Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

އުދަރެސް 11 ވަނަ ޓަވަރާއި، އާމާން ދޯދި ޓަވަރުތަކުގެ ތެރެއިން 16 ވަނަ ޓަވަރާ އިންވެގެން އޮތް ބިމުގައި ކުރާ މަސައްކަތް ނޭނގޭ: އެޗްޑީސީ

ހުޅުމާލޭ ފަހި ފްލެޓުތައް ހިމެނޭ ސަރަހައްދުގައި ހިތްފަސޭހަ މައިދާންތަކެއް ހެދުމަށް ކުރިން ހަމަޖެހިފައިވާ ބިންތަކެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބިންތަކުގައި ކުރަނީ ކޮން މަސައްކަތެއްކަން ނޭނގޭ ކަމަށް އެޗްޑީސީން ބުނެފައިވާއިރު، ބިންތައް ނުއަގުގައި ވިއްކާލާފައިވާ ކަމުގެ ތުހުމަތުތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލައާ ގުޅިގެން އެފްޑީސީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 ޖޫން 2026 | ހޯމަ 12:15
އުދަރެސް 11 ވަނަ ޓަވަރާ ދިމާލުން ބޭރުގައި އޮންނަ ހުސް ބިމުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަނީ.

އުދަރެސް 11 ވަނަ ޓަވަރާ ދިމާލުން ބޭރުގައި އޮންނަ ހުސް ބިމުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަނީ. | ރާއްޖެއެމްވީ

ފަހި ފްލެޓުތަކުގެ އުދަރެސް 11 ވަނަ ޓަވަރާއި، އާމާން ދޯދި ޓަވަރުތަކުގެ ތެރެއިން 16 ވަނަ ޓަވަރާ އިން ވެގެން އޮތް ބިމުގައި ކުރާ މަސައްކަތް ނޭނގޭ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ. 

އުދަރެސް 11 ވަނަ ޓަވަރާއި، އާމާން ދޯދި ޓަވަރުތަކުގެ ތެރެއިން 16 ވަނަ ޓަވަރާ އިންވެގެން އޮތް ހުސް ބިން ބަންދުކޮށްގެން ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ނަމަވެސް އެ ދެބިމަކީ ހިތްފަސޭހަ މައިދާންތަކެއް ތަރައްގީ ކުރާނެ ބިން ތަކެއް ކަމަށް ފަހި ދިރިއުޅުން ކޯޕްރޭޝަން (އެފްޑީސީ)އިން މީގެ ކުރިން މައުލޫމާތު ދީފައިވާ ކަމަށް އެ ޓަވަރުތަކުގައި ދިރުއުޅޭ ރައްޔިތުން ބުނެ އެވެ. ނަމަވެސް އެ ބިމުގައި މިހާރު ބޮޑު އިމާރާތެއް އަޅަމުންދާ ކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ހޯމަ ދުވަހު ފަށާއިރު ޕްރޮގްރާމްގައި އެޗްޑީސީގެ އެސިސްޓަންޓް މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ސިރާޖަށް ގުޅުމުން ވިދާޅުވީ އެޗްޑީސީގެ ބިމެއްގައި މަސައްކަތް ކުރާނީ ހުއްދައާއެކު ކަމަށެވެ. ނަމަވެސް މި ދެ ބިމުގައި ކުރަނީ ކޮން މަސައްކަތެއް ކަމެއް ނުވަތަ މަސައްކަތް ކުރާކަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައުލޫމާތު ސާފު ކުރުމަށްފަހު ހިއްސާ ކުރާނެ ކަމަށެވެ. 

މީގެ އިތުރުން މި މައްސަލައާ ގުޅިގެން އެފްޑީސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އަދި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ދެއްވާފައިނުވެ އެވެ.

މި ދެ ބިމާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދަނީ ދައްކަމުންނެވެ.

އެގޮތުން އެ ދެ ބިން ވެސް ނު އަގުގައި ބަޔަކަށް ވިއްކާލާފައިވާ ކަމަށް ވެސް ބައެއް މީހުން ތުހުމަތު ކޮށްފައިވެ އެވެ. 

ގެދޮރުވެރިޔާ ސްކީމުން އިމާރާތް ކުރި މިޓަވަރުތަކުގެ ސަރަހައްދުގައި ހުރި ބިންތައް މިގޮތަށް ވިއްކާ އިތުރު އިމާރާތްތައް އަޅާނަމަ މި ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހިތްހަމަ ޖައްސާލުމަށް ނުކުމެ ތިބޭނެ ޕާކެއް ހިތްފަސޭހަ މައިދާނެއް ނޯންނާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. 

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ފަހި ދިރިއުޅުން ކޯޕަރޭޝަންމުހައްމަދު ސިރާޖުހަމްދާން ޝަކީލްއުދަރެސް 11އަމާން ދޯދި

ކޮމެންޓް

އިތުރަށް ކިޔާލަން

އުދަރެސް 11 ވަނަ ޓަވަރާ ދިމާލުން ބޭރުގައި އޮންނަ ހުސް ބިން ނުއަގުގައި ވިއްކާލި ކަމުގެ ތުހުމަތު، ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާތީ ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި!

އުދަރެސް 11 ވަނަ ޓަވަރާ ދިމާލުން ބޭރުގައި އޮންނަ ހުސް ބިން ނުއަގުގައި ވިއްކާލި ކަމުގެ ތުހުމަތު، ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާތީ ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި!

31 މެއި 2026
ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ

ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ

31 މެއި 2026
4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދޭނެކަން މިހާތަނަށް ވެސް ފްލެޓްވެރިންނަށް އަންގާފައި ނުވޭ

4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދޭނެކަން މިހާތަނަށް ވެސް ފްލެޓްވެރިންނަށް އަންގާފައި ނުވޭ

29 މެއި 2026
 ބާޖެއް ގާތްކުރަން އުޅުމުގެ ތެރޭގައި ބޮޑެތި ގެއްލުންތަކެއް ލިބި، ހުޅުމާލެ ލަކުޑި ޖެޓީ ބަންދުކޮށްފި

ބާޖެއް ގާތްކުރަން އުޅުމުގެ ތެރޭގައި ބޮޑެތި ގެއްލުންތަކެއް ލިބި، ހުޅުމާލެ ލަކުޑި ޖެޓީ ބަންދުކޮށްފި

26 މެއި 2026
4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދިނުމަށް ހައުސިން މިނިސްޓްރީ އިން ސިޓީ ފޮނުވީ ވަޒީރު މަޖިލީހަށް ހާޒިރުކުރުމުގެ ދުވަސްކޮޅެއް ކުރިން ޕްރެޝަރ ބޮޑުވެގެން

4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދިނުމަށް ހައުސިން މިނިސްޓްރީ އިން ސިޓީ ފޮނުވީ ވަޒީރު މަޖިލީހަށް ހާޒިރުކުރުމުގެ ދުވަސްކޮޅެއް ކުރިން ޕްރެޝަރ ބޮޑުވެގެން

25 މެއި 2026

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު