Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޑިއާ

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

މެސީ އާއި ގާންދީ ބައްދަލު ކޮށްފައިވާއިރު، ގާންދީ ވަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި މެސީއާ އެކު ހޭދަ ކުރި ވަގުތުގެ މަންޒަރުތައް ހިއްސާ ކޮށްފަ އެވެ. ގާންދީގެ އިންސްޓަގްރާމް އެކައުންޓުގެ ސްޓޯރީގައި އޭނާ ހިއްސާ ކުރައްވާފައިވާ ވީޑިއޯ ގައި ވަނީ މެސީ ަށް ތައުރީފު ކުރައްވައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2025 | ހޯމަ 01:52
މެސީ، ރާހުލް ގާންދީ އަށް ޖާޒީއެއް ހަދިޔާ ކުރަނީ

މެސީ، ރާހުލް ގާންދީ އަށް ޖާޒީއެއް ހަދިޔާ ކުރަނީ

އެމެރިކާގެ އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އިންޑިއާ އަށް ކުރަމުން އަންނަ ދަތުރުގައި، އެ ޤައުމުގެ ލޮކްސަބާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީއާ ބައްދަލު ކޮށްފި އެވެ. 

ހައިދަރުއާބާދުގައި މެސީ އާއި ރާހުލް ގާންދީ ބައްދަލު ކޮށްފައިވާއިރު، މެސީ ވަނީ ގާންދީ އަށް އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް ވެސް ހަދިޔާ ކޮށްފަ އެވެ. އާޖެންޓީނާ އަދި އިންޓަރ މިއާމީގައި ވެސް މެސީ ކުޅެމުން އަންނަނީ 10 ނަންބަރު ޖާޒީ އަށެވެ. 

ގޯޓު ޓުއަރގެ ދަތުރުގައި މެސީ އިންޑިއާ އަށް އައިސްފައި ވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ކޮލްކަތާ އަށް މެސީ އައިސްފައިވާއިރު، ހައިދަރުއާބާދަށް ވެސް ވަނީ ވަނީ ޒިޔާރާތް ކޮށްފަ އެވެ. އެ ޒިޔާރަތުގައި ފުޓުބޯޅައިގެ ގިނަ ކަންކަން ކުރިއަށް ގެންގޮސްފައިވާއިރު، މުމްބާއީ އާއި ވެރި ރަށް ދިއްލީ އަށް ވެސް މެސީ ޒިޔާރާތް ކުރާނެ އެވެ. 

މެސީ އާއި ގާންދީ ބައްދަލު ކޮށްފައިވާއިރު، ގާންދީ ވަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި މެސީއާ އެކު ހޭދަ ކުރެއްވި ވަގުތުގެ މަންޒަރުތައް ހިއްސާ ކުރައްވާފަ އެވެ. ގާންދީގެ އިންސްޓަގްރާމް އެކައުންޓުގެ ސްޓޯރީގައި އޭނާ ހިއްސާ ކުރައްވާފައިވާ ވީޑިއޯ ގައި ވަނީ މެސީ ަށް ތައުރީފު ކުރައްވައިފަ އެވެ. 

އޭގެ ފަހުން ކޮންގްރެސް ޕާޓީ އިން ސޯޝަލް މީޑިއާގައި ހާމަ ކޮށްފައިވާ ގޮތުގައި، މެސީ ވަނީ ގާންދީ އަށް އާޖެންޓީނާ ޤައުމީ ޓީމުގެ ހޯމް ޖާޒީއެއް ހަދިޔާ ކޮށްފަ އެވެ. މެސީގެ ގާތުގައި އޭނާއާ އެއް ޓީމަކަށް ކުޅެމުން އަންނަ ލުއިސް ސުއަރޭޒް އާއި ރޮޑްރީގޯ ޑި ޕައުލް ވެސް ހުރިއިރު، ގާންދީ ވަނީ މެސީ އަށް ހަދިޔާއެއް ރައްދު ކޮށްފަ އެވެ. 

އިންޑިއާގެ ދަތުރުގައި ހޮނިހިރު ދުވަހު މެސީ ހައިދަރުއާބާދަށް ގޮސްފައިވާއިރު، އެ ސިޓީގެ އުޕާލްގައި ހުންނަ ރާޖިވް ގާންދީ އިންޓަނޭޝަނަލް ސްޓޭޑިއަމް އަށް ވެސް މެސީ ވަނީ ޒިޔާރާތް ކޮށްފަ އެވެ. އެ ސްޓޭޑިއަމް އަށް ޒިޔާރާތްކޮށް، މެސީ ވަނީ ބައެއް ސަޕޯޓަރުންނާ އެކު ވަގުތު ހޭދަކޮށް، ބޯޅަ ވެސް ކުޅެފަ އެވެ. 

މެސީ އިންޑިއާ އަށް ކުރާ ދަތުރުގައި ކޮލްކަތާ އަށް ކުރި ޒިޔާރަތުގައި އެ ސިޓީގެ ސޯލްޓް ލޭކް ސްޓޭޑިއަމް އަށް ޒިޔާރާތް ކުރިއިރު، އެ ސްޓޭޑިއަމްގައި ވަނީ ހަމަނުޖެހުން ތަކެއް ވެސް ހިނގައިފަ އެވެ. އެގޮތުން ދަނޑަށް ހާޒިރުވެ ތިބި 80،000 ސަޕޯޓަރުންގެ ކުރިމަތީގައި މެސީ ހޭދަ ކުރި ވަގުތު މަދު ކަމަށް ބުނެ، ގިނަ ބަޔަކު ވަނީ ދަނޑަށް އަރައިގަނެ، ތަކެއްޗަށް ވެސް ގެއްލުން ދީފަ އެވެ. 

އެކަމާ ގުޅިގެން މެސީގެ ދަތުރު އިންތިޒާމު ކުރި ފަރާތްތަކަށް ވެސް ވަނީ ބޮޑެތި ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. އެގޮތުން މެސީ ކަހަލަ ކުޅުންތެރިޔަކު ކުރި ދަތުރެއްގައި ދަނޑުގެ ސަލާމަތީ އިންތިޒާމު ތަކާއި، ޙަރަކާތްތަކުގެ އިންތިޒާމު ދަށް ކަމަށް ބުނެ، ގިނަ ބައެއްގެ ނުރުހުން ވެސް އަމާޒުވި އެވެ. އިންޑިއާގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ގޯޓް ޓުއާގެ އިންތިޒާމުގައި އިސްކޮށް ޙަރަކާތްތެރިވި މީހަކު ވެސް މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ. 

އެ ހާދިސާގެ ފަހުން ޗީފް މިނިސްޓަރު މަމަތާ ބެނާޖީ ވިދާޅުވެފައި ވަނީ، ސްޓޭޑިއަމްގައި ހިނގައި ދިޔަ ކަންކަން ތަހުގީގު ކުރުމަށްޓަކައި ޚާއްސަ ކޮމެޓީއެއް އެކުލަވާލައްވާފައިވާ ކަމަށާއި، އެކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތައް އިންސާފުގެ ކުރި މައްޗަށް ގެންނާނެ ކަމަށެވެ. މެސީގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ޗީފް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާލިއޮނެލް މެސީރާހުލް ގާންދީ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު