Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ ޤައުމީ ޓީމު

މެސީ އަށް 1000 ލަނޑު ހަމަ ކުރެވޭނެ ކަމަށް ސްކަލޯނީ ބުނެފި

2 އެޕްރީލު 2026 | ބުރާސްފަތި 07:29

ސްކަލޯނީ ބުނީ، މެސީ ބޭނުންވާ ނަމަ އޭނާ އަށް ކެެރިއަރުގައި 1000 ލަނޑު ވެސް ހަމަ ކުރެވޭނެ ކަމަށް. މެސީ އަށް އެކަން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށް ސްކަލޯނީ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އެޕްރީލު 2026 | ބުރާސްފަތި 07:29
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ | ރޮއިޓާސް

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް އޭނާގެ ކެރިއަރުގައި 1000 ލަނޑު ހަމަ ކުރެވޭނެ ކަމަށް، އާޖެންޓީނާ އަށް އިރުޝާދު ދެމުން އަންނަ ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

ސްކަލޯނީ މިހެން ބުނެފައި ވަނީ ބައިނަލްއަޤުވާމީ ރަހުމަތްތެރި ކަމުގައި އާޖެންޓީނާ އިން ޒެމްބިއާ އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެވެ. އެ މެޗުގައި މެސީ ކުޅެފައިވާއިރު، އޭނާ ވަނީ ލަނޑެއް ވެސް ޖަހައިފަ އެވެ. އެ ލަނޑާ އެކު މެސީގެ ކެރިއަރުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 902 އަށް އަރައިފަ އެވެ.

ސްކަލޯނީ ބުނީ، މެސީ ބޭނުންވާ ނަމަ އޭނާ އަށް ކެެރިއަރުގައި 1000 ލަނޑު ވެސް ހަމަ ކުރެވޭނެ ކަމަށެވެ. މެސީ އަށް އެކަން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށް ސްކަލޯނީ ބުންޏެވެ. އެއާ އެކު ސްކަލޯނީ ބުނީ، މެސީ އަކީ އެ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށާއި، މިހާތަނަށް ވެސް މެސީ ވަނީ ގިނަ ކާމިޔާބީ ތަކެއް ހޯދާފައި ކަމަށެވެ. 

މިހާތަނަށް ފުޓުބޯޅައިގެ ތާރީޚުގަައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ހުރީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް އޭނާގެ ކެރިއަރުގައި 965 ލަނޑު ޖަހައިފަ އެވެ. އަދި ރޮނާލްޑޯ އަންނަނީ ކެރިއަރުގައި 1000 ލަނޑު ހަމަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިހާތަނަށް 900 ލަނޑު ހަމަ ކޮށްފައިވާ ދެ ކުޅުންތެރިންނަކީ ރޮނާލްޑޯ އާއި މެސީ އެވެ. 

މެސީގެ ކެރިއަރުގައި އޭނާ 900 ވަނަ ލަނޑު ހަމަ ކޮށްފައި ވަނީ ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ގަދަ 16 ވަނަ ބުރުގައި އިންޓަރ މިއާމީ އިން ނޭޝްވިލްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މެސީ އަކީ ކަލަންޑަރު އަހަރެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުުޅުންތެރިޔާ އެވެ. 2012 ވަނަ އަހަރު މެސީ އެ ރެކޯޑު ހޯދީ 91 ލަނޑު ޖަހައިގެންނެވެ. މީގެ އިތުރުން 474 ލަނޑާ އެކު މެސީ އަކީ ސްޕެނިޝް ލީގުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

މިވަގުތު މެސީގެ އެންމެ ބޮޑު އަމާޒަކީ މިއަހަރުގެ ޖޫން މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ފަށާ ފީފާ ވޯލްޑް ކަޕަށް އާޖެންޓީނާ އާއެކު ތައްޔާރުވުމެވެ. އެންމެ ފަހުން އޮތް ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކޮށްފައިވާއިރު، މިފަހަރު ވެސް އާޖެންޓީނާގެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކަށް ވާނީ މެސީ އެވެ.

އާޖެންޓީނާ ފުޓްބޯޅަ ޓީމުލިއޮނެލް މެސީލިއޮނަލް ސްކަލޯނީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

01 އެޕްރީލު 2026

އާޖެންޓީނާ އިން ޒެމްބިއާ ބަލިކުރި މެޗުގައި މެސީ ލަނޑު ޖަަހައިފި

01 އެޕްރީލު 2026
އާޖެންޓީނާ އިން ޒެމްބިއާ ބަލިކުރި މެޗުގައި މެސީ ލަނޑު ޖަަހައިފި
23 މާރިޗު 2026

މެސީގެ ލަނޑުން މޮޅުވެ، މިއާމީ ތިން ވަނަ އަށް

23 މާރިޗު 2026
މެސީގެ ލަނޑުން މޮޅުވެ، މިއާމީ ތިން ވަނަ އަށް
19 މާރިޗު 2026

އިންޓަރ މިއާމީ ކަޓައިފި، މެސީ އަށް ކެރިއަރުގައި 900 ލަނޑު

19 މާރިޗު 2026
އިންޓަރ މިއާމީ ކަޓައިފި، މެސީ އަށް ކެރިއަރުގައި 900 ލަނޑު
09 މާރިޗު 2026

މެސީ ހުރީ ބާސެލޯނާ އަށް އަންނަން ތައްޔާރަށް، އެކަން ހުއްޓުވީ ލަޕޯޓާ: ޒަވީ

09 މާރިޗު 2026
މެސީ ހުރީ ބާސެލޯނާ އަށް އަންނަން ތައްޔާރަށް، އެކަން ހުއްޓުވީ ލަޕޯޓާ: ޒަވީ
25 ފެބުރުއަރީ 2026

އިނގިރޭސި ބަސް ދަސްނުކުރެވުނީތީ ހިތާމަ ކުރަން: މެސީ

25 ފެބުރުއަރީ 2026
އިނގިރޭސި ބަސް ދަސްނުކުރެވުނީތީ ހިތާމަ ކުރަން: މެސީ
20 ޑިސެމްބަރު 2025

މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި

20 ޑިސެމްބަރު 2025
މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި
15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް