Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭ ކަޕް

ލިވަޕޫލް ބަލިކޮށް ސިޓީ ސެމީ ފައިނަލް އަށް

ލިވަޕޫލް ބަލިކޮށް ސިޓީ އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދިއިރު، މިއީ އެފްއޭ ކަޕްގައި ލިވަޕޫލް އަށް ފާއިތުވި 80 އަހަރުގެ ތެރޭގައި ލިބުނު އެންމެ ދަށް ނަތީޖާ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 އެޕްރީލު 2026 | އާދީއްތަ 08:49
މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ހާލަންޑް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ހާލަންޑް އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ސިޓީ އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީ އިން ދެ ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ސިޓީ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ކުރި ހޯދައިދިނީ ނޯވޭގެ ފޯވާޑު އާލިން ހާލަންޑް އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހާލަންޑް ވަނީ ސިޓީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

މެޗުގައި ލަނޑު ޖަހަން ލިވަޕޫލް އިން މަސައްކަތް ކުރި ނަމަވެސް، އެ ޓީމަށް އެކަން ކާމިޔާބެއް ނުވި އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި އެންޓޮއިން ސެމެންޔޯ ވަނީ ސިޓީގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ހަތް މިނެޓު ފަހުން ހާލަންޑް ވަނީ ސިޓީގެ ހަތަރު ވަނަ ލަނޑު ޖަހައި މެޗުގައި އޭނާގެ ހެޓްރިކް ހަމަ ކޮށްފަ އެވެ.

ލިވަޕޫލް ބަލިކޮށް ސިޓީ އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދިއިރު، މިއީ އެފްއޭ ކަޕްގައި ލިވަޕޫލް އަށް ފާއިތުވި 80 އަހަރުގެ ތެރޭގައި ލިބުނު އެންމެ ދަށް ނަތީޖާ އެވެ. މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ލިވަޕޫލްގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އެ ޓީމުގެ ކޯޗު އާން ސްލޮޓަށް އޮންނަ ޕްރެޝަރު އަންނަނީ ބޮޑު ވަމުންނެވެ.

އިނގިރޭސި އެފްއޭ ކަޕްމެންޗެސްޓަރ ސިޓީލިވަޕޫލް

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުތެމްޓަން އަތް ދަށުގެ އާސެނަލް ކަޓައިފި

ސައުތެމްޓަން އަތް ދަށުގެ އާސެނަލް ކަޓައިފި

05 އެޕްރީލު 2026
އެއްބަސްވުން ހަމަވުމުން، ސިޓީ ދޫކޮށްލަން ސިލްވާ ވިސްނަނީ

އެއްބަސްވުން ހަމަވުމުން، ސިޓީ ދޫކޮށްލަން ސިލްވާ ވިސްނަނީ

31 މާރިޗު 2026
އެންމެ ފަހުން ލިވަޕޫލް ދޫކޮށްލަން ޞަލާޙު ނިންމައިފި

އެންމެ ފަހުން ލިވަޕޫލް ދޫކޮށްލަން ޞަލާޙު ނިންމައިފި

25 މާރިޗު 2026
އާސެނަލް ބަލިކޮށް ސިޓީ އިން ކަރަބޯ ކަޕް ކާމިޔާބު ކޮށްފި

އާސެނަލް ބަލިކޮށް ސިޓީ އިން ކަރަބޯ ކަޕް ކާމިޔާބު ކޮށްފި

23 މާރިޗު 2026
ކަރަބޯ ކަޕް ކާމިޔާބު ކުރިޔަސް، ލީގު ލިބޭކަން ޔަޤީނެއް ނުވާނެ": ގާޑިއޯލާ

ކަރަބޯ ކަޕް ކާމިޔާބު ކުރިޔަސް، ލީގު ލިބޭކަން ޔަޤީނެއް ނުވާނެ": ގާޑިއޯލާ

22 މާރިޗު 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު