Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގެދޮރުވެރިޔާގެ ފްލެޓް

ގެދޮރުވެރިޔާ ހުރިހާ ޓަވަރަކަށް ކޭބަލް އާއި އިންޓަނެޓް ނުލިބޭ މައްސަލަ: ކުރިއަށް ތިން މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ލިބޭނެ އެފްޑީސީން ބުނޭ

ގެދޮރުވެރިޔާ ފްލެޓުތަކަށް އިންޓަނެޓާއި ކޭބަލް ޓީވީގެ ޚިދުމަތް ނުލިބި ލަސްވަނީ، ކުރީގެ ސަރުކާރުން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރިއިރު ޖީޕޮން ސިސްޓަމް ގާއިމުކުރުން އުނިކޮށްފައިވާތީ ކަމަށް ހަމްދާން ވިދާޅުވި. ނަމަވެސް މިހާރު 9 ޓަވަރެއްގައި އެ ސިސްޓަމް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ހުރިހާ ޓަވަރަކަށް މި ޚިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި. މި ޚިދުމަތްތައް ދާއިމީކޮށް ގާއިމުކުރެވެންދެން، އެއަރ ފައިބަރ ފަދަ ވަގުތީ ވަސީލަތްތައް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 އެޕްރީލު 2026 | ބުރާސްފަތި 10:01
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާ ކޮށްފައިވާ ޓަވަރުތަކެއް. ގިނަ ބަަޔަކު މިސަރަހައްދުގައި މިހާރު ދަނީ ދިރިއުޅެމުން.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާ ކޮށްފައިވާ ޓަވަރުތަކެއް. ގިނަ ބަަޔަކު މިސަރަހައްދުގައި މިހާރު ދަނީ ދިރިއުޅެމުން. | ރާއްޖެ އެމްވީ

ގެދޮރުވެރިޔާގެ ހުރިހާ ޓަވަރަކަށް ކޭބަލްގެ ޚިދުމަތާއި އިންޓަނެޓުގެ ޚިދުމަތް ކުރިއަށް އޮތް 3 މަހަށް ވުރެ އަވަހަށް ލިބޭނެ ކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިޔާގެ ފްލެޓުތަކަށް ކޭބަލްގެ ޚިދުމަތާއި އިންޓަނެޓް ނުލިބޭކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. ގިނަ ބަޔަކު ފްލެޓުތަކުގައި ދިރިއުޅެމުންދާއިރު، ކޭބަލް ނުގުޅޭ މައްސަލައާއި، ދިރާގާއި އުރީދުގެ އިންޓާނެޓްގެ ޚިދުމަތް ނުލިބޭ މައްސަލަ ބޮޑެވެ. 

Advertisement - newsAdvertisement

މި މައްސަލައާ ގުޅޭގޮތުން ބުރާސްފަތި ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ހަމްދާން ވިދާޅުވީ އިންޓަނެޓްގެ ޚިދުމަތް ލިބޭނީ ޖީޕޮން ސިސްޓަމް ގާއިމް ކޮށްގެން ކަމަށާއި، ޚިދުމަތް ދިނުން ލަސްވެގެން ދަނީ މިދިޔަ ސަރުކާރުގައި މިމަޝްރޫއު ހަވާލުކުރިއިރު، މި މަސައްކަތް ސްކޯޕުން ބޭރު ކޮށްފައިވާތީ ކަމަށެވެ.

މިހާރު އިންޓަރނެޓުގެ ޚިދުމަތް ހަގީގަތުގައި މި ޕްރޮޖެކްޓް މިދިޔަ ސަރުކާރުގައި ސޮއިކުރެވުނު އިރު އިންޓަރނެޓް ބޭނުންވާ އިންޓަރނެޓް މި ލިބެނީ، ބްރޯޑްބޭންޑް އިންޓަރނެޓް ލިބޭނީ އަނެއް ޔުނިޓަށް މި ބޭނުންވާ، އެ އިމާރާތަށް ބޭނުންވާ ޖީޕޮން ސިސްޓަމް ގާއިމުކޮށްގެން އެ މަސައްކަތް އޮތީ މިދިޔަ ސަރުކާރުގައި އެގްރީމެންޓްގައި ސޮއިކުރިއިރު ސްކޯޕުން ރިމޫވްކޮށްފައި. އޭގްޒިމް ފަންޑަށް ޕްރޮޖެކްޓެއްގައި އެގޮތަށް ސްކޯޕުން ރިމޫވްކޮށްފި އެއްޗަކަށް ރީފައިނޭންސް ކުރުމަކީ ހަމަ ވަރަށް އުނދަގޫ ކަމެއް އިނގޭތޯ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް

މިހާރު މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ހަމްދާން ވިދާޅުވީ މިހާރު ވެސް 9 ޓަވަރެއްގައި ޖީޕޮން ސިސްޓަމް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއަދުވެސް ގާތްގަނޑަކަށް 110 ޔުނިޓަށް އޯއެންޓީ ޑިވައިސް އަޅާނެ މިއަދު. އެޅީމަ އެހިސާބުން ހަމަ އަނެއް ބްރޯޑް ބޭންޑް އިންޓަރނެޓަށް އަނެއް މީޑިއާނެޓް ސާރވިސް ލިބޭނެ. ދެން އިން ދަ މީންޓައިމް އަޅުގަނޑުމެން މިދަނީ އައި.އެސް.ޓީއާ އެއްކޮށް މަސައްކަތް ކުރަމުން ހަމަ ބްރޯޑްބޭންޑް އަނެއް އިންޓަރނެޓްގެ ބަދަލުގައި މިހާރު އެބަހުރޭ ތެދެއްތޯ އެއަރފައިބަރ ކަހަލަ ސަރވިސަސް. އެ އެއްޗެހި އަނެއް ރަނގަޅު ޑިސްކައުންޓަކާ އެއްކޮށް ޕްރޮވޭޑްކުރެވޭނެ ކަހަލަ ގޮތަކަށް މަސައްކަތްކުރަމުން މިދަނީ. ދެން މިހާރު އެ ޓައިމްލައިނަކީ އަނެއް ދިރާގުން އައި މަސައްކަތް އަޅުގަނޑުމެންނަށް ނިންމާލަދޭނެ. ކުރިއަށް އޮތް އޯލް 32 ޓަރވަރސް އަށް ނިންމާލަދޭނެ ކަމަށް މި ލަފާ ކުރަނީ ކުރިއަށް އޮތް ތިން މަސްދުވަސް ތެރޭގައި. އެކަމަކު ދޭއަރ ގިވިން އެޝުއަރެންސް ވާހަކައަކީ އެއަށްވުރެ ވެސް އަވަސްވާނެ ކަމަށް. 
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް

ހަމްދާން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ގާއިމް ކުރުމަށް މަސައްކަތް ކުރާ ކަމަށާއި، ޚިދުމަތް ދިނުމަށްޓަކައި މަސައްކަތް ކުރާ ސްޕީޑް ވެސް ރަނގަޅު ކަމަށެވެ. 

ހަމްދާން މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ދިރާސީ އައު އަހަރަށް ކިޔަވަން ފެށުނު އިރު އާއިލާތަކުން ފްލެޓުތަކަށް ދިރިއުޅުން ވަނީ ބަދަލުކުރަން ފަށާފަ އެވެ. މިހާރު ގިނަ ބަޔަކު އެ ސަރަހައްދުގައި ދިރިއުޅުނު ނަމަވެސް މިއަދާ ހަމައަށް ކޭބަލް އާއި އިންޓަނެޓްގެ ޚިދުމަތް ނުލިބޭތީ ގިނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ގެދޮރުވެރިޔާފަހި ދިރިއުޅުން ކޯޕަރޭޝަންހަމްދާން ޝަކީލްއިންޓަރނެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ގެދޮރުވެރިޔާ ޓަވަރުތައް ކައިރީގައި ޖަމާކުރާ ކުނިފުނިތައް ނެގުމަކީ އެފްޑީސީން ކުރަން ޖެހޭ މަސައްކަތެއް ނޫން، ނަމަވެސް ކޮންމެ ދެހަފްތާއިން އެއް ހަފްތާއިން މިދަނީ ކުނި ނަގަމުން: ހަމްދާން

ގެދޮރުވެރިޔާ ޓަވަރުތައް ކައިރީގައި ޖަމާކުރާ ކުނިފުނިތައް ނެގުމަކީ އެފްޑީސީން ކުރަން ޖެހޭ މަސައްކަތެއް ނޫން، ނަމަވެސް ކޮންމެ ދެހަފްތާއިން އެއް ހަފްތާއިން މިދަނީ ކުނި ނަގަމުން: ހަމްދާން

23 އެޕްރީލު 2026
އިސްތިއުފާއަށް ގޮވާލާ މުޒާހަރާކުރި ނަމަވެސް ފްލެޓުގެ ކުއްޔަށް އިތުރު ލުޔެއް ދިނުމުގެ ވިސްނުމެއް ނެތް: ހަމްދާން

އިސްތިއުފާއަށް ގޮވާލާ މުޒާހަރާކުރި ނަމަވެސް ފްލެޓުގެ ކުއްޔަށް އިތުރު ލުޔެއް ދިނުމުގެ ވިސްނުމެއް ނެތް: ހަމްދާން

02 އެޕްރީލު 2026
4000 ހައުސިންގ ޔުނިޓޫގެ ކުލި ކުޑަކުރުމަށާއި، ކުލި ނެގުން ފަސް ކުރުމަށް ފަހި ޔޫނިއަނުން ގޮވާލައިފި

4000 ހައުސިންގ ޔުނިޓޫގެ ކުލި ކުޑަކުރުމަށާއި، ކުލި ނެގުން ފަސް ކުރުމަށް ފަހި ޔޫނިއަނުން ގޮވާލައިފި

01 އެޕްރީލު 2026
ފަހިދިރިއުޅުމުގެ ފްލެޓްތައް ސަރުކާރުން އާއްމުންނަށް ދިނީ، ހިތާދޫ ދެރަ ސޮރަށް ގެރި ދިން ގޮތަށް: ސޮބާހު

ފަހިދިރިއުޅުމުގެ ފްލެޓްތައް ސަރުކާރުން އާއްމުންނަށް ދިނީ، ހިތާދޫ ދެރަ ސޮރަށް ގެރި ދިން ގޮތަށް: ސޮބާހު

27 ފެބުރުއަރީ 2026
އެފްޑީސީގެ ޗެއާޕާސަން ނަޝްވާ، މަގާމުން ވަކިކޮށްފި

އެފްޑީސީގެ ޗެއާޕާސަން ނަޝްވާ، މަގާމުން ވަކިކޮށްފި

26 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު