Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޮންކާކަފް

އިންޓަރ މިއާމީ ކަޓައިފި، މެސީ އަށް ކެރިއަރުގައި 900 ލަނޑު

ކެރިއަރުގައި މެސީ 900 ލަނޑު ހަމަ ކޮށްފައިވާއިރު، މީގެ ކުރިން ކެރިއަރުގައި 900 ލަނޑު ހަމަ ކުރި ކަމަށް ރެކޯޑު ކުރެވިފައި އޮތީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ. ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް 959 ލަނޑު ޖަހާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 މާރިޗު 2026 | ބުރާސްފަތި 06:47
މިއާމީ އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު މެސީ އުފާ ފާޅު ކުރަނީ

މިއާމީ އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު މެސީ އުފާ ފާޅު ކުރަނީ | ރޮއިޓާސް

ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ގަދަ 16 ވަނަ ބުރުގައި ނޭޝްވިލްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ އިންޓަރ މިއާމީ މުބާރާތުން ކެޓިއިރު، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ކެރިއަރުގައި 900 ލަނޑު ހަމަ ކޮށްފި އެވެ.

 ނޭޝްވިލްގެ ދަނޑުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެވެ. އިންޓަރ މިއާމީގެ ދަނޑުގައި ކުޅުނު ދެ ވަނަ ލެގު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. އެއާ އެކު، ރަށުން ބޭރުގައި ޖެހި ލަނޑުގެ ޤަވާއިދުން މިއާމީ ވަނީ މުބާރާތުން ކަޓައިފަ އެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި މިއާމީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު މިއާމީ އަށް ޖަހައިދިނީ ކެޕްޓަން މެސީ އެވެ. އެ ލަނޑާ އެކު، މެސީ ވަނީ އޭނާގެ ކެރިއަރުގައި 900 ލަނޑު ހަމަ ކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 74 ވަނަ މިނެޓުގައި ނޭޝްވިލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކްރިސްޓިއަން އެސްޕިނޯޒާ އެވެ.

ކެރިއަރުގައި މެސީ 900 ލަނޑު ހަމަ ކޮށްފައިވާއިރު، މީގެ ކުރިން ކެރިއަރުގައި 900 ލަނޑު ހަމަ ކުރި ކަމަށް ރެކޯޑު ކުރެވިފައި އޮތީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް 959 ލަނޑު ޖަހައިފަ އެވެ. 

މެސީ ވަނީ އޭނާގެ ކެރިއަރުގައި ގިނަ ދުވަސްތައް ހާދަ ކުރި ބާސެލޯނާ އަށް 672 ލަނޑު ޖަހައިދީފަ އެވެ. އޭގެ ފަހުން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވެ، އެ ކުލަބުގައި 32 ލަނޑު ޖެހި އެވެ. މިއާމީ އަކީ މެސީގެ ކެރިއަރުގައި ކުޅޭ ތިން ވަނަ ކުލަބަށް ވާއިރު، އެ ކުލަބުގައި ވަނީ މިހާތަނަށް 81 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އާޖެންޓީނާގެ ޤައުމީ ޓީމަށް މެސީ ވަނީ 115 ލަނޑު ޖަހައިދީފަ އެވެ.

މީގެ އިތުރުން މެސީ އަކީ ކަލަންޑަރު އަހަރެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުުޅުންތެރިޔާ އެވެ. 2012 ވަނަ އަހަރު މެސީ އެ ރެކޯޑު ހޯދީ 91 ލަނޑު ޖަހައިގެންނެވެ. މީގެ އިތުރުން 474 ލަނޑާ އެކު މެސީ އަކީ ސްޕެނިޝް ލީގުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

ކޮންކާކަފް ޗެމްޕިއަންސް ކަޕްއިންޓަ މިއާމީލިއޮނެލް މެސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީ ހުރީ ބާސެލޯނާ އަށް އަންނަން ތައްޔާރަށް، އެކަން ހުއްޓުވީ ލަޕޯޓާ: ޒަވީ

މެސީ ހުރީ ބާސެލޯނާ އަށް އަންނަން ތައްޔާރަށް، އެކަން ހުއްޓުވީ ލަޕޯޓާ: ޒަވީ

09 މާރިޗު 2026
އިނގިރޭސި ބަސް ދަސްނުކުރެވުނީތީ ހިތާމަ ކުރަން: މެސީ

އިނގިރޭސި ބަސް ދަސްނުކުރެވުނީތީ ހިތާމަ ކުރަން: މެސީ

25 ފެބުރުއަރީ 2026
މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި

މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި

20 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު