Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ހިޔާ ޓަވަރު ކުނި

ހިޔާ ޓަވަރު 5 ގަ ލިފްޓް ބެހެއްޓުމުގެ މަސައްކަތް ކުރި އިރު ގާ ކުނޑި އެޅި ސަހަރައްދު މިހާރު ބޮޑު ގޮނޑަކަށް، އާންމުންގެ ޝަކުވާ އިންތިހާއަށް

12 މެއި 2026 | އަންގާރަ 17:37

ހިޔާ ފްލެޓްގެ ފަސްވަނަ ޓަވަރުގައި އަލަށް ބެހެއްޓި ލިފްޓް ސަރަހައްދުގައި ހުރި ގާކުނޑިތައް ނުނަގައި ގިނަދުވަސްވުމުން އެތަން ކުނިގޮނޑަކަށް ބަދަލުވެ، އާންމުންނަށް ބޮޑެތި އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ. މެއިންޓެނެންސް ފީގެ ގޮތުގައި ބޮޑު އާމްދަނީ އެއް އެޗްޑީސީ އަށް ލިބޭއިރު، މި މައްސަލަ ހައްލުނުވެ ދިގުލައިގެންދާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އެ ސަރަހައްދު ސާފުކުރާނެ ސީދާ ތާރީޚެއް އެ ކޯޕަރޭޝަނުން ހާމައެއް ނުކުރޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 12 މެއި 2026 | އަންގާރަ 17:37
ހިޔާ ޓަވަރު 5 ގެ ލިފްޓް ކުރިމަތި ވަނީ ކުނި ގޮނޑަކަށް ވެފަ.

ހިޔާ ޓަވަރު 5 ގެ ލިފްޓް ކުރިމަތި ވަނީ ކުނި ގޮނޑަކަށް ވެފަ. | ރާއްޖެ އެމްވީ

ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓްތަކުގެ ތެރެއިން ފަސްވަނަ ޓަވަރުގައި އަލަށް ބެހެއްޓި ލިފްޓް ސަރަހައްދުގައި ހުރި ގާކުނޑިތަކެއް ނުނަގައި ގިނަ ދުވަސްވުމުގެ ސަބަބުން، އެ ސަރަހައްދު ބޮޑު ކުނިގޮނޑަކަށް ބަދަލުވެފައިވާ ކަމުގެ ޝަކުވާ އާންމުން ކުރަން ފަށައިފި އެވެ.

މި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ސަރަހައްދުގައި ކުނި ގިނަވާން މެދުވެރިވީ ލިފްޓް ބެހެއްޓުމުގެ މަސައްކަތް ކުރިއިރު އެތަނަށް އުކާލާފައި ހުރި ގާފުނިތައް ނުނަގައި ހުރުމުންނެވެ. އެ ގާފުނިތައް ހުރި ދިމާލަށް އާންމުން ކުނި އަޅަމުން ގޮސް، މިހާރު އެތަން އޮތީ ލިފްޓްގެ ދޮރުމައްޗަށް އަރާ ވަރަށް ކުނިން ފުރިފަ އެވެ. މިއީ އިންސާނުން ވަދެ ނިކުމެ ހަދާ ތަނަކަށް ވާއިރު، މިކަމުގެ ސަބަބުން ދިރިއުޅޭ މީހުންނަށް ބޮޑެތި އުނދަގޫތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

Advertisement - newsAdvertisement

އެ ޓަވަރުގައި ދިރިއުޅޭ ރައްޔިތުން ފާހަގަކުރާ ގޮތުގައި، ކޮންމެ އެޕާޓްމެންޓަކުން މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1,000 ރުފިޔާ ދައްކައެވެ. ޖުމްލަ 6,000 ފްލެޓުން ބޮޑު އާމްދަނީ އެޗްޑީސީ އަށް ލިބޭއިރު، މިފަދަ އަސާސީ ކަންކަން ހައްލުނުވެ ދިގުލައިގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެފަރާތްތަކުން ބުނެއެވެ.

އެތަނުގައި ހުރި ގާފުނި ހުރީތީވެ މީހުން އެތަނަށް ކުނިއަޅަން ފެށީ. މިހާރު އެހެރީ ލިފްޓް ދޮރުމައްޗާ އެއްކޮށް ކުނިން ފުރިފަ. ދެން ބުނާނެ މިސާލަކަށް މީހުން ކުނިއަޅަނީ ނޫންހޭ.  އޯކޭ ކުނި އަޅައިގެން ނުވާނެ. އެކަމަކު އެ ޓަވަރުގައި އުޅޭ ހުރިހާ އެންމެނެއް  އެތަނަށް ކުންޔެއް ނާޅާނެ ނޫންތޯ. ދެން މިސާލަކަށް އެހެން ބަޔަކު އެޅީއޯ. ދެން އުޅޭ ބަޔަކު ހަމަ އެހެން ބަޔަކު ކުނި އެޅީތީއޭ ކިޔާފައި އެ ކުނިގަނޑުގެ ތެރޭގަ އުޅޭކަށް ނުޖެހޭނެ. މިސާލަކަށް ބަޔަކު ކުނި އަޅަނީ. ދެން އެކަން ބަލަހައްޓަން ވީނޫންތޯ. ކުނި އަޅާ މީހުން ޖޫރިމަނާ ކުރަންވީނޫންތޯ. ތަން ބަލަހައްޓަނީކީ ވެސް ނޫން. ސެކިއުރިޓީ ވެސް ބަލަހައްޓަނީ ކީނޫން. ސާފެއް ކުރަނީކީ ނޫން. ދެން ކީއްކުރަން ނަގާ މެއިންޓެނެންސް ފީއެއް.
ކަންބޮޑުވުން ފާޅުކުރި ރައްޔިތެއް

މި މައްސަލައިގެ ޝަކުވާ އެތައް މަހެއް ކުރިން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުށަހަޅާފައިވާ ކަމަށްވެސް ރައްޔިތުން ބުނެ އެވެ. ނަމަވެސް މިހާތަނަށް އެ ސަރަހައްދު ސާފުކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ، ގިނަ ބަޔަކު ދެކެނީ އެޗްޑީސީ އޮތީ މިކަމުގައި "ގަދަ ނިދީގައި" ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެޗްޑީސީ އިން ބުނީ، އެ ސަރަހައްދުގެ މައުލޫމާތު ކުރިންވެސް ލިބިފައިވާ ކަމަށާއި، މިހާރު އެ މައްސަލަ ކަމާބެހޭ ޑިޕާޓްމެންޓުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ ސަރަހައްދު ސާފުކޮށް ނިމޭނެ ސީދާ ތާރީޚެއް އެ ކޯޕަރޭޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

ހިޔާ ފްލެޓްހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ކުނި ފަރުބަދަ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

25 އެޕްރީލު 2026

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިފައި ވަނީ މަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް ކޭބަލް އަށް ގެއްލުން ވެގެން

25 އެޕްރީލު 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިފައި ވަނީ މަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް ކޭބަލް އަށް ގެއްލުން ވެގެން
09 އެޕްރީލު 2026

އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރަނީ

09 އެޕްރީލު 2026
އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރަނީ
06 އެޕްރީލު 2026

އެޗްޑީސީގެ ޑީއެމްޑީގެ މަގާމުން އަސްބާހު ވަކިކޮށްފި

06 އެޕްރީލު 2026
އެޗްޑީސީގެ ޑީއެމްޑީގެ މަގާމުން އަސްބާހު ވަކިކޮށްފި
02 އެޕްރީލު 2026

އިންތިޚާބާއި ދިމާކޮށް 2000 ހައުސިންގ ޔުނިޓުގެ ނަމުގައި ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި ކަޑައެއް ޖަހައިފި

02 އެޕްރީލު 2026
އިންތިޚާބާއި ދިމާކޮށް 2000 ހައުސިންގ ޔުނިޓުގެ ނަމުގައި ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި ކަޑައެއް ޖަހައިފި
01 އެޕްރީލު 2026

ކުޅުދުއްފުށީގައި އަޅާ 2000 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް މޭޔަރ ޢާޠިފް އަށް ދިން ދައުވަތު އެޗްޑީސީން އަނބުރާ ގެންގޮސްފި

01 އެޕްރީލު 2026
ކުޅުދުއްފުށީގައި އަޅާ 2000 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް މޭޔަރ ޢާޠިފް އަށް ދިން ދައުވަތު އެޗްޑީސީން އަނބުރާ ގެންގޮސްފި
31 މާރިޗު 2026

ހިޔާ ފްލެޓުގެ ކުލި 5،300 ރުފިޔާ އަށް ބޮޑުކޮށްފި

31 މާރިޗު 2026
ހިޔާ ފްލެޓުގެ ކުލި 5،300 ރުފިޔާ އަށް ބޮޑުކޮށްފި
30 މާރިޗު 2026

އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

30 މާރިޗު 2026
އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި
25 މާރިޗު 2026

ވިނަރެސް ފްލެޓުތައް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ އެޗްޑީސީގެ ކުރިމަތީގައި މުޒާހަރާ ކޮށްފި

25 މާރިޗު 2026
ވިނަރެސް ފްލެޓުތައް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ އެޗްޑީސީގެ ކުރިމަތީގައި މުޒާހަރާ ކޮށްފި
18 މާރިޗު 2026

ހުޅުމާލޭގެ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް: އެ އާއިލާއަށް 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

18 މާރިޗު 2026
ހުޅުމާލޭގެ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް: އެ އާއިލާއަށް 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި
11 މާރިޗު 2026

ހިޔާ ފްލެޓު ޓަވަރު 2 ގެ ލިފްޓަށް މައްސަލަ ދިމާވާތާ އެތައް ދުވަހެއް، ބައެއް ފަހަރު ހުޅުވެނީ ހަމައެކަނި މަތީ ފްލޯއަކުން މީހަކު ތިރިއަށް އަންނަނަމަ!

11 މާރިޗު 2026
ހިޔާ ފްލެޓު ޓަވަރު 2 ގެ ލިފްޓަށް މައްސަލަ ދިމާވާތާ އެތައް ދުވަހެއް، ބައެއް ފަހަރު ހުޅުވެނީ ހަމައެކަނި މަތީ ފްލޯއަކުން މީހަކު ތިރިއަށް އަންނަނަމަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް