Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ތަކެތީ އަގު

ހަކުރު، ކޮފީ އަދި ސައިފަތުގެ އަގު މައްޗަށް ހިނގައްޖެ

2025 ނޮވެމްބަރު މަހު މޭވާ އާއި ތަރުކާރީގެ އަގުތައް ދަށްވި ނަމަވެސް، ކޮފީ އާއި ހަކުރާއި ތެލާއި ޕާސަނަލް ކެއަރ އައިޓަމްތަކުގެ އަގުތައް ވަނީ މައްޗަށް ޖެހިފައެވެ. ހުސްވި އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު މި އަހަރުގެ ނޮވެމްބަރު މަހު 0.73 އިން ސައްތަ އަށް އިންފްލޭޝަން ވަނީ މައްޗަށް ގޮސްފައި.

ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2025 | އާދީއްތަ 08:56
ކާޑު ބަސްތާ ތަކެއް ލޮރީ އެއްގައި އުފުލަނީ

ކާޑު ބަސްތާ ތަކެއް ލޮރީ އެއްގައި އުފުލަނީ

ހަކުރު، ކޮފީ، މާމުއި، ޖޭމު އަދި ސައިފަތު ގެ އަގުތައް މައްޗަށް ހިނގައްޖެ އެވެ.

މި ޑިސެމްބަރު މަހު 3 ވަނަ ދުވަހު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ޝާޢިއު ކުރި ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީ.ޕީ.އައި) ރިޕޯޓު ގައިވާ ގޮތުން މި ބާވަތްތަކުގެ އިތުރުން ސީރިއަލް އާއި ސީރިއަލް ގެ އުފެއްދުންތަކުގެ އަގުތައް ވެސް ވަނީ އުފުލިފަ އެވެ.

Advertisement - businessAdvertisement

2025 އޮކްޓޯބަރުން ނޮވެމްބަރަށް މަހުން މަހަށް ކާބޯތަކެތީގެ އަގުތައް އައި ބަދަލުތަކަށް ބަލާއިރު، މޭވާ (4.50-%) ކިރު، އަދިި އެހެނިހެން ކިރުން ތައްޔާރުކުރާ ބާވަތްތަކާއި ބިހު (-0.80-%) ގެ އަގުތައް ދަށްވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް ހަކުރު، ޖޭމު، މާމުއި، ޗޮކްލެޓް ފަދަ ބާވަތްތަކުގެ އަގުތައް 0.63+% އަށް ވަނީ ނޮވެމްބަރު މަހު މައްޗަށް ގޮސްފައެވެ. އޭގެ އިތުރުން ސީރިއަލް އާއި ސީރިއަލް އިން ތައްޔާރުކުރާ ބާވަތްތަކުގެ އަގުތައް 0.06+% އަށް ވަނީ މައްޗަށް ގޮސްފަ އެވެ.

އަހަރުން އަހަރަށް ބަލާއިރު، 2024 ނޮވެމްބަރާ އަޅާ ބަލާއިރު މި އަހަރުގެ ނޮވެމްބަރުގެ ކާބޯތަކެތީގެ އަގުތައް 0.16+% އަށް މައްޗަށް ގޮސްފައިވެ އެވެ. އޭގެ އިތުރުން ކައްކާ ތެލާއި ފެޓްސް ގެ ބާވަތްތައް 3.81+% އަށް މައްޗަށް ގޮސްފައިވެ އެވެ.

އޭގެ އިތުރުން ހުސްވި އަހަރާ އަޅާ ބަލާއިރު މި އަހަރުގެ ނޮވެމްބަރު މަހު، ހަކުރު، ޖޭމު، މާމުއި، ޗޮކްލެޓް ގެ އަގުތައް 3.84+% އަށް މައްޗަށް ގޮސްފައި ވެއެވެ. އެހެން ނަމަވެސް ހުސްވި އަހަރުގެ ނޮވެމްބަރު މަހަށް ވުރެ މި އަހަރުގެ ނޮވެމްބަރު މަހު ތަރުކާރީ ގެ އަގުތައް 7.90-% އަށް ދަށްވެފައި ވެއެވެ.

2025 އޮކްޓޯބަރުން 2025 ނޮވެމްބަރަށް ލުއި ބުއިންތަކުގެ އަގުތައް 0.55+% އަށް އިތުރުވެއްޖެ އެވެ. ފާހަގަކުރެވޭ ވަރަށް ސައިފަތާއި، ކޮފީ ގެ އަގު (0.97+%) ވަނީ އުފުލިފައެވެ. އަދި މޭވާ އަދި ތަރުކާރީ ޖޫހު (5.10+%) ގެ އަގުތައް ވަރަށް ބޮޑަށް އުފުލިފައިވެއެވެ.

މި އަހަރުގެ އޮކްޓޯބަރާ އަޅާބަލާއިރު ނޮވެމްބަރު މަހު ޕާސަނަލް ކެއަރ ނުވަތަ ސާފުތާހިރު ވުމަށް ބޭނުން ކުރާ ތަކެތީގެ އަގުތައް ވެސް ވަނީ 0.54+% އަށް އިތުރުވެފަ އެވެ. 2024 ނޮވެމްބަރާ އަޅާ ބަލާއިރު، މި އަހަރު ގެ ނޮވެމްބަރުގައި މި ގުރޫޕްގެ އަގުތައް 3.33+% އިތުރުވެފައިވެއެވެ.

ހުސްވި އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު މި އަހަރުގެ ނޮވެމްބަރު މަހު 0.73 އިން ސައްތަ އަށް އިންފްލޭޝަން ވަނީ މައްޗަށް ގޮސްފަ އެވެ.

ކާބޯތަކެތީ އަގުތައްއިންފްލޭޝަންސީޕީއައި

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެތީ ތައްޔާރުވުމަށް އަޒީމާ ގޮވާލައްވައިފި

އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެތީ ތައްޔާރުވުމަށް އަޒީމާ ގޮވާލައްވައިފި

17 ނޮވެމްބަރު 2025
ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ

ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ

16 ނޮވެމްބަރު 2025
މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ ރާއްޖޭގެ އިޤްތިސާދަަށް ނުރައްކާ ބޮޑުވާނެ ކަމެއް: ސަރުވަޝް

މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ ރާއްޖޭގެ އިޤްތިސާދަަށް ނުރައްކާ ބޮޑުވާނެ ކަމެއް: ސަރުވަޝް

22 އޮކްޓޯބަރު 2025
ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!

ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!

01 އޮކްޓޯބަރު 2025
މޭވާގެ ބާވަތްތަކުގެ އަގުތައް 10% މައްޗަށް ހިނގައްޖެ

މޭވާގެ ބާވަތްތަކުގެ އަގުތައް 10% މައްޗަށް ހިނގައްޖެ

05 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު