Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއިންފްލޭޝަން

ދުންފަތުގެ އަގުތަކަށް ކުއްލި ގޮތަކަށް ބޮޑު ކުރުމުން އިގްތިސާދަށް ކުރި އަސަރު އަހަރެއް ފަހުން ވެސް ދެމި އެބައޮތް

5 ޖެނުއަރީ 2026 | ހޯމަ 09:18

ދުންފަތުގެ އަގު ބޮޑުކުރުމާއެކު ސިނގިރޭޓުގެ ވަގު ވިޔާފާރި އުފެދި، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލަފާކުރި 4.6 ބިލިއަން ރުފިޔާއަށް ދަށަށް އާމްދަނީ ވަނީ ގޮސްފައި. އަނެއްކޮޅުން ޗައިނާ އާއި ސޮއިކުރި ފްރީ ޓްރޭޑް އެގްރީމެންޓުގެ ސަބަބުން ގިނަ މުދަލުން އިމްޕޯޓް ޑިއުޓީ މިހާރު ނުލިބޭ.

ރާއްޖެ އެމްވީ | 5 ޖެނުއަރީ 2026 | ހޯމަ 09:18
ސިއްހީ މާހިރުން އިރުޝާދު ލިޔެފައިވާ ސިނގިރޭޓް ފޮއްޓެއްގެ މަތީ ގައި ބަހައްޓާފައި ހުރި އަޅިކެނޑިއެއްގައި އޮތް ސިނގިރޭޓެއް އަނދަނީ

ސިއްހީ މާހިރުން އިރުޝާދު ލިޔެފައިވާ ސިނގިރޭޓް ފޮއްޓެއްގެ މަތީ ގައި ބަހައްޓާފައި ހުރި އަޅިކެނޑިއެއްގައި އޮތް ސިނގިރޭޓެއް އަނދަނީ

ދުންފަތުގެ ބާވަތްތަކުގެ އަގު ކުއްލި ގޮތަކަށް ސަރުކާރުން ބޮޑު ކުރުމުގެ ސަބަބުން، 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ ހަމަ އަށް އައި އިރު ރާއްޖޭގައި ދުންފަތުގެ އަގު 135.3 އިންސައްތަ އަށް އުފުލިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ހާމަކޮށްފި އެވެ. އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް ބަދަލު ގެނެސް ދުންފަތުގެ އުފެއްދުންތަކުގެ އަގުތައް ބޮޑުވާ ގޮތަށް އިމްޕޯޓު ޑިއުޓީ ބޮޑު ކުރީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ.

ދުންފަތުގެ އަގުތައް އިންތިހާ އަށް ބޮޑުވެގެން ދިޔަ އިރު، ސިނގިރޭޓުގެ ވަގު ވިޔާފާރި ރާއްޖޭގައި އުފެދި، މި ހިނގާ މާލީ އަހަރުގެ ތެރޭގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ އާމްދަނީ ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން 4.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް، މިހާތަނަށް ލިބިފައިވަނީ 2.9 ބިލިއަން ރުފިޔާ އެވެ. އިމްޕޯޓުން ލިބޭ އާމްދަނީ ދަށަށް ދިޔަ އިރު އިގްތިސާދީ ކުރިއެރުން ލިބޭނެ ކަމަށް ބުނެ ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ޗައިނާ އާ އެކު ފްރީ ޓްރޭޑް އެގްރީމެންޓެއް ގައި ވެސް ސޮއި ކޮށްފަ އެވެ. އެއާއެކު ޗައިނާ އިން ރާއްޖެ އަށް އެތެރެ ކުރާ ގިނަ ބާވަތްތަކުގެ މުދަލުން ރާއްޖެ އަށް ކުރިން ލިބެމުން އައި އިމްޕޯޓު ޑިއުޓީ މިހާރަކު ނުލިބެ އެވެ. 

އިންފްލޭޝަނަށް ބަލާއިރު، 2025 ވަނަ އަހަރު ނިމޭއިރު އިންފްލޭޝަންގެ މިންވަރު އެވްރެޖްކޮށް ހުންނާނީ 4.1 އިންސައްތައިގައި ކަމަށް ސަރުކާރުން ވަނީ ލަފާ ކޮށްފަ އެވެ. މިއީ 2024 ވަނަ އަހަރު ހުރި 1.4 އިންސައްތަ އަށް ވުރެ މަތީ އަދަދެކެވެ. އަނެއްކޮޅުން ހުސްވި އަހަރަށް އަންދާޒާ ކުރި ބަޖެޓް ގައި އަހަރުގެ ތެރޭގައި އިންފްލޭޝަން ހުންނާނެ ކަމަށް ލަފާ ކުރި 3.9 އިންސައްތަ އަށް ވުރެ މަތީ އަދަދެކެވެ. ރާއްޖޭގައި ތަކެތީގެ އަގު މައްޗަށް ގޮސް ފައިސާގެ އަގު ވެއްޓުމުގެ ވަރަށް ބޮޑު ހިއްސާ އެއް ދުންފަތުގެ ޓެކުހަށް ގެނައި ބަދަލު ހިމެނޭ ކަމަށް ލަފާކުރެވެއެވެ.

ދުންފަތްމަރުކަޒީ ބޭންކް އެމް.އެމް.އޭއިންފްލޭޝަންއިމްޕޯޓް ޑިއުޓީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

05 ޖެނުއަރީ 2026

ހުސްވި ނޮވެމްބަރު މަހު 463 މިލިއަން ރުފިޔާ އިތުރަށް ޚަރަދު ކޮށްފި

05 ޖެނުއަރީ 2026
ހުސްވި ނޮވެމްބަރު މަހު 463 މިލިއަން ރުފިޔާ އިތުރަށް ޚަރަދު ކޮށްފި
30 ޑިސެމްބަރު 2025

އޮގަސްޓަ މަހު އެފްއައިޔޫގެ ވެރިޔަކަށް އައްޔަން ކުރެއްވި ސާޖިދު ސަސްޕެންޑް ކޮށްފި

30 ޑިސެމްބަރު 2025
އޮގަސްޓަ މަހު އެފްއައިޔޫގެ ވެރިޔަކަށް އައްޔަން ކުރެއްވި ސާޖިދު ސަސްޕެންޑް ކޮށްފި
22 ޑިސެމްބަރު 2025

މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި

22 ޑިސެމްބަރު 2025
މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި
07 ޑިސެމްބަރު 2025

ހަކުރު، ކޮފީ އަދި ސައިފަތުގެ އަގު މައްޗަށް ހިނގައްޖެ

07 ޑިސެމްބަރު 2025
ހަކުރު، ކޮފީ އަދި ސައިފަތުގެ އަގު މައްޗަށް ހިނގައްޖެ
03 ޑިސެމްބަރު 2025

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި
17 ނޮވެމްބަރު 2025

އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެތީ ތައްޔާރުވުމަށް އަޒީމާ ގޮވާލައްވައިފި

17 ނޮވެމްބަރު 2025
އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެތީ ތައްޔާރުވުމަށް އަޒީމާ ގޮވާލައްވައިފި
16 ނޮވެމްބަރު 2025

ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ

16 ނޮވެމްބަރު 2025
ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ
22 އޮކްޓޯބަރު 2025

މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ ރާއްޖޭގެ އިޤްތިސާދަަށް ނުރައްކާ ބޮޑުވާނެ ކަމެއް: ސަރުވަޝް

22 އޮކްޓޯބަރު 2025
މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ ރާއްޖޭގެ އިޤްތިސާދަަށް ނުރައްކާ ބޮޑުވާނެ ކަމެއް: ސަރުވަޝް
01 އޮކްޓޯބަރު 2025

ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!

01 އޮކްޓޯބަރު 2025
ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!
25 ސެޕްޓެމްބަރު 2025

ގަވައިދާ ޚިލާފަށް ހިތަދޫ ޕޯޓުން އެތެރެ ކުރަން އުޅުނު ސިނގިރޭޓުގެ އަދަދު 2 މިލިއަނާ ކައިރިކުރޭ

25 ސެޕްޓެމްބަރު 2025
ގަވައިދާ ޚިލާފަށް ހިތަދޫ ޕޯޓުން އެތެރެ ކުރަން އުޅުނު ސިނގިރޭޓުގެ އަދަދު 2 މިލިއަނާ ކައިރިކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް