގައި މާލީ ހާލަތުގައި ކުއްލި ބަދަލުތައް އަންނައިރު މުއައްސަސާތައް ތައްޔާރުވެ ތިބުން މުހިއްމު

އަލީ ޝާހީން
އަލީ ޝާހީން | 17 ނޮވެމްބަރު 2025 | ހޯމަ 14:59
ކުރީގެ ގަވަރުނަރު އަޒީމާ ވާހަކަ ދައްކަވަނީ

ކުރީގެ ގަވަރުނަރު އަޒީމާ ވާހަކަ ދައްކަވަނީ

މާލީ ގޮތުން ކުރިމަތިވާ "ތޫފާނެއް" ހަމަ ކޮންމެ ހިނދަކު ވެސް އަތުވެދާނެ ކަމަށާއި އެކަމަށް މަރުކަޒީ ބޭންކުން ތައްޔާރުވެ ތިބެންޖެހޭ ކަމަށް ކުރީގެ ގަވަރުނަރު އަޒީމާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

މަރުކަޒީބޭންކް (އެމްއެމްއޭ) އިން ކުރިއަށް ގެންދާ "އެމްއެމްއޭ ރިސާޗް ކޮންފަރެންސް 2025" ގައި ތަގުރީރުކުރައްވަމުން އަޒީމާ ވިދާޅުވީ އާއްމު ގޮތެއްގައި، ތޫފާނު އަންނާނީ އެންމެ ހީނުކުރާ ވަގުތު ކަމަށާއި ބައެއް ފަހަރު އެއީ ނިދާފައި ތިބޭ ވަގުތު ކަމަށެވެ. ނަމަވެސް ރާއްޖެ ފަދަ ކުދި އިގްތިސާދުތަކުގައި، "ޝޮކެއް ނުވަތަ ތޫފާނެއް" އަތުވެދާނެތޯ މީހުން ސުވާލު ނުއުފައްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޒީމާ ވިދާޅުވި ގޮތުގައި މާލީ ހާލަތާ ދޭތެރޭ އޮންނަ ކަންބޮޑުވުންތަކެއް މީހުންގެ މެދުގައި އޮންނާނެއެވެ. މީހުން ކަންބޮޑުވާނީ އޭނާ ވިދާޅުވި ގޮތުގައި ލިބޭ މުސާރައިން އެ މީހުން ބޭނުންވާ ކާނާ ގަނެވޭނެތޯ އާއި ބޭންކް ކާޑުން ކުރަމުން އައި ކަންތައް ކުރެވިދާނެތޯ ކަމަށެވެ.

ކުރީގެ ގަވަރުނަރު ފާހަގަކުރެއްވި ގޮތުގައި ކުދި އިގްތިސާދުތަކުގައި މާލީ ހާލަތުގައި ކުއްލި ބަދަލުތައް އައުމަކީ ވަރަށް ގާތް ކަމެކެވެ. އެހެންކަމުން މުއައްސަސާތައް އެފަދަ ހާލަތްތަކަށް ތައްޔާރުވެ ތިބުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް އާޒިމާ ފާހަގަ ކުރެއްވި އެވެ.

ތައްޔާރަށް ތިބުމުގެ މާނައަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްގެން ތިބުން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ތޫފާނަކަށް ނުވަތަ ޝޮކަކަށް ތައްޔާރުވާން ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީ "ސްޓްރެޓެޖިކް ފޯ ސައިޓް" ނުވަތަ ކުރިމަގުގައި ކަންވެދާނެ ގޮތްތައް ލަފާކޮށް އެ އިން ކޮންމެ ހާލަތަކާ ގުޅިގެން ގެންނަން ޖެހިދާނެ ބަދަލަކަށް ތައްޔާރުވުމެވެ. މިއީ މާލީ ނިޒާމު ރައްކާތެރިކޮށް، އިގްތިސާދީ ސްޓެބިލިޓީ ދެމެހެއްޓުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައްކަން އާޒިމާ ފާހަގަކުރެއްވި އެވެ.

އެމްއެމްއޭ ރިސާޗް ކޮންފަރެންސްގައި އިލްމީ ދިރާސާ ކަރުދާސްތައް ގިނަ އަދަދަކަށް ހުށަހަޅާފައިވާއިރު އެ ކޮންފަރެންސްގައި 40 ދިރާސީ ޕޭޕަރު ހުށަހަޅަން ހަމަޖެހިފައިވެ އެވެ. މި ކޮންފަރެންސް އަކީ މިދިޔަ އަހަރުން ފެށިގެން ބާއްވާ ކޮންފަރެންސް އެކެވެ.

އަޒީމާ އާދަމްމަރުކަޒީ ބޭންކްއިންފްލޭޝަންރިސަރޗް ކޮންފަރެންސްމާލީ އިދާރާއިގްތިސާދީ ސްޓެބިލިޓީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހަކުރު، ކޮފީ އަދި ސައިފަތުގެ އަގު މައްޗަށް ހިނގައްޖެ

07 ޑިސެމްބަރު 2025
ހަކުރު، ކޮފީ އަދި ސައިފަތުގެ އަގު މައްޗަށް ހިނގައްޖެ
16 ނޮވެމްބަރު 2025

ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ

16 ނޮވެމްބަރު 2025
ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ
22 އޮކްޓޯބަރު 2025

މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ ރާއްޖޭގެ އިޤްތިސާދަަށް ނުރައްކާ ބޮޑުވާނެ ކަމެއް: ސަރުވަޝް

22 އޮކްޓޯބަރު 2025
މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ ރާއްޖޭގެ އިޤްތިސާދަަށް ނުރައްކާ ބޮޑުވާނެ ކަމެއް: ސަރުވަޝް
03 އޮކްޓޯބަރު 2025

އަޅުގަނޑުމެން މި ނުކުންނަނީ މިހާރު ވެރިކަމުގައި ހުރި އަނިޔާވެރި ވަލިއްޔުލްއަމްރު އަޒުލުކުރަން: މީކާއީލް

03 އޮކްޓޯބަރު 2025
އަޅުގަނޑުމެން މި ނުކުންނަނީ މިހާރު ވެރިކަމުގައި ހުރި އަނިޔާވެރި ވަލިއްޔުލްއަމްރު އަޒުލުކުރަން: މީކާއީލް
01 އޮކްޓޯބަރު 2025

ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!

01 އޮކްޓޯބަރު 2025
ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު