Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
4000 ފްލެޓް

4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދިނުމަށް ހައުސިން މިނިސްޓްރީ އިން ސިޓީ ފޮނުވީ ވަޒީރު މަޖިލީހަށް ހާޒިރުކުރުމުގެ ދުވަސްކޮޅެއް ކުރިން ޕްރެޝަރ ބޮޑުވެގެން

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ރަށްވެހިކަން މާލެއަށް ބަދަލުކުރުމުގެ ހުއްދަ ދިނުމަށް ހައުސިން މިނިސްޓްރީން އެފްޑީސީއަށާއި ސިޓީ ކައުންސިލަށް އަންގާފައިވޭ. މި އެންގުން އަންގާފައިވަނީ ފްލެޓް އެއްބަސްވުންތަކަކީ ކުލީގެ އެއްބަސްވުންތަކަކަށް ވާތީ ރަޖިސްޓްރީ ނުކުރެވޭ މައްސަލައިގައި ސަރުކާރަށް ޕްރެޝަރު ބޮޑުވެ، ވަޒީރު މަޖިލީހަށް ހާޒިރުކުރަން ތާވަލުކޮށްފައި ވަނިކޮށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 25 މެއި 2026 | ހޯމަ 13:38
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާފައިވާ ފްލެޓް ޓަވަރެއް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާފައިވާ ފްލެޓް ޓަވަރެއް | ރާއްޖެއެމްވީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ލިބުނު 4000 ފްލެޓްގެ  ރަށްވެހިކަމުގެ ރަޖިސްޓްރީ ހަދައިދިނުމަށް ހައުސިން މިނިސްޓްރީ އިން ސިޓީ ފޮނުވީ ވަޒީރު އަބްދުالله މުއްޠަލިބު މަޖިލީހަށް ހާޒިރުކުރުމުގެ ދުވަސްކޮޅެއް ކުރިން ޕްރެޝަރ ބޮޑުވެގެން ކަން ހާމަވެއްޖެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ރައީސް މުއިއްޒުގެ ސަރުކާރުން ފްލެޓް ދޫކުރަނީ ކުލީގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ވާތީ ރަށްވެހިންގެ ރަޖިސްޓަރީ އެ ފްލެޓްތަކަށް ހަދައި ނުދެވޭ ގޮތް ވީ މި ފްލެޓްތަކުގެ އެއްބަސްވުމަކީ ކުލީގެ އެއްބަސްވުމެއް ކަމަށް ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. އެ މައްސަލަ މިދިޔަ އަހަރުގެ މެދެއްހާއި ހިސާބުން ފެށިގެން އޮތީ ވަރަށް ބޮޑަށް ފެންމަތިވެފަ އެވެ. 

Advertisement - newsAdvertisement

އެކަން އެހެން އޮތްވާ 12 އޮގަސްޓް 2025ގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފްލެޓުތައް ލިބުނު މީހުންނަށް މާލޭ ރަށްވެހިންގެ ރަޖިސްޓްރީ ހަދައިނުދީ އޮތް މައްސަލަ އާއި ގުޅިގެން ވަޒީރު މުއްތަލިބް އާއި ސުވާލުކުރުމަށް މެމްބަރު މުހައްމަދު އިބްރާހިމް ވަނީ ވަޒީރު މުއްތަލިބް އާއި ސުވާލު ކުރުމަށް ހުށަހަޅުއްވާފަ އެވެ. އެ ސުވާލަށް ޖަވާބު ދިނުން ތާވަލް ކުރީ  4 މޭއި 2026 އަށެވެ.

އެ ދުވަހު ކުޑޫ ވަނީ މިހާރު ހުރި ފްލެޓް އެއްބަސްވުންތަކަކީ ކުލީގެ އެއްބަސްވުންތަކަށް ވާތީ އާއްމުން ރަޖިސްޓްރީ ނުހެއްދި މަގުމަތި ވާންވީތޯ ސުވާލު ކުރައްވާފަ އެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން މަޖިލީހުގައި ވަޒީރު ވަނީ ސިޓީ ކައުންސިލާއި ފަހި ދިރިއުޅުން ކޯޕަރޭޝަން އަށް ސިޓީ އެއް ފޮނުވާފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.  

ވަޒީރުގެ އެ ވާހަކަތަކާއި ގުޅިގެން، ފަހި ޔޫނިއަން އިން އާރްޓީއައި ހުށަހަޅާފައި ވަނީ 4000 ފްލެޓް ލިބުނު މީހުން ރަށްވެހިންގެ ރަޖިސްޓްރީ ހެއްދުމަށްޓަކައި ހައުސިން މިނިސްޓްރީ އިން އެފްޑީސީ އަށާއި ސިޓީ ކައުންސިލަށް ފޮނުވި ސިޓީގެ އޮރިޖިނަލް އަށް އެދި އެވެ. އެ ގޮތަށް އެދިފައި ވަނީ 4 މޭއި 2026 ގަ އެވެ. 

ހައުސިން މިނިސްޓްރީ އަށް ހުށަހެޅި އެ ހުށަހެޅުމާއި ގުޅިގެން ފަހި ޔޫނިއަން އަށް ފޯރުކޮށްދިން ސިޓީތައް ރާއްޖެ އެމްވީ އަށް ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން 22 އެޕްރިލް 2026ގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްތަރ ހަމްދާން ޝަކީލް އަށް އެޑްރެސްކޮށް ހައުސިން މިނިސްޓްރީގެ ޕަރމަނަންޓް ސެކޭޓްރީ މުހައްމަދު ޝާމިލް ސޮއިކުރައްވާ ފޮނުއްވާފައިވާ ސިޓީ އެއް ހިމެނެ އެވެ. 

އެ ސިޓީގައި ބުނެފައި ވަނީ ޔުނިޓް ކުއްޔަށް ދިނުމާއި މިލްކު ކުރުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފްލެޓްގެ މިލްކުވެރިކަން ބަދަލުކުރުމުގައި މުއާމަލާތުކޮށް ނިމުމާއި ހަމައަށް ފްލެޓްގެ ވެރިފަރާތަކީ އެފްޑީސީ ކަމަށެވެ. އެހެންކަމުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކާއި އެ ފަރާތްތަކުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަަކަށް މާލޭ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީކޮށްދޭން އެދި ހުށަހަޅާ ހުށަހެޅުންތަކާއި ގުޅިގެން ކަމާއި ބެހޭ ޤާނޫނުތަކާއި އެއްގޮތަށް އެ ފަރާތްތައް މާލޭގެ ރަށްވެހިކަމުގައި ހިމަނަން ކައުންސިލް އިދާރާ އަށް ދޭން ޖެހޭ ހުއްދަ ދިނުމަށް ވަނީ އަންގާފަ އެވެ. 

މީގެ އިތުރުން ހަމަ އެ ދުވަހު މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީ އެއްގައި އެފްޑީސީ އާއި އެކު ފްލެޓް ލިބުނު މީހުން ވެފައިވާ އެއްބަސްވުމަކީ ކުއްޔަށް ދީފައިވާ ފަރާތްތަކަށް މިލްކު ކުރުމުގެ ބޭނުމަށް އެއްބަސްވެ ހަވާލުކުރެވިފައިވާ ތަންތަން ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އެހެންކަމުން އެ ފަރާތްތަކުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީކޮށްދިނުމުގެ ހުއްދަ އެފްޑީސީ އިން ދިނުމުން ކަމާއި ބެހޭ ޤާނޫނާއި ޤަވާއިދުތަކާއި އެއް ގޮތްވާ ގޮތުގެ މަތިން އެ ފަރާތްތައް މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމެނުމަށް އަންގާފައިވެ އެވެ.

މި ދެ ސިޓީވެސް ފޮނުވާފައި ވަނީ ވަޒީރު މަޖިލީހަށް ހާޒިރުވުމުގެ ދުވަސްކޮޅެއް ކުރިންނެވެ. އޭރު މި މައްސަލަ ހޫނުވެ ސަރުކާރަށް އޮތީ ވަރަށް ބޮޑަށް ޕްރެޝަން ބޮޑުވެފަ އެވެ. އަދި މިދިޔަ އަަހަރުން ފެށިގެން އެ ސުވާލު މަޖިލީހުގައި އޮތް ނަމަވެސް އެ ސުވާލު ތާވަލް ކުރީ މިނިސްޓްރީ އިން ފޮނުވަން ޖެހޭ ސިޓީތައް ފޮނުވާ ނިމުމުންނެވެ. އެކަން އާރްޓީއައި އާއި ގުޅިގެން ދިން ސިޓީތައް ފޮނުވާފައިވާ ތާރީހުތަކަށް ބެލުމުން ހާމަވެ އެވެ.


ގެދޮރުވެރިޔާ ސްކީމްޑރ. މުއިއްޒުފަހި ދިރިއުޅުން ކޯޕަރޭޝަންހަމްދާން ޝަކީލްމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

2023 ވަނަ އަހަރު ހިއްކަން ފެށި ރަސްމާލެއިން މިހާތަނަށް ހިއްކުނީ 60 އިންސައްތަ: ރައީސް މުއިއްޒު

2023 ވަނަ އަހަރު ހިއްކަން ފެށި ރަސްމާލެއިން މިހާތަނަށް ހިއްކުނީ 60 އިންސައްތަ: ރައީސް މުއިއްޒު

22 މެއި 2026
ސަރުކާރު ވައްޓާލަން ނުކުތުމަށްވުރެ ޕާޓީގެ އިންތިޒާމުތަކާއި އެތެރޭގެ ހަމަޖެހުން ގާއިމްކޮށް 2028 އަށް ތައްޔާރުވާންޖެހޭ: މީކާއިލް

ސަރުކާރު ވައްޓާލަން ނުކުތުމަށްވުރެ ޕާޓީގެ އިންތިޒާމުތަކާއި އެތެރޭގެ ހަމަޖެހުން ގާއިމްކޮށް 2028 އަށް ތައްޔާރުވާންޖެހޭ: މީކާއިލް

19 މެއި 2026
ޚަރަދު ކުޑަކުރުމުގެ ބަހަނާއަށްފަހު އަނެއްކާވެސް އަތޮޅު އޮފީސް

ޚަރަދު ކުޑަކުރުމުގެ ބަހަނާއަށްފަހު އަނެއްކާވެސް އަތޮޅު އޮފީސް

19 މެއި 2026
މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް އެމްޑީޕީ ފަރާތުން ވާދަކުރައްވާނީ މީކާއީލް!

މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް އެމްޑީޕީ ފަރާތުން ވާދަކުރައްވާނީ މީކާއީލް!

17 މެއި 2026
ހުޅުމާލެ ހިމެނޭހެން މާލެސިޓީގެ އިހުތިސާސް ސިޓީ ކައުންސިލަށް ދޫކޮށްލުމަށް މޭޔަރު އާޒިމް ސަރުކާރަށް ގޮވާލައްވައިފި

ހުޅުމާލެ ހިމެނޭހެން މާލެސިޓީގެ އިހުތިސާސް ސިޓީ ކައުންސިލަށް ދޫކޮށްލުމަށް މޭޔަރު އާޒިމް ސަރުކާރަށް ގޮވާލައްވައިފި

17 މެއި 2026

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު