Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

މެސީ ހުރީ ބާސެލޯނާ އަށް އަންނަން ތައްޔާރަށް، އެކަން ހުއްޓުވީ ލަޕޯޓާ: ޒަވީ

9 މާރިޗު 2026 | ހޯމަ 07:58

ޒަވީ ބުނީ މެސީ ބާސެލޯނާ އަށް ގެނައުމަށް ސްޕެނިޝް ލީގުން ވެސް ފެހި ސިގްނަލް ލިބިފައި އޮތް ކަމަށް. އަދި މެސީ ވެސް ހުރީ ބާސެލޯނާ އަށް އަންނަން ބޭނުންވެފައި. ނަމަވެސް، އަލުން މެސީ ބާސެލޯނާ އަށް އައުން ހުއްޓުވީ އެ ކުލަބުގެ ރައީސް ލަޕޯޓާ ކަމަށް ޒަވީ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 މާރިޗު 2026 | ހޯމަ 07:58
ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ އާއި، އެ ކުލަަބުގެ ރައީސް ޖޯން ލަޕޯޓާ

ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ އާއި، އެ ކުލަަބުގެ ރައީސް ޖޯން ލަޕޯޓާ | ގެޓީ އިމޭޖަސް

މާލީ މައްސަލަ ތަކުގެ ތެރެއިން ބާސެލޯނާ ދޫކޮށްލަން ޖެހުނު އެ ކުލަބުގެ ލެޖެންޑު އަދި ކުރީގެ ކެޕްޓަން ލިއޮނަލް މެސީ ހުރީ އަލުން ބާސެލޯނާ އަށް އަންނަން ތައްޔާރަށް ކަމަށާއި، އެކަން ހުއްޓުވީ ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ކަމަށް، ބާސެލޯނާގެ ކުރީގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ބާސެލޯނާގެ އެއްބަސްވުން އައު ނުކުރެެވި މެސީ ވަނީ 2021 ވަނަ އަހަރުގެ ތެރޭގައި ބާސެލޯނާ ދޫކޮށްލައިފަ އެވެ. އެއަށް ފަހު އޭނާ ބަދަލުވީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށެވެ. ނަމަވެސް، ފަހުން ވެސް ބާސެލޯނާ އިން ވަނީ މެސީ ގެންނަން މަސައްކަތް ކޮށްފަ އެވެ. 

ދާދި ފަހުން ދިން އިންޓަވިޔުއެއްގައި ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ އަދި އެ ކުލަބުގެ ކޯޗު ޒަވީ ބުނީ، 2023 ވަނަ އަހަރު މެސީ އަލުން ބާސެލޯނާ އަށް އަންނަން ހުރިހާ ކަމެއް ނިމުނު ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު، މެސީ ބާސެލޯނާ އަށް ބަދަލުވުމުގެ ހުރިހާ ކަމެއް ފުރިހަމަކޮށް ނިމުނު ކަމަށް ޒަވީ ބުންޏެވެ. 

އެގޮތުން ޒަވީ ބުނީ މެސީ ބާސެލޯނާ އަށް ގެނައުމަށް ސްޕެނިޝް ލީގުން ވެސް ފެހި ސިގްނަލް ލިބިފައި އޮތްއިރު، މެސީ ވެސް ހުރީ ބާސެލޯނާ އަށް އަންނަން ބޭނުންވެފަ އެވެ. ނަމަވެސް، އަލުން މެސީ ބާސެލޯނާ އަށް އައުން ހުއްޓުވީ އެ ކުލަބުގެ ރައީސް ލަޕޯޓާ ކަމަށް ޒަވީ ބުންޏެވެ. އެގޮތުން މެސީ އަނެއްކާ ބާސެލޯނާ އަށް ގެނައުމަކީ އެ ކުލަަބަށް މާލީ ގޮތުން ބޮޑަ ބުރަ އަކަށް ވާނެ ކަމެއް ކަމަށާއި، އެކަން ކުރަން ފުރުސަތު ނުދެވޭނެ ކަމަށް ލަޕޯޓާ އޭނާ ގާތުގައި ބުނި ކަމަށް ޒަވީ ހާމަ ކުރި އެވެ.

މީގެ އިތުރުން ޒަވީ ބުނީ އެކަމުގައި ސްޕެނިޝް ލީގުން އެއްވެސް މައްސަލައެއް ދިމާ ނުވާ ކަަމަށެވެ. އަދި މެސީގެ ބައްޕަ، ޖޯޖް މެސީ އިތުރަށް ފައިސާ ބޭނުންވާ ކަމަށް ޑިމާންޑު ކޮށްފައި ވެސް ނުވާ ކަމަށް ޒަވީ ބުންޏެވެ. އޭގެ ބަދަލުގައި އަލުން މެސީ ބާސެލޯނާ އަށް ގެންނަން ދެކޮޅު ހެދީ ލަޕޯޓާ ކަމަށާއި، އެކަމަށް ނޫނެކޭ ބުނީ ލަޕޯޓާގެ މީހުން ކަމަށް ޒަވީ ބުންޏެވެ. 

ޒަވީ މި ވާހަކަތަައް ދައްކާފައި މި ވަނީ، ބާސެލޯނާގެ ރައީސް ކަމުގެ ތިން ވަނަ ދައުރެއް ހޯއްދެވުމަށް ލަޕޯޓާ މަސައްކަތް ކުރައްވަމުން އަންނަ ވަގުތެއްގަ އެވެ. މާޗު މަހުގެ 15 ވަނަ ދުވަހު ބާސެލޯނާގެ އިންތިޚާބު އޮންނައިރު، ރައީސް ކަމަށް ވާދަ ކުރަނީ ލަޕޯޓާ އާއި، ވިކްޓާ ފޮންޓް އެވެ. މީގެ ކުރިން 2021 ވަނަ އަހަރު ބާސެލޯނާގެ ރައީސް ކަަމަށް ލަޕޯޓާ ވަޑައިގެންނެވީ، މެސީ ކުލަބުގައި ބަހައްޓާނެ ކަމަށް ސަޕޯޓަރުންނަށް ވައުދު ވެގެންނެވެ. ނަމަވެސް، މެސީ ބާސެލޯނާ ދޫކޮށްލަން ޖެހުމުން ލަޕޯޓާ އަށް އެތައް ބައެއްގެ ނުރުހުން އަމާޒުވެފައިވެ އެވެ.

ބާސެލޯނާލިއޮނެލް މެސީޖޮއާން ލަޕޯޓާޒަވީ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

08 މާރިޗު 2026

ބާސެލޯނާގެ ރައީސް ކަމަށް ވާދަ ކުރަން ޝަރުތު ހަމަވީ ލަޕޯޓާ އާއި ފޮންޓް އެކަނި

08 މާރިޗު 2026
ބާސެލޯނާގެ ރައީސް ކަމަށް ވާދަ ކުރަން ޝަރުތު ހަމަވީ ލަޕޯޓާ އާއި ފޮންޓް އެކަނި
08 މާރިޗު 2026

ޔަމާލްގެ ލަނޑުން މޮޅުވެ، ބާާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

08 މާރިޗު 2026
ޔަމާލްގެ ލަނޑުން މޮޅުވެ، ބާާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
04 މާރިޗު 2026

ދިރާގަށް މޮބައިލް ވާރލްޑް ކޮންގްރެސްގައި އޫކްލާގެ 3 އެވޯޑެއް ލިބިއްޖެ

04 މާރިޗު 2026
ދިރާގަށް މޮބައިލް ވާރލްޑް ކޮންގްރެސްގައި އޫކްލާގެ 3 އެވޯޑެއް ލިބިއްޖެ
04 މާރިޗު 2026

ދެ ވަނަ ލެގުން މޮޅުވި ނަމަވެސް، ބާސެލޯނާ ކަޓައިފި

04 މާރިޗު 2026
ދެ ވަނަ ލެގުން މޮޅުވި ނަމަވެސް، ބާސެލޯނާ ކަޓައިފި
03 މާރިޗު 2026

އަމިއްލަ ދަނޑުގައި ރެއާލް އިން ގެޓާފޭގެ އަތް ދަށުވެ، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

03 މާރިޗު 2026
އަމިއްލަ ދަނޑުގައި ރެއާލް އިން ގެޓާފޭގެ އަތް ދަށުވެ، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
01 މާރިޗު 2026

ފްލިކްގެ 100 ވަނަ މެޗުން މޮޅުވެ، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

01 މާރިޗު 2026
ފްލިކްގެ 100 ވަނަ މެޗުން މޮޅުވެ، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
28 ފެބުރުއަރީ 2026

ބާސެލޯނާ އާއެކު ފްލިކް 100 ވަނަ މެޗަށް، މޮޅުވާން މަސައްކަތް ކުރުން ނޫން އެހެން ގޮތެއް ނެތް

28 ފެބުރުއަރީ 2026
ބާސެލޯނާ އާއެކު ފްލިކް 100 ވަނަ މެޗަށް، މޮޅުވާން މަސައްކަތް ކުރުން ނޫން އެހެން ގޮތެއް ނެތް
28 ފެބުރުއަރީ 2026

ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.

28 ފެބުރުއަރީ 2026
ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.
25 ފެބުރުއަރީ 2026

އިނގިރޭސި ބަސް ދަސްނުކުރެވުނީތީ ހިތާމަ ކުރަން: މެސީ

25 ފެބުރުއަރީ 2026
އިނގިރޭސި ބަސް ދަސްނުކުރެވުނީތީ ހިތާމަ ކުރަން: މެސީ
25 ފެބުރުއަރީ 2026

ވާހަކަ ދައްކާ ކޮންމެ ފަހަރަކު ލަޕޯޓާ ހަދަނީ ދޮގު: ވިކްޓާ ފޮންޓް

25 ފެބުރުއަރީ 2026
ވާހަކަ ދައްކާ ކޮންމެ ފަހަރަކު ލަޕޯޓާ ހަދަނީ ދޮގު: ވިކްޓާ ފޮންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް