Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމެރިކާ ލީގު

މިއާމީ އިން ޓޮރޮންޓޯ ބަލި ކުރި މެޗުގައި، މެސީ އަށް ޚާއްސަ ރެކޯޑެއް

އެއާ އެކު މެސީ ވެގެން ގޮސްފައި ވަނީ، އޭނާގެ ހިއްސާ އޮވެގެން އެންމެ މަދު މެޗުން 100 ލަނޑު ހަމަ ކުރި ކުޅުންތެރިޔާ އަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 މެއި 2026 | އާދީއްތަ 04:59
މެެޗުގައި ލަނޑު ޖެހުމަށް ފަހު މެސީ އުފާ ފާޅު ކުރަނީ.

މެެޗުގައި ލަނޑު ޖެހުމަށް ފަހު މެސީ އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގައި ޓޮރޮންޓޯއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަރ މިއާމީ މޮޅުވި އިރު، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ޚާއްސަ ރެކޯޑެއް ލިބިއްޖެ އެވެ.

ޓޮރޮންޓޯއާ ދެކޮޅަށް ކުޅުނު މެޗު މިއާމީ އިން ކާމިޔާބު ކޮށްފައި ވަނީ 4-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މިއާމީ އިން އެއް ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާާފުގަ އެވެ. ޓޮރޮންޓޯ އިން ވެސް ވަނީ ދެ ވަނަ ހާފުގައި ދެ ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މިއާމީ އަށް ލީޑު ނަގައިދިނީ ރޮޑްރީގޯ ޑި ޕޯލް އެވެ. އޭގެ ފަހުން ދެ ވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ވަނީ މިއާމީގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު ޖަހަން ސުއަރޭޒް އަށް ފުރުސަތު ތަނަވަސްކޮށްދިނީ މެސީ އެވެ.

މެޗުގެ 73 ވަނަ މިނެޓުގައި މިއާމީގެ ތިން ވަނަ ލަނޑު ޖެހީ ސާޖިއޯ ރެގީއޯން އެވެ. އެއީ ވެސް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ދެ މިނެޓު ފަހުން މިއާމީގެ ހަތަރު ވަނަ ލަނޑު މެސީ ޖެހިއިރު، އެއީ ޑި ޕޯލް ތަނަވަސްކޮށްދިން ފުރުސަތެއްގައި މެސީ ޖެހި ލަނޑެކެވެ. އެއާ އެކު މެސީ ވެގެން ގޮސްފައި ވަނީ، އޭނާގެ ހިއްސާ އޮވެގެން އެންމެ މަދު މެޗުން 100 ލަނޑު ހަމަ ކުރި ކުޅުންތެރިޔާ އަށެވެ. 

މެޗުގައި ޓޮރޮންޓޯ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މިއާމީ އިން ހަތަރު ލަނޑު ޖެހި ފަހުންނެވެ. އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ އެމީލިއޯ އަރިސްޓިޒަބާލް އެވެ. 

މޮޅާ އެކު، ލީގު ތާވަލްގެ ތިން ވަނަ މަގާމުގައި މިއާމީ އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 12 މެޗުން 22 ޕޮއިންޓާ އެކު އެވެ. 

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)އިންޓަ މިއާމީލިއޮނެލް މެސީ

އިތުރަށް ކިޔާލަން

02 އެޕްރީލު 2026

މެސީ އަށް 1000 ލަނޑު ހަމަ ކުރެވޭނެ ކަމަށް ސްކަލޯނީ ބުނެފި

02 އެޕްރީލު 2026
މެސީ އަށް 1000 ލަނޑު ހަމަ ކުރެވޭނެ ކަމަށް ސްކަލޯނީ ބުނެފި
01 އެޕްރީލު 2026

އާޖެންޓީނާ އިން ޒެމްބިއާ ބަލިކުރި މެޗުގައި މެސީ ލަނޑު ޖަަހައިފި

01 އެޕްރީލު 2026
އާޖެންޓީނާ އިން ޒެމްބިއާ ބަލިކުރި މެޗުގައި މެސީ ލަނޑު ޖަަހައިފި
29 މާރިޗު 2026

ކަސެމީރޯ ހޯދުމަށް އިންޓަރ މިއާމީ އިން މަސައްކަތް ކުރަނީ

29 މާރިޗު 2026
ކަސެމީރޯ ހޯދުމަށް އިންޓަރ މިއާމީ އިން މަސައްކަތް ކުރަނީ
23 މާރިޗު 2026

މެސީގެ ލަނޑުން މޮޅުވެ، މިއާމީ ތިން ވަނަ އަށް

23 މާރިޗު 2026
މެސީގެ ލަނޑުން މޮޅުވެ، މިއާމީ ތިން ވަނަ އަށް
19 މާރިޗު 2026

އިންޓަރ މިއާމީ ކަޓައިފި، މެސީ އަށް ކެރިއަރުގައި 900 ލަނޑު

19 މާރިޗު 2026
އިންޓަރ މިއާމީ ކަޓައިފި، މެސީ އަށް ކެރިއަރުގައި 900 ލަނޑު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު