Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިންސަސް އޮފް އެސްޓޫރިއަސް އެވޯޑް

ޕްރިންސަސް އޮފް އެސްޓޫރިއަސް އެވޯޑު މެސީ އަށް ދޭން ނިންމައިފި

މިކަމާ ގުޅިގެން މެސީ ނެރުނު ވީޑިއޯ މެސެޖެއްގައި ބުނީ، މިފަދަ މުހިންމު އެވޯޑެއް ލިބުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް. އަދި މި އެވޯޑަކީ ހަމައެކަނި ދަނޑު މަތީގައި ދައްކާ ކުޅުމަށް ދޭ އެވޯޑެއް ނޫން ކަމަށާއި، ދަނޑުން ބޭރުގައި ކުރާ މަސައްކަތް ތަކަށް ވެސް ދެވޭ އެވޯޑަކަށް ވާތީ އެކަމާ ވަރަށް އުފާކުރާ ކަމަށް މެސީ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޖޫން 2026 | ބުރާސްފަތި 06:05
އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ.

އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ. | ރޮއިޓާސް

"ޕްރިންސަސް އޮފް އެސްޓޫރިއަސް އެވޯޑް ފޯ ސްޕޯޓްސް" 2026، އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ދީފި އެވެ. 

 މިއީ ފުޓުބޯޅަ ކުޅުންތެރިޔަކަށް ވަކިން މި އެވޯޑު އެރުވޭ ފުރަތަމަ ފަހަރެވެ. މި އެވޯޑު މެސީ އަށް ލިބުނުކަން އިއުލާން ކުރި އިރު، މެސީ ހުރީ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމަށް އާޖެންޓީނާގެ ގައުމީ ޓީމާ އެކު އެމެރިކާގެ ކެންސަސް ސިޓީގައި އެވެ.

މިކަމާ ގުޅިގެން މެސީ ނެރުނު ވީޑިއޯ މެސެޖެއްގައި ބުނީ، މިފަދަ މުހިންމު އެވޯޑެއް ލިބުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި މި އެވޯޑަކީ ހަމައެކަނި ދަނޑު މަތީގައި ދައްކާ ކުޅުމަށް ދޭ އެވޯޑެއް ނޫން ކަމަށާއި، ދަނޑުން ބޭރުގައި ކުރާ މަސައްކަތް ތަކަށް ވެސް ދެވޭ އެވޯޑަކަށް ވާތީ އެކަމާ ވަރަށް އުފާކުރާ ކަމަށް މެސީ ބުންޏެވެ.

ޕްރިންސަސް އޮފް އެސްޓޫރިއަސް އެވޯޑަކީ ފަންނުވެރިކަމާއި، އަދަބިއްޔާތާއި، އިޖުތިމާއީ ސައިންސާއި، ސައިންޓިފިކް ދިރާސާ ތަކުގެ އިތުރުން ބައިނަލްއަގުވާމީ އެއްބާރުލުމާއި ކުޅިވަރުގެ ދާއިރާ އިން ފާހަގަ ކޮށްލެވޭ ކާމިޔާބީތައް ހޯދާ ފަރާތް ތަކަށް ދޭ އެވޯޑެކެވެ. މެސީ އަށް މި އެވޯޑު ދިނުމަށް ނިންމި ފަނޑިޔާރުން ބުނީ، އޭނާގެ ހުނަރުވެރި ކަމާއި، ކާމިޔާބު ކުޅިވަރު ކެރިއަރުގެ އިތުރުން، ނިކަމެތި ކުދިންނަށް ތައުލީމާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ކުރާ އިންސާނީ ޚިދުމަތްތައް ފާހަގަ ކުރާ ކަމަށެވެ. މީގެ އިތުރުން މެސީގެ ހިތްތިރިކަމާއި، ޓީމު ގޭމަށް ދޭ އަހަންމިއްޔަތުކަން ވެސް ޕެނަލް އިން ފާހަގަ ކުރި އެވެ.

މެސީ އަކީ ފުޓުބޯޅައިގެ ތާރީޚުގައި އެންމެ ގިނަ ތަށި ހޯދާފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އާޖެންޓީނާ އާއެކު 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާއި، 2021 އަދި 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ އިތުރުން އޮލިމްޕިކް ރަން މެޑަލް ވެސް ކާމިޔާބު ކޮށްފައި އެވެ. ކުލަބު ލެވެލްގައި ބާސެލޯނާ އާއެކު ސްޕެނިޝް ލީގުގެ 10 ތައްޓާއި، ޔުއެފާ ޗެމްޕިއަންސް ލީގުގެ ހަތަރު ތަށި ކާމިޔާބު ކޮށްފައިވާއިރު، އިންޓަރ މިއާމީ އާއެކު 2025 ވަނަ އަހަރުގެ އެމްއެލްއެސް ކަޕް ވެސް މެސީ ވަނީ ކާމިޔާބު ކޮށްފަ އެވެ. 

އަމިއްލަ ކާމިޔާބީ ތަކަށް ބަލާއިރު، މެސީ ވަނީ އަށް ފަހަރު ބެލެންޑިއޯ އެވޯޑު ހޯދައިފަ އެވެ. އަދި ދެ އަހަރު ޖެހި ޖެހިގެން އެމްއެލްއެސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި އެވެ. މީގެ ކުރިން މި އެވޯޑު ހޯދާފައިވާ މަޝްހޫރު ކުޅިވަރު ތަރިންގެ ތެރޭގައި ރަފައެލް ނަޑާލް، މައިކަލް ޝޫމާކާ، ސެރީނާ ވިލިއަމްސް އަދި އެލިއުޑް ކިޕްޗޯގޭ ހިމެނެ އެވެ.

ފުޓުބޯޅައިގެ ދާއިރާ އިން މީގެ ކުރިން 2012 ވަނަ އަހަރު ޒަވީ ހެނާންޑޭޒް އާއި އިކާ ކަސިލަސްއާ ދެ ކުޅުންތެރިންނަށް އެކީގައި މި އެވޯޑު ލިބިފައިވާއިރު، 2010 ވަނަ އަހަރު ސްޕެއިންގެ ގައުމީ ޓީމަށް ވެސް މި ޝަރަފު ލިބިފައިވެ އެވެ.

ޕްރިންސަސް އޮފް އެސްޓޫރިއަސް އެވޯޑްއިންޓަ މިއާމީލިއޮނެލް މެސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިއާމީ އިން ޓޮރޮންޓޯ ބަލި ކުރި މެޗުގައި، މެސީ އަށް ޚާއްސަ ރެކޯޑެއް

މިއާމީ އިން ޓޮރޮންޓޯ ބަލި ކުރި މެޗުގައި، މެސީ އަށް ޚާއްސަ ރެކޯޑެއް

10 މެއި 2026
މެސީ އަށް 1000 ލަނޑު ހަމަ ކުރެވޭނެ ކަމަށް ސްކަލޯނީ ބުނެފި

މެސީ އަށް 1000 ލަނޑު ހަމަ ކުރެވޭނެ ކަމަށް ސްކަލޯނީ ބުނެފި

02 އެޕްރީލު 2026
އާޖެންޓީނާ އިން ޒެމްބިއާ ބަލިކުރި މެޗުގައި މެސީ ލަނޑު ޖަަހައިފި

އާޖެންޓީނާ އިން ޒެމްބިއާ ބަލިކުރި މެޗުގައި މެސީ ލަނޑު ޖަަހައިފި

01 އެޕްރީލު 2026
ކަސެމީރޯ ހޯދުމަށް އިންޓަރ މިއާމީ އިން މަސައްކަތް ކުރަނީ

ކަސެމީރޯ ހޯދުމަށް އިންޓަރ މިއާމީ އިން މަސައްކަތް ކުރަނީ

29 މާރިޗު 2026
މެސީގެ ލަނޑުން މޮޅުވެ، މިއާމީ ތިން ވަނަ އަށް

މެސީގެ ލަނޑުން މޮޅުވެ، މިއާމީ ތިން ވަނަ އަށް

23 މާރިޗު 2026

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު