Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުދަރެސް

އުދަރެސް 11 ވަނަ ޓަވަރާ ދިމާލުން ބޭރުގައި އޮންނަ ހުސް ބިން ނުއަގުގައި ވިއްކާލި ކަމުގެ ތުހުމަތު، ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާތީ ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި!

"އުދަރެސް" ޓަވަރުތަކާ އިންވެގެން އޮތް ހުސްބިންތަކުގައި ކުއްލި ގޮތަކަށް އިމާރާތްކުރަން ފެށުމުން، އެ ސަރަހައްދުގެ ވެންޓިލޭޝަން ގެއްލި ހިތްފަސޭހަކަން ކުޑަވެދާނެތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. ކުރިން ގްރީން އޭރިއާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ބިންތައް ނުއަގުގައި ވިއްކާލާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، އެޗްޑީސީ އާއި އެފްޑީސީން މިކަމާ ގުޅޭ ސާފު މައުލޫމާތެއް ހިއްސާނުކުރާ ކަމަށް އެޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 31 މެއި 2026 | އާދީއްތަ 08:36
އުދަރެސް 11 ވަނަ ޓަވަރާ ދިމާލުން ބޭރުގައި އޮންނަ ހުސް ބިމުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަނީ.

އުދަރެސް 11 ވަނަ ޓަވަރާ ދިމާލުން ބޭރުގައި އޮންނަ ހުސް ބިމުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަނީ. | ރާއްޖެއެމްވީ

ފަހި ފްލެޓުތަކުގެ އުދަރެސް 11 ވަނަ ޓަވަރާ ދިމާލުން ބޭރުގައި އޮންނަ ހުސް ބިން ކުއްލި ގޮތަކަށް ބަންދުކޮށް ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ކުރަމުންދާތީ، އެ ޓަވަރުގައި ދިރިއުޅޭ ރައްޔިތުން ކަންބޮޑުވުންފާޅު ކުރަން ފަށައިފި އެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ދިން އުދަރެސް 11 ގައި ދިރިއުޅޭ އާއްމު މީހަކު ބުނީ، އުދަރެސް 11 ވަނަ ޓަވަރުގެ ނިރޮޅުމަގާ ދިމާލަށް އޮންނަ ހުސް ބިމަކީ ގްރީން އޭރިޔާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިމެއް ކަމަށް ފްލެޓުތައް ބަލަހައްޓަމުންދާ ފަހި ދިރިއުޅުން ކޯޕްރޭޝަން (އެފްޑީސީ) އިން މީގެ ކުރިން މައުލޫމާތު ދީފައިވާ ކަމަށެވެ. އެ ބިމަކީ އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮންނަ ބިމެއް ކަމަށާއި، އެބިން ހިތްފަސޭހަ މައިދާނެއްގެ ގޮތުގައި ތަރައްގީ ކުރާނެ ކަމަށް މައުލޫމާތު ދިން ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ކުއްލި އަކަށް އެ ބިން ބަންދުކޮށް، މިހާރު ކޮންސްޓްރަކްޝަން މަސައްކަތް ފަށާފައިވާ ކަމަށާއި، އެބިމުގައި 4 ނުވަތަ 10 ބުރީގެ އިމާރާތެއް އަޅަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި އެބިން ނުއަގުގައި ވިއްކާލާފައިވާ ކަމަށް ވެސް ގިނަ ބަޔަކު ތުހުމާތު ކުރާ ކަމަށް އެމީހާ ބުންޏެވެ. 

މީގެ އިތުރުން އޭނާ ބުނީ، އެބިމުގައި އިމާރާތެއް އެޅުމުން ފްލެޓުގައި ދިރިއުޅޭ މީހުންނަށް ވަރަށް ދަތިވާނެ ކަމަށާއި، އުދަރެސްގެ 11 އަދި 12 ޓަވަރުގެ ފްލެޓުތަކުގެ ވެންޓިލޭޝަނާއި، ވިޔު ވެސް ގެއްލޭނެ ކަމަށެވެ. އަދި ސޯޝަލް ހައުސިން ޔުނިޓަށް މީހުން ދިރިއުޅުން ބަދަލު ކުރަނީ ހިތްފަސޭހަ ހަމަޖެހޭ ދިރިއުޅުމެއް ބޭނުންވާތީ ކަމަށާއި، ނަމަވެސް މިކަމުގެ ސަބަބުން އެ އުފާވެރިކަން ގެއްލޭ ކަމަށް އޭނާ ބުންޏެވެ. 

އުދަރެސް 11 ވަނަ ޓަވަރާ ދިމާލުން ބޭރުގައި އޮންނަ ހުސް ބިމުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަނީ.
އުދަރެސް 11 ވަނަ ޓަވަރާ ދިމާލުން ބޭރުގައި އޮންނަ ހުސް ބިމުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަނީ.
އުދަރެސް 11 ވަނަ ޓަވަރާ ދިމާލުން ބޭރުގައި އޮންނަ ހުސް ބިމުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަނީ.
އުދަރެސް 11 ވަނަ ޓަވަރާ ދިމާލުން ބޭރުގައި އޮންނަ ހުސް ބިމުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަނީ.

މިއީ ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުމެއްކަން ފާހަގަކޮށް އެމީހާ ބުނީ، އެފްޑީސީ އަށް އަދި އެޗްޑީސީއަށް ޝަކުވާ ހުށަހެޅި ނަމަވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. އަދި ގިނަ ބަޔަކު އީމެއިލް ވެސް ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި، ވާނުވާ ނޭނގޭ ކަމަށް އޭނާ ބުންޏެވެ. 

މީގެ އިތުރުން އެމީހާ ބުނީ، އާމާން ދޯދި ޓަވަރުތަކުގެ ތެރެއިން 16 ވަނަ ޓަވަރާ އިން ވެގެން އޮތް ހުސް ބިން ވެސް ވިއްކާލި ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އެ ބިން ވެސް ބަންދުކޮށް ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުންދާ ކަމަށާއި، މި ބިމާ ގުޅޭ މައުލޫމާތު ވެސް ކަމާގުޅުން ހުރި އެއްވެސް ކޯޕްރޭޝަނަކުން ނުވަތަ ކުންފުންޏަކުން ސާފުކޮށްދީފައިނުވާ ކަމަށެވެ. 

ގެދޮރުވެރިޔާ ސްކީމުން އިމާރާތް ކުރި މިޓަވަރުތަކުގެ ސަރަހައްދުގައި ހުރި ބިންތައް މިގޮތަށް ވިއްކާ އިތުރު އިމާރާތްތައް އަޅާނަމަ މި ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހިތްހަމަ ޖައްސާލުމަށް ނުކުމެ ތިބޭނެ ޕާކެއް ހިތްފަސޭހަ މައިދާނެއް ނޯންނާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. 

ނަމަވެސް މި މައްސަލައާ ގުޅޭގޮތުން އެޗްޑީސީ އަދި އެފްޑީސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އުދަރެސްފަހި ދިރިއުޅުން ކޯޕަރޭޝަންއެޗްޑީސީއާމާން ދޯދިގެދޮރުވެރިޔާ ސްކީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ

ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ

31 މެއި 2026
4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދޭނެކަން މިހާތަނަށް ވެސް ފްލެޓްވެރިންނަށް އަންގާފައި ނުވޭ

4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދޭނެކަން މިހާތަނަށް ވެސް ފްލެޓްވެރިންނަށް އަންގާފައި ނުވޭ

29 މެއި 2026
4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދިނުމަށް ހައުސިން މިނިސްޓްރީ އިން ސިޓީ ފޮނުވީ ވަޒީރު މަޖިލީހަށް ހާޒިރުކުރުމުގެ ދުވަސްކޮޅެއް ކުރިން ޕްރެޝަރ ބޮޑުވެގެން

4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދިނުމަށް ހައުސިން މިނިސްޓްރީ އިން ސިޓީ ފޮނުވީ ވަޒީރު މަޖިލީހަށް ހާޒިރުކުރުމުގެ ދުވަސްކޮޅެއް ކުރިން ޕްރެޝަރ ބޮޑުވެގެން

25 މެއި 2026
ހިރިމަރަދޫ ރައްޔިތުންނަށް ހަނިމަދޫގައި ގެ އަޅާ ސަރަހައްދު އެޗްޑީސީ އިން ސާފުކުރުމުގެ ތެރެއިން، ކައުންސިލަށް އެންގުމެެއް ނެތި ހަނިމާދޫ ދަނޑުވެރިންގެ އެތަކެއް ހާސް ރުއްގަހެއް މުލުން ލުހެލައިފި

ހިރިމަރަދޫ ރައްޔިތުންނަށް ހަނިމަދޫގައި ގެ އަޅާ ސަރަހައްދު އެޗްޑީސީ އިން ސާފުކުރުމުގެ ތެރެއިން، ކައުންސިލަށް އެންގުމެެއް ނެތި ހަނިމާދޫ ދަނޑުވެރިންގެ އެތަކެއް ހާސް ރުއްގަހެއް މުލުން ލުހެލައިފި

23 މެއި 2026
2023 ވަނަ އަހަރު ހިއްކަން ފެށި ރަސްމާލެއިން މިހާތަނަށް ހިއްކުނީ 60 އިންސައްތަ: ރައީސް މުއިއްޒު

2023 ވަނަ އަހަރު ހިއްކަން ފެށި ރަސްމާލެއިން މިހާތަނަށް ހިއްކުނީ 60 އިންސައްތަ: ރައީސް މުއިއްޒު

22 މެއި 2026

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު