Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިވަޕޫލް

އެންމެ ފަހުން ލިވަޕޫލް ދޫކޮށްލަން ޞަލާޙު ނިންމައިފި

އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވާ ކުލަބު ދޫކޮށްލަން ޞަލާޙު ނިންމީ، ލިވަޕޫލް އާއެކު މަޝްވަރާ ކުރުމަށް ފަހު. ޞަލާޙު އާއި ލިވަޕޫލްއާ ދެމެދު މަޝްވަރާ ކުރުމަށް ފަހު، ލިވަޕޫލް އިން ވަނީ ހިލޭ ޓްރާންސްފާއެއްގައި ކުލަބު ދޫކޮށްލުމުގެ ފުރުސަތު ޞަލާޙު އަށް ދޭން ނިންމާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 މާރިޗު 2026 | ބުދަ 05:37
ލިވަޕޫލް އަށް ކުޅެމުން އަންނަ މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު

ލިވަޕޫލް އަށް ކުޅެމުން އަންނަ މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު | ރޮއިޓާސް

ލިވަޕޫލް އަށް ކުޅެމުން އަންނަ މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު، އެ ކުލަބު ދޫކޮށްލަން ނިންމައިފި އެވެ. 

އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ ލިވަޕޫލް އަށް ބަދަލުވެފައި ވަނީ 2017 ވަނަ އަހަރު އެވެ. އެންމެ ފަހުން ލިވަޕޫލްގެ އެއްބަސްވުން ޞަލާޙު އައު ކޮށްފައި ވަނީ 2025 ވަނަ އަހަރު އެވެ. ދެ އަހަރަށް އައު ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2027 ވަނަ އަހަރު ކަމަށް ވީ ނަމަވެސް، މިހާރު ކުރިއަށްދާ ސީޒަން ނިމުމުން ލިވަޕޫލް ދޫކޮށްލަން ޞަލާޙު ވަނީ ނިންމައިފަ އެވެ.

އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވާ ކުލަބު ދޫކޮށްލަން ޞަލާޙު ނިންމީ، ލިވަޕޫލް އާއެކު މަޝްވަރާ ކުރުމަށް ފަހު އެވެ. ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާކަން ޞަލާޙު ހާމަ ކޮށްފައިވާއިރު، ލިވަޕޫލް އިން ވެސް ވަނީ އެކަން ހާމަ ކޮށްފަ އެވެ. ޞަލާޙު އާއި ލިވަޕޫލްއާ ދެމެދު މަޝްވަރާ ކުރުމަށް ފަހު، ލިވަޕޫލް އިން ވަނީ ހިލޭ ޓްރާންސްފާއެއްގައި ކުލަބު ދޫކޮށްލުމުގެ ފުރުސަތު ޞަލާޙު އަށް ދޭން ނިންމައިފަ އެވެ.

ލިވަޕޫލްގައި ނުވަ އަހަރު ދުވަސް ހޭދަ ކުރުމަށް ފަހު ޞަލާޙު އެ ކުލަބު ދޫކޮށްލަން ނިންމާފައިވާއިރު، ލިވަޕޫލްގެ އައު ކޯޗު އާާން ސްލޮޓް އާއި ޞަލާޙުގެ ގުޅުން ވަނީ ގޯސްވެފަ އެވެ. އެ މައްސަލަ ތަކުގެ ތެރޭގައި ވެސް ޞަލާޙު ކުލަބު ދޫކޮށްލަން އުޅޭ ކަމުގެ އަޑު ތަކެއް ފެތުރުނެވެ. ޞަލާޙު އާއި ސްލޮޓްގެ ގުޅުން ގޯސްވެފައި ވަނީ، ލިވަޕޫލް ކުޅޭ މެޗު ތަކުގައި ޞަލާޙު އަށް ފުރުސަތު ދޭ މިންވަރު މަދުވުމުންނެވެ. 

ޞަލާޙު ވަނީ މިހާތަނަށް ލިވަޕޫލް އަށް ކުޅެދިން 435 މެޗުގައި 255 ލަނޑު ޖަހައިފަ އެވެ. އަދި ލިވަޕޫލް އާއެކު އޭނާ ވަނީ އަށް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން، އެފްއޭ ކަޕާއި، ކަރަބޯ ކަޕާއި، އެފްއޭ ކޮމިއުނިޓީ ޝީލްޑާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެ އެވެ. 

ލިވަޕޫލް ދޫކޮށްލުމަށް ފަހު ޞަލާޙު ބަދަލު ވާނެ ކުލަބެއް މިހާތަނަށް ހާމަ ކޮށްފައި ނެތެވެ. ނަމަވެސް، ބައެއް ކުލަބު ތަކުން އޮތީ އޭނާ ގެންނަން ޝައުޤުވެރި ވެގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޚާއްސަކޮށް ސައުދީ ޕްރޯ ލީގުގެ ކުލަބު ތަކުން ޞަލާޙު އަށް ފާރަލަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

ލިވަޕޫލްމުހައްމަދު ސަލާހު

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރައިޓަން އަތުން ބަލިވެ، ލިވަޕޫލް އަށް ހާސްކަން

ބްރައިޓަން އަތުން ބަލިވެ، ލިވަޕޫލް އަށް ހާސްކަން

22 މާރިޗު 2026
ދެ ވަނަ ލެގު ކާމިޔާބުކޮށް ލިވަޕޫލް ކުއާޓާ ފައިނަލް އަށް، ވާދަ ކުރަން ޖެހެނީ ޕީއެސްޖީއާ

ދެ ވަނަ ލެގު ކާމިޔާބުކޮށް ލިވަޕޫލް ކުއާޓާ ފައިނަލް އަށް، ވާދަ ކުރަން ޖެހެނީ ޕީއެސްޖީއާ

19 މާރިޗު 2026
ފަހު ވަގުތު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި

ފަހު ވަގުތު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި

16 މާރިޗު 2026
ގަލަތަސަރާއި އަތުން ބަލިވެ ލިވަޕޫލް ޕްރެޝަރަށް

ގަލަތަސަރާއި އަތުން ބަލިވެ ލިވަޕޫލް ޕްރެޝަރަށް

11 މާރިޗު 2026
ލިވަޕޫލް އާއެކު 100 ވަނަ މެޗަށް ނިކުންނައިރު، ސްލޮޓް ހުރީ ވަރަށް ބޮޑު އުންމީދެއްގައި

ލިވަޕޫލް އާއެކު 100 ވަނަ މެޗަށް ނިކުންނައިރު، ސްލޮޓް ހުރީ ވަރަށް ބޮޑު އުންމީދެއްގައި

10 މާރިޗު 2026

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު