Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑަބްލިޔުއެސްސީ

ހުޅުމާލެ އަމާން ދޯދިތަކުގެ ބައެއް ޓަވަރުތަކަށް ފެން ބިލު ނުލިބޭތާ 3 މަހަށް ވުރެ ގިނަ ދުވަސް!

23 މެއި 2026 | ހޮނިހިރު 12:14

ހުޅުމާލެ އަމާންދޯދި ޓަވަރުތަކަށް ފެންބިލު ނުލިބޭތާ ތިން މަސްވެފައިވާތީ އެ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައި. އެމްޑަބްލިޔުއެސްސީން މި މައްސަލަ ބަލަމުންދާ ކަމަށް ބުނި ނަމަވެސް، ގިނަ މަސްތަކެއްގެ ބިލު އެއްފަހަރާ ދައްކަން ޖެހުމުން ކުރިމަތިވާނެ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އާންމުން ދަނީ އެދެމުން. މި މައްސަލައާ ގުޅިގެން އެ ކުންފުނިން ބުނީ ރަސްމީކޮށް ޝަކުވާއެއް ލިބިފައިވާކަން އެނގިފައި ނުވި ނަމަވެސް، މިފަދަ ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 23 މެއި 2026 | ހޮނިހިރު 12:14
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާ ކޮށްފައިވާ ޓަވަރުތަކެއް. ގިނަ ބަޔަކު މިހާރު ދަނީ މިޓަރުވަރުތަކުގައި ދިރިއުޅެމުން.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާ ކޮށްފައިވާ ޓަވަރުތަކެއް. ގިނަ ބަޔަކު މިހާރު ދަނީ މިޓަރުވަރުތަކުގައި ދިރިއުޅެމުން. | ރާއްޖެ އެމްވީ

ހުޅުމާލެ އަމާން ދޯދިތަކުގެ ބައެއް ޓަވަރުތަކަށް ފެން ބިލު ނުލިބޭތާ 3 މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން އަމާން ދޯދި ޓަވަރު 5 އަދި 7 ގައި ދިރިއުޅޭ މީހުން ބުނީ، ފެން ބިލު ނުލިބޭތާ މިހާރު 3 މަސް ވެފައިވާ ކަމަށާއި، އެކަމާއި ވަރަށް ކަންބޮޑުވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެމްޑަބްލިޔުއެސްސީއަށް ގުޅައި ޝަކުވާ ކުރާތާ އެތައް ދުވަހެއްވެފައިވާކަން ފާހަގަކޮށް އެމީހުން ބުނީ، އެ މައްސަލަ ބަލަމުންދާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނަމުންދާ ކަމަށެވެ. އަދި މިހާރު ބިލްތައް ޕްރޮސަސް ކުރަމުންދާ ކަަމަށް ބުނެފައިވާ ކަަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ބިލުތައް ނުލިބޭ ކަމަށް އެމީހުން ބުންޏެވެ. 

މީގެ އިތުރުން އެމީހުން ބުނީ، 3 މަހުގެ ބިލު ނުލިބި ދިޔައީ އެމްޑަބްލިޔުއެސްސީގެ މައްސަލައަކުން ކަމަށާއި، 3 މަހުގެ ބިލް އެއްފަހަރާ ދައްކަން ޖެހުމުން ވަރަށް ދަތިވާނެ ކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށާއި، ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް އެމީހުން ބުންޏެވެ. 

މި މައްސަލައާ ގުޅިގެން ފަށާއިރު ޕްރޮގްރާމްގެ ތެރެއިން އެމްޑަބްލިޔުއެސްސީއަށް ގުޅުމުން އޮފިޝަލް ވިދާޅުވީ މިފަދަ މައްސަލައެއް އުޅޭ ކަމަށްވާނަމަ އެމްޑަބްލިޔުއެސްސީ އެކަމަށް އެޓެންޑްވާނެ ކަމަށާއި، އަދި މިހާތަނަށް މިފަދަ މައްސަލައެއް ރަސްމީކޮށް ހުށަހަޅާފައިވާކަން ނޭނގޭ ކަމަށެވެ. 

ހުޅުމާލެ އަމާން ދޯދިތަކުގެ ބައެއް ޓަވަރުތަކަށް ފެން ބިލު ނުލިބޭތާ 3 މަހަށް ވުރެ ގިނަ ދުވަސްވީ މައްސަލަތަކެއް ފެންމަތިވިއިރު، ރަމަޟާން މަހުގެ ފަހުން އާދަޔާ ހިލާފަށް ފެން ބިލާއި ކަރަންޓު ބިލު ބޮޑު ކަމަށް ބުނެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ. 

ހުޅުމާލެ އަމާން ދޯދިއެމްޑަބްލިޔުއެސްސީ

އިތުރަށް ކިޔާލަން

22 މެއި 2026

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

22 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ
22 މެއި 2026

ހުޅުމާލެ ފަޅުތެރެއަށް ފޭބިތަނުން ގެއްލުނު މީހާ ނިޔާވެފައި އޮތްވާ ފެނިއްޖެ

22 މެއި 2026
ހުޅުމާލެ ފަޅުތެރެއަށް ފޭބިތަނުން ގެއްލުނު މީހާ ނިޔާވެފައި އޮތްވާ ފެނިއްޖެ
17 މެއި 2026

ހުޅުމާލެ ހިމެނޭހެން މާލެސިޓީގެ އިހުތިސާސް ސިޓީ ކައުންސިލަށް ދޫކޮށްލުމަށް މޭޔަރު އާޒިމް ސަރުކާރަށް ގޮވާލައްވައިފި

17 މެއި 2026
ހުޅުމާލެ ހިމެނޭހެން މާލެސިޓީގެ އިހުތިސާސް ސިޓީ ކައުންސިލަށް ދޫކޮށްލުމަށް މޭޔަރު އާޒިމް ސަރުކާރަށް ގޮވާލައްވައިފި
13 މެއި 2026

ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި ޕިކަޕެއް ދަށުވެ މީހަކު މަރުވެއްޖެ

13 މެއި 2026
ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި ޕިކަޕެއް ދަށުވެ މީހަކު މަރުވެއްޖެ
11 މެއި 2026

ރައްޔިތުންގެ ޝަކުވާތަކަށް "އެޓެންޑް" ވާނެ ކަމަށް ވިދާޅުވުމަށް ފަހު، އެކަން ނުކުރައްވާ އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަން ރައީސް އިއުލާނު ކުރައްވައިފި

11 މެއި 2026
ރައްޔިތުންގެ ޝަކުވާތަކަށް "އެޓެންޑް" ވާނެ ކަމަށް ވިދާޅުވުމަށް ފަހު، އެކަން ނުކުރައްވާ އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަން ރައީސް އިއުލާނު ކުރައްވައިފި
10 މެއި 2026

އިތުރުވަމުންދާ ޑިމާންޑާއެކު އުފަންވެލި ފިހާރަތަކަށް ބްރައުން އެގްސް ގެ އައު ޝިޕްމަންޓެއް!

10 މެއި 2026
އިތުރުވަމުންދާ ޑިމާންޑާއެކު އުފަންވެލި ފިހާރަތަކަށް ބްރައުން އެގްސް ގެ އައު ޝިޕްމަންޓެއް!
10 މެއި 2026

ރައީސް މުއިއްޒުގެ ސަރުކާރަށް ހުޅުމާލެ އަދި ގިރާވަރުފަޅުގައި އިމާރާތް ކުރާނެ ފްލެޓުގެ އަދަދު މިހާތަނަށް ކަނޑައެޅިފައިނުވޭ: ހައުސިންގ މިނިސްޓްރީ

10 މެއި 2026
ރައީސް މުއިއްޒުގެ ސަރުކާރަށް ހުޅުމާލެ އަދި ގިރާވަރުފަޅުގައި އިމާރާތް ކުރާނެ ފްލެޓުގެ އަދަދު މިހާތަނަށް ކަނޑައެޅިފައިނުވޭ: ހައުސިންގ މިނިސްޓްރީ
07 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފި

07 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފި
06 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދިއްޖެ

06 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދިއްޖެ
06 މެއި 2026

ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ

06 މެއި 2026
 ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް