Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލަކުޑި ޖެޓީ

ބާޖެއް ގާތްކުރަން އުޅުމުގެ ތެރޭގައި ބޮޑެތި ގެއްލުންތަކެއް ލިބި، ހުޅުމާލެ ލަކުޑި ޖެޓީ ބަންދުކޮށްފި

26 މެއި 2026 | އަންގާރަ 13:54

މުދާ އުފުލާ ބާޖެއް ކައިރިކުރަން އުޅުމުގެ ތެރޭގައި ހުޅުމާލޭ ލަކުޑި ޖެޓީގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެތަން ބޭނުންކުރުން އެޗްޑީސީން ވަގުތީ ގޮތުން މަނާކޮށްފި. ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޖެޓީ ބަންދުކުރީ މަރާމާތުގެ މަސައްކަތްތައް ނިމެންދެން ކަމަށް. ސަފާރީތަކާއި ރިސޯޓު ލޯންޗުތައް ގިނަ އަދަދަކަށް ބޭނުންކުރާ މި ޖެޓީ އަލުން ހުޅުވުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓުތައް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 26 މެއި 2026 | އަންގާރަ 13:54
ހުޅުމާލެ ލަކުޑި ޖެޓީ

ހުޅުމާލެ ލަކުޑި ޖެޓީ | ސޯޝަލް މީޑިއާ

ހުޅުމާލެ ލަކުޑި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އަންގާރަ ދުވަހުން ފެށިގެން އެ ޖެޓީ ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފި އެވެ.

އެޗްޑީސީން ބުނީ މި ޖެޓީއަށް ގެއްލުން ލިބުނީ އެ ސަރަހައްދަށް މުދާ އުފުލާ ބާޖެއް ގާތްކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. މި ހާދިސާގައި ޖެޓީގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، މިވަގުތު އެތަން ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ، ބާޖު ޖެހުމުގެ ސަބަބުން ޖެޓީގެ އޮނިގަނޑަށް ލިބިފައިވާ ގެއްލުންތަކަކީ ބޮޑެތި ގެއްލުންތަކެއް ކަމަށާއި، އެހެންވެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޖެޓީ ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. ޖެޓީ މަރާމާތުކޮށް ނިމެންދެން، ވަކި މުއްދަތެއް ނެތް ގޮތަށް ޖެޓީ ބަންދުކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ، ޖެޓީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދަންޖެހޭ ހުރިހާ އެސެސްމަންޓުތައް ހަދައި، މަރާމާތުގެ މަސައްކަތް ނިންމައި އެތަން އަލުން ހުޅުވަންދެން އެތަނަށް އެރުމާއި ބޭނުންކުރުން މަނާވާނެ ކަމަށެވެ. 

ހުޅުމާލޭ ލަކުޑި ޖެޓީއަކީ އާންމުކޮށް ސަފާރީތަކުން އަންނަ ފަތުރުވެރިންނާއި، ހުޅުމާލޭ ބަނދަރުން ފުރާ ދަތުރުވެރިން ގިނަ އަދަދަކަށް ބޭނުންކުރަމުން އަންނަ މުހިންމު ސަރަހައްދެކެވެ. ހުޅުމާލެ ފެރީ ޓާމިނަލާއި އިންވެގެން ހިއްނަ މި ޖެޓީ ރިސޯޓުތަކުން އަންނަ ގިނަ އަދަދެއްގެ ލޯންޗުތައް ކައިރިކުރުމަށް ވެސް ބޭނުންކުރެ އެވެ.

ޖެޓީ އަށް ގެއްލުން ލިބުނު ހާދިސާގެ ތަފްސީލު އެޗްޑީސީ އިން އަދި ހާމައެއް ނުކުރެ އެވެ.

ހުޅުމާލެ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ލަކުޑި ޖެޓީހުޅުމާލެ ފެރީ ޓާމިނަލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

26 މެއި 2026

ރަސްމާލެ މަޝްރޫއު އަކީ ދައުލަތުގެ އާމްދަނީ އިން ވައްކަން ކުރަން ޖަހާ ސަކަރާތެއް: މައުރޫފް

26 މެއި 2026
ރަސްމާލެ މަޝްރޫއު އަކީ ދައުލަތުގެ އާމްދަނީ އިން ވައްކަން ކުރަން ޖަހާ ސަކަރާތެއް: މައުރޫފް
25 މެއި 2026

ހުޅުމާލޭ މަގުމަތިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއެކު ހައްޔަރުކުރި ބަންގްލަދޭޝް ދެ މީހުން ޑީޕޯޓް ކުރަނީ

25 މެއި 2026
ހުޅުމާލޭ މަގުމަތިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއެކު ހައްޔަރުކުރި ބަންގްލަދޭޝް ދެ މީހުން ޑީޕޯޓް ކުރަނީ
25 މެއި 2026

ހުޅުމާލެގައި ކޮވިޑް-19 ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް، ޖަލުގެ ޔުނިޓަކަށް ބަދަލުކޮށް ގައިދީން އެތަނަށް ބަދަލުކޮށްފި

25 މެއި 2026
ހުޅުމާލެގައި ކޮވިޑް-19 ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް، ޖަލުގެ ޔުނިޓަކަށް ބަދަލުކޮށް ގައިދީން އެތަނަށް ބަދަލުކޮށްފި
23 މެއި 2026

ހުޅުމާލެ އަމާން ދޯދިތަކުގެ ބައެއް ޓަވަރުތަކަށް ފެން ބިލު ނުލިބޭތާ 3 މަހަށް ވުރެ ގިނަ ދުވަސް!

23 މެއި 2026
ހުޅުމާލެ އަމާން ދޯދިތަކުގެ ބައެއް ޓަވަރުތަކަށް ފެން ބިލު ނުލިބޭތާ 3 މަހަށް ވުރެ ގިނަ ދުވަސް!
22 މެއި 2026

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

22 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ
22 މެއި 2026

ހުޅުމާލެ ފަޅުތެރެއަށް ފޭބިތަނުން ގެއްލުނު މީހާ ނިޔާވެފައި އޮތްވާ ފެނިއްޖެ

22 މެއި 2026
ހުޅުމާލެ ފަޅުތެރެއަށް ފޭބިތަނުން ގެއްލުނު މީހާ ނިޔާވެފައި އޮތްވާ ފެނިއްޖެ
17 މެއި 2026

ހުޅުމާލެ ހިމެނޭހެން މާލެސިޓީގެ އިހުތިސާސް ސިޓީ ކައުންސިލަށް ދޫކޮށްލުމަށް މޭޔަރު އާޒިމް ސަރުކާރަށް ގޮވާލައްވައިފި

17 މެއި 2026
ހުޅުމާލެ ހިމެނޭހެން މާލެސިޓީގެ އިހުތިސާސް ސިޓީ ކައުންސިލަށް ދޫކޮށްލުމަށް މޭޔަރު އާޒިމް ސަރުކާރަށް ގޮވާލައްވައިފި
13 މެއި 2026

ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި ޕިކަޕެއް ދަށުވެ މީހަކު މަރުވެއްޖެ

13 މެއި 2026
ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި ޕިކަޕެއް ދަށުވެ މީހަކު މަރުވެއްޖެ
12 މެއި 2026

ހިޔާ ޓަވަރު 5 ގަ ލިފްޓް ބެހެއްޓުމުގެ މަސައްކަތް ކުރި އިރު ގާ ކުނޑި އެޅި ސަހަރައްދު މިހާރު ބޮޑު ގޮނޑަކަށް، އާންމުންގެ ޝަކުވާ އިންތިހާއަށް

12 މެއި 2026
ހިޔާ ޓަވަރު 5 ގަ ލިފްޓް ބެހެއްޓުމުގެ މަސައްކަތް ކުރި އިރު ގާ ކުނޑި އެޅި ސަހަރައްދު މިހާރު ބޮޑު ގޮނޑަކަށް، އާންމުންގެ ޝަކުވާ އިންތިހާއަށް
11 މެއި 2026

ރައްޔިތުންގެ ޝަކުވާތަކަށް "އެޓެންޑް" ވާނެ ކަމަށް ވިދާޅުވުމަށް ފަހު، އެކަން ނުކުރައްވާ އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަން ރައީސް އިއުލާނު ކުރައްވައިފި

11 މެއި 2026
ރައްޔިތުންގެ ޝަކުވާތަކަށް "އެޓެންޑް" ވާނެ ކަމަށް ވިދާޅުވުމަށް ފަހު، އެކަން ނުކުރައްވާ އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަން ރައީސް އިއުލާނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް