Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލެ ކަރަންޓު ކެނޑުން

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިފައި ވަނީ މަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް ކޭބަލް އަށް ގެއްލުން ވެގެން

25 އެޕްރީލު 2026 | ހޮނިހިރު 11:00

ކަރަންޓު ކެނޑިފައިވަނީ ހިޔާ ޓަވަރު 5، 6، އަދި 7، ވިނަރެސްގެ 10 ޓަވަރުންނާއި، އަމާން ދޯދި 12، 13، 14، 15، 16 އާއި އަމާން އުދަރެސް 5، އަދި 6 އަދި އެމްޕީއެލް ޓަވަރުތަކުން ކަމަށް ސްޓެލްކޯ އިން ބުނޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 25 އެޕްރީލު 2026 | ހޮނިހިރު 11:00
ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި ކޭބަލް އަކަށް ގެއްލުންވެފައި.

ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި ކޭބަލް އަކަށް ގެއްލުންވެފައި. | ސްޓެލްކޯ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިފައި ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އިން މަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް ކޭބަލް އަށް ގެއްލުން ވެގެން ކަން ހާމަވެއްޖެ އެވެ.

ހޮނިހިރު ދުވަހު ހުޅުމާލޭގެ ފޭސް-2ގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނީ ގާތްގަނޑަކަށް 1:45 ހާއިރު އެވެ. ސްޓެލްކޯ އިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.  މިހާރު ދަނީ ކޭބަލް މަރާމާތުކޮށް، ވީ އެންމެ އަވަހަކަށް ހިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ކަމަށް އެ އިދާރާ އިން ބުނި ނަމަވެސް އެކަމަށް ހޭދަވާނީ ކިހާ ވަގުތެއްކަން ހާމަކޮށްފަ އެއް ނުވެ އެވެ.

Advertisement - newsAdvertisement

ކޭބަލްތަކަށް ގެއްލުން ލިބުނީ އެޗްޑީސީ އިން މަގު ހެދުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ކަން ސްޓެލްކޯ އިން ހާމަ ނުކުރި ނަމަވެސް ހުޅުމާލެ މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނީ އެޗްޑީސީ އިން ކަން ފާހަގަކޮށްލެވެ އެވެ. އަދި ކޭބަލް އަށް ގެއްލުން ލިބުނު ސަރަހައްދުގައި އެޗްޑީސީގެ މުވައްޒަފުން ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯތައް މީސްމީޑިއާ އިން ވެސް ފެންނަން އެބަ ހުއްޓެވެ.

ކަރަންޓު ކެނޑިފައިވަނީ ހިޔާ ޓަވަރު 5، 6، އަދި 7، ވިނަރެސްގެ 10 ޓަވަރުންނާއި، އަމާން ދޯދި 12، 13، 14، 15، 16 އާއި އަމާން އުދަރެސް 5، އަދި 6 އަދި އެމްޕީއެލް ޓަވަރުތަކުން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. މީގެ އިތުރުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާތީ ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް ވެސް އެދިފަ އެވެ.

ފަހަކަށް އައިސް ހުޅުމާލެއިން ކުއްލި އަކަށް ކަރަންޓު ކެނޑޭ މައްސަލަ އިތުރުވަމުންދާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މި މަހުގެ 12 ވަނަ ދުވަހު ވެސް ހުޅުމާލޭ ފޭސް-2 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެ އެވެ. ހިޔާ ޓަވަރުތައް ހިމެނޭ ގޮތަށް ކަރަންޓު ކެނޑުނު އިރު، އެދުވަހުގެ ގިނަ ވަގުތު ހޭދަ ކުރަން ޖެހުނީ ކަރަންޓު ނެތި އެވެ.

ހުޅުމާލެ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެޗްޑީސީސްޓެލްކޯހިޔާ ޓަވަރުމއ. ވިނަރެސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

25 އެޕްރީލު 2026

ހުޅުމާލެ ފޭސް-2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކުއްލި ގޮތަކަށް ކެނޑިއްޖެ

25 އެޕްރީލު 2026
ހުޅުމާލެ ފޭސް-2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކުއްލި ގޮތަކަށް ކެނޑިއްޖެ
25 އެޕްރީލު 2026

ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި

25 އެޕްރީލު 2026
ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި
23 އެޕްރީލު 2026

ކަރަންޓު ބިލު ދެގުނަ ބޮޑުވެ އާއްމު ރައްޔިތުން ރަތަށް، ރ. އަނގޮޅިތީމު ރައްޔިތުން ނުކުތީ މުޒާހަރާ އަށް!

23 އެޕްރީލު 2026
ކަރަންޓު ބިލު ދެގުނަ ބޮޑުވެ އާއްމު ރައްޔިތުން ރަތަށް، ރ. އަނގޮޅިތީމު ރައްޔިތުން ނުކުތީ މުޒާހަރާ އަށް!
12 އެޕްރީލު 2026

ހުޅުމާލޭ ފޭސް 2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ، ކަރަންޓް ލިބޭނެ އިރެއް ނޭނގޭ

12 އެޕްރީލު 2026
ހުޅުމާލޭ ފޭސް 2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ، ކަރަންޓް ލިބޭނެ އިރެއް ނޭނގޭ
12 އެޕްރީލު 2026

ކުންފުނިތަކުގެ ވެރިން ވަކިކުރުމާއި އިސްތިއުފާގެ ބޮޑު ސިއްރު!!؟

12 އެޕްރީލު 2026
ކުންފުނިތަކުގެ ވެރިން ވަކިކުރުމާއި އިސްތިއުފާގެ ބޮޑު ސިއްރު!!؟
11 އެޕްރީލު 2026

އެމްޓީސީސީ ބަސް ތަކުގެ ބަސް ކާޑު މެޝިންތައް ހަލާކުވެ، ރައްޔިތުން ބޮޑު ތަކުލީފެއްގައި!

11 އެޕްރީލު 2026
އެމްޓީސީސީ ބަސް ތަކުގެ ބަސް ކާޑު މެޝިންތައް ހަލާކުވެ، ރައްޔިތުން ބޮޑު ތަކުލީފެއްގައި!
11 އެޕްރީލު 2026

ދޯދި 11 ކައިރީ ހުރި ކުނިފުންޏެއްގައި ރޯވި އަލިފާންގަނޑު، ހަ ގަޑިއިރު ފަހުން ނިއްވާލައިފި

11 އެޕްރީލު 2026
ދޯދި 11 ކައިރީ ހުރި ކުނިފުންޏެއްގައި ރޯވި އަލިފާންގަނޑު، ހަ ގަޑިއިރު ފަހުން ނިއްވާލައިފި
09 އެޕްރީލު 2026

އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރަނީ

09 އެޕްރީލު 2026
އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރަނީ
08 އެޕްރީލު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެމީހަކު ހައްޔަރުކޮށްފި

08 އެޕްރީލު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެމީހަކު ހައްޔަރުކޮށްފި
07 އެޕްރީލު 2026

ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟

07 އެޕްރީލު 2026
ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް