Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަރ މިއާމީ

ކަސެމީރޯ ހޯދުމަށް އިންޓަރ މިއާމީ އިން މަސައްކަތް ކުރަނީ

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މިއާމީ އިން މިހާރު އަންނަނީ ކަސެމީރޯ ހޯދުމުގެ މަސައްކަތް ކުރަމުން. އެގޮތުން ޔުނައިޓެޑުގެ އެއްބަސްވުން ހަމަވުމުން، މިއާމީ އަށް ކަސެމީރޯ ގެނައުމަށްޓަކައި އެ ކުލަބުން ކަސެމީރޯގެ އެޖެންޓާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 މާރިޗު 2026 | އާދީއްތަ 04:13
ޔުނައިޓެޑަށް ކުޅެމުން އަންނަ ކަސެމީރޯ

ޔުނައިޓެޑަށް ކުޅެމުން އަންނަ ކަސެމީރޯ | ރޮއިޓާސް

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ކަސެމީރޯ ހޯދުމަށް، އެމެރިކާގެ އިންޓަރ މިއާމީ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 34 އަހަރުގެ ކަސެމީރޯ ޔުނައިޓެޑަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. ޔުނައިޓެޑާ އެކު އޭނާ ސޮއި ކޮށްފައިވާ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްްދަތު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެއާ އެކު ކަސެމީރޯ ނިންމާފައި ވަނީ ޔުނައިޓެޑުގެ އެއްބަސްވުން އައު ނުކޮށް، އެ ކުލަބު ދޫކޮށްލުމަށެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މިއާމީ އިން މިހާރު އަންނަނީ ކަސެމީރޯ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޔުނައިޓެޑުގެ އެއްބަސްވުން ހަމަވުމުން، މިއާމީ އަށް ކަސެމީރޯ ގެނައުމަށްޓަކައި އެ ކުލަބުން ކަސެމީރޯގެ އެޖެންޓާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ. މަޝްވަރާ ތަކުގެ ތެރެއިން މިއާމީ އިން ފުރަތަމަ ހުށަހެޅުމެއް ވެސް ފޮނުވާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

މީގެ އިތުރުން މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މިއާމީ އިން ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ، ކަސެމީރޯ އެ ކުލަބަށް ބަދަލުވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އެކަން ބިނާ ވެގެން ދާނީ މިއާމީ އިން ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. މިއާމީގެ އިތުރުން، ޔޫރަޕުގެ ބައެއް ކުލަބު ތަކުގެ އިތުރުން، ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބު ތަކުން ވެސް ކަސެމީރޯ ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅޭ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މިއީ ޔުނައިޓެޑުގައި ކަސެމީރޯ ހޭދަ ކުރާ ހަތަރު ވަނަ ސީޒަން އެވެ. އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 155 މެޗުގައި 24 ލަނޑު ޖަހައިފަ އެވެ. ޔުނައިޓެޑާ އެކު އޭނާ ވަނީ ކަރަބޯ ކަޕްގެ އިތުރުން، އެފްއޭ ކަޕެއް ވެސް ކާމިޔާބު ކޮށްފަ އެވެ. ޔުނައިޓެޑުގެ ކުރިން ކަސެމީރޯ ކުޅެފައި ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ. ކަސެމީރޯގެ ކެރިއަރުގައި އޭނާ އެންމެ ގިނަ ކާމިޔާބީތައް ހޯދާފައި ވަނީ ރެއާލްގަ އެވެ.

ކަސެމީރޯ ހޯދުމަށް މިއާމީ އިން މަސައްކަތް ކުރަމުން އަންނައިރު، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި، އުރުގުއޭގެ ފޯވާޑު ލުއިސް ސައަރޭޒް އަދި އާޖެންޓީނާގެ ރޯޑްރިގޯ ޑި ޕައުލް ވެސް ކުޅެމުން އަންނަނީ އެ ޓީމަށެވެ. މީގެ އިތުރުން ސްޕެއިންގެ ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާ ވެސް މިއާމީ އަށް ކުޅެފައިވެ އެވެ. ނަމަވެސް ބުސްކެޓްސް އާއި އަލްބާ ވަނީ ޕްރޮފެޝަނަލް ފުޓުބޯޅަ އިން ރިޓަޔާ ކޮށްފަ އެވެ، 

މެންޗެސްޓަރ ޔުނައިޓެޑްއިންޓަ މިއާމީކަސެމީރޯ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީގެ ލަނޑުން މޮޅުވެ، މިއާމީ ތިން ވަނަ އަށް

މެސީގެ ލަނޑުން މޮޅުވެ، މިއާމީ ތިން ވަނަ އަށް

23 މާރިޗު 2026
ބޯންމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

ބޯންމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

21 މާރިޗު 2026
އިންޓަރ މިއާމީ ކަޓައިފި، މެސީ އަށް ކެރިއަރުގައި 900 ލަނޑު

އިންޓަރ މިއާމީ ކަޓައިފި، މެސީ އަށް ކެރިއަރުގައި 900 ލަނޑު

19 މާރިޗު 2026
އެސްޓަން ވިލާ ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް

އެސްޓަން ވިލާ ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް

16 މާރިޗު 2026
ކެރިކް އިރުޝާދު ދޭން ފެށިފަހުން، ފުރަތަމަ ފަހަރަށް ޔުނައިޓެޑު ބަލިވެއްޖެ

ކެރިކް އިރުޝާދު ދޭން ފެށިފަހުން، ފުރަތަމަ ފަހަރަށް ޔުނައިޓެޑު ބަލިވެއްޖެ

05 މާރިޗު 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު