Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިހުތިޖާޖު

އިހުތިޖާޖުތަކުގައި ހައްޔަރުކުރާ މީހުން ކޯޓުން ދޫކޮށްލުމަށް އަމުރު ކުރި ނަމަވެސް އެތައް އިރަކު ހައްޔަރުކޮށްފައި ބަހައްޓާ، މިއީ ވަރަށް ނުރައްކާތެރި ކަމެއް: އިންތި

ސުލްހަވެރި އިހުތިޖާޖުތަކުން ހައްޔަރުކުރާ މީހުން ދޫކޮށްލުމަށް ކޯޓުން އަމުރުކުރުމުން ވެސް، ގިނަ އިރުތަކެއް ވަންދެން ބަންދުގައި ބައިތިއްބާ މައްސަލައިގައި ގާނޫނީ ވަކީލު އިމްތިޔާޒު ފަހުމީ ވަނީ ކަންބޮޑުވުންފާޅު ކުރައްވާފަ. މިއީ ގާނޫނުއަސާސީއާ ހިލާފު ނުރައްކާތެރި އަމަލެއްކަން ފާހަގަކުރައްވައި، ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 މެއި 2026 | ހޯމަ 09:29
ނޫސްވެރިކަމުގެ ދިފާއުގައި ކުރިއަށް ގެންދިޔަ އިހުތިޖާޖެއްގެ ތެރެއިން ސޯޝަލް މީޑިއާ އެކްޓިވިސްޓު ޝަމްއޫނު ޖަލީލު (ލޫކަސް) ހައްޔަރުކުރި މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައްފާޅު ކުރުމަށް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އިމްތިޔާޒު ފަހުމީ ވާހަކަ ދައްކަވަނީ.

ނޫސްވެރިކަމުގެ ދިފާއުގައި ކުރިއަށް ގެންދިޔަ އިހުތިޖާޖެއްގެ ތެރެއިން ސޯޝަލް މީޑިއާ އެކްޓިވިސްޓު ޝަމްއޫނު ޖަލީލު (ލޫކަސް) ހައްޔަރުކުރި މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައްފާޅު ކުރުމަށް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އިމްތިޔާޒު ފަހުމީ ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ސުލްހަވެރިކޮށް ކުރިއަށް ގެންދާ އިހުތިޖާޖުތަކުގައި ހައްޔަރުކުރާ މީހުން ކޯޓުން ދޫކޮށްލުމަށް އަމުރު ކުރި ނަމަވެސް މިނިވަން ނުކޮށް އެތައް އިރަކު ހައްޔަރުކޮށްފައި ބަހައްޓާ ކަމަށާއި، މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ނޫސްވެރިކަމުގެ ދިފާއުގައި ކުރިއަށް ގެންދިޔަ އިހުތިޖާޖެއްގެ ތެރެއިން ސޯޝަލް މީޑިއާ އެކްޓިވިސްޓު ޝަމްއޫނު ޖަލީލު (ލޫކަސް) ހައްޔަރު ކުރުމާ ގުޅިގެން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތި ވަނީ ސުލްހަވެރިކޮށް ކުރިއަށް ގެންދާ އިހުތިޖާޖުތަކުގައި މީހުން ހައްޔަރު ކުރުމާއި، އެއްވުންތަކަށް ފުލުހުން ހުރަސްއަޅަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. 

Advertisement - newsAdvertisement

އިންތި ވިދާޅުވީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، ރައްޔިތުންގެ ހައްގުތަކަށް ވަރަށް ބޮޑަށް އަރައިގަންނަ ކަމަށެވެ. 

ސުލްހަވެރިކޮށް ކުރިއަށް ގެންދާ އިހުތިޖާޖުތަކުގައި ހައްޔަރުކުރާ މީހުން ކޯޓުން ދޫކޮށްލުމަށް އަމުރު ކުރި ނަމަވެސް މިނިވަން ނުކޮށް އެތައް އިރަކު ހައްޔަރުކޮށްފައި ބައިތިއްބާކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ، މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި، ގާނޫނު އަސާސީއާ ހިލާފު ޣައިރު ގާނޫނީ ކަމެއް ކަމަށެވެ. މިގޮތަށް މިކަން ނުކުރެވޭނެ ކަމަށާއި، ކޯޓުން އެމީހަކު މިނިވަން ކުރާ ހިސާބުން އެއީ މިނިވަނެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް މިގޮތަށް ފުލުހުން އަމަލު ނުކުރާތީ، ހައްގުތައް ހޯދުމަށް އެމައްސަލަ ކަމާގުޅުންހުރި މުއައްސަސާތަކަށް ހުށަހެޅުމަށް އިންތި ގޮވާލެއްވި އެވެ. 

ހަމައެއާއެކު ފާހަގަކޮށްލަން ބޭނުންވޭ ވަރަށް ސީރިއަސް އެއް ކަމެއް ހިނގާ ވަރަށް ނުރައްކާތެރި. މިސުލްހަވެރި އިހުތިޖާޖުތަކުން ގެންދާ ބައެއް ފަރާތްްތައް ދޫކޮށްލަން ފަނޑިޔާރު އެބަ އަންގަވާ. އަންގަވަނީ މިސާލަކަށް މެންދުރުގެ ވަގުތުގައި އޮންނަ ޝަރީއަތުގެ އަޑު އެހުމުގައި. އެހެންނަމަވެސް އެފަރާތްތައް ދޫކޮށްލަނީ، ހައްޔަރުގެ ކުޑަ ގޮޅިން މި ދޫކޮށްލަނީ ރޭގަނޑުގެ މެންދަމު 3 ޖަހާއިރު ނޫނިއްޔާ 1:30 ގައި. އެންމެފަހުން ވެސް ލޫކަސް ޖަލީލުމެން ހައްޔަރު ކުރިއިރުގައި ހައްޔަރަށް ގެންދެވުނު ބައެއް ފަރާތްތައް ދޫކޮށްލި އެދުވަހުގެ މެންދުރުހާއިރު ބޭއްވި ޝަރީއަތުގެ މަޖިލީހުގެ ތެރެއިން. ދޫކޮށްލީމަ އެބޭފުޅުންނަށް މިނިވަން ވެގެން ނުކުމެވެނީ މެންދަމު އެކެއް ޖެހިފަހުން. ބައެއް އަންހެން ބޭފުޅުން ވެސް މީގެ ތެރޭގައި ހިމެނޭ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އިންތިގެ މިވާހަކަތަކަށް އިޝާރާތްކޮށް ލޫކަސް ބުނީ، ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީހުން ކޯޓުން މިނިވަން ކުރި ނަމަވެސް ވަރަށް ގިނައިރު އަތޮޅުވެހީގެ ކުޑަ ގޮޅީގެ އެންމެން ބޭއްތިބި ކަމަށެވެ. އަދި އެމީހުން ދޫކޮށްލީ ވަރަށް ގަދައަށް އެތަނުގެ ތެރޭގައި އަޑު އުފުލަން ފެށިފަހުން ކަމަށާއި، އެރޭ މާލޭގައި އޮތް އިހުތިޖާޖު ނިމުނުފަހުން ކަމަށެވެ. 

އެވަގުތު އަޅުގަނޑާއެކު އަތޮޅުވެހީގައި އެވަގުތު ތިބި 10 މީހުން. އެ ދުވަހު ހަވީރު، ދެން އެދުވަހުގެ މެންދުރުން ފެށިގެން ކޯޓުގެ ހިޔަރިންގތައް ގޮސްފައި ގިނަ މީހުން ދޫކޮށްލަން ހުކުމް ކޮށްފައި އޮތީ. އެހެންނަމަވެސް އަޅުގަނޑަށް ހީވަނީ އެ ރޭ މާލޭ ތެރޭގައި މުޒާހަރާއެއް ހިނގާތީހެން މިނިވަން ކުރުން ދޫކޮށްލަން ގާޒީ އެންގީމަ ވެސް އަތޮޅުވެހީގެ ކުޑަ ގޮޅީގެ ތެރޭގައި އެންމެން ތާށި ކޮށްގެން ތިބީ އެ ރޭ 1:00 ވަން ދެން. ދެން އެ ރޭ އެމީހުން ދޫކޮށްލީ ގޮޅީގައި އެމީހުން ވަރަށް ބޮޑަށް އިހުތިޖާޖު ކުރަމުން ދިޔައީ. ފުލުހުންގެ ވެރިންގެ އިސްތިއުފާ އަށް އަދި ގޭޓްތައް ތެޅުވުމާއި ވަރަށް ވަރުގަދަ އިހުތިޖާޖެއް ދިޔަ. ދެން ބޭރުގައި ތިބި ބަޔަކަށް ނުފެންނާނެ. 
ސޯޝަލް މީޑިއާ އެކްޓިވިސްޓު ޝަމްއޫނު ޖަލީލު (ލޫކަސް) 

މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ލޫކަސް ހައްޔަރުކޮށްފައި ވަނީ މަޖިދީ މަގު ޗާންދަނީ މަގު ކަންމަތީގައި ކުރި މުޒާހަރާ އެއްގައި ނޫސްވެރިން ހައްޔަރުކުރުމާއި ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށެވެ. އޭނާ ގެ  ބަންދަށް ކޯޓުން ޖަހާފައި ވަނީ 10 ދުވަހެވެ. ފުލުހުން ބުނީ އެ މުޒާހަރާ އިން ހައްޔަރު ކުރި މީހުން ހައްޔަރުކޮށްފައި ވަނީ، އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ކަމަށެވެ.

ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން އޭނާ މިނިވަން ކުރީ 24 މެއި 2026 ގަ އެވެ.

އިމްތިޔާޒު ފަހުމީޝަމްއޫނު ޖަލީލުޕްރެސް ފްރީޑަމްއިހުތިޖާޖު

ކޮމެންޓް

އިތުރަށް ކިޔާލަން

ހިޔާލު ފާޅުކޮށްގެން 10 ދުވަހަށް ބަންދުކުރި ލޫކަސް ދޫކޮށްލައިފި

ހިޔާލު ފާޅުކޮށްގެން 10 ދުވަހަށް ބަންދުކުރި ލޫކަސް ދޫކޮށްލައިފި

24 މެއި 2026
ކަންކަން މަނާކޮށްގެން، ނޫސްވެރިން ޖަލަށްލައިގެން މި ސަރުކާރުން ކުރަން އުޅޭ ކަމަކީ ރައްޔިތުން ވާނުވާގަ ބޭތިއްބުން: ކުރީގެ އުއްތަމަފަނޑިޔާރު

ކަންކަން މަނާކޮށްގެން، ނޫސްވެރިން ޖަލަށްލައިގެން މި ސަރުކާރުން ކުރަން އުޅޭ ކަމަކީ ރައްޔިތުން ވާނުވާގަ ބޭތިއްބުން: ކުރީގެ އުއްތަމަފަނޑިޔާރު

22 މެއި 2026
ޕީއެންއެފް އިން ތިން ރައީސުންގެ އިއްތިހާދަށް އެއްބާރުލުންދޭން ފާސްކޮށްފި

ޕީއެންއެފް އިން ތިން ރައީސުންގެ އިއްތިހާދަށް އެއްބާރުލުންދޭން ފާސްކޮށްފި

21 މެއި 2026
ނޫސްވެރިންނަށް ކުރިމަތިވަމުންދާ ފިއްތުންތަކާ ދެކޮޅަށް ރާއްޖޭގެ ބޮޑެތި މީޑިއާތަކުން ޚަބަރު ފެތުރުން މެދުކަނޑާލައި "ބްލެކްއައުޓް"އަކަށް!

ނޫސްވެރިންނަށް ކުރިމަތިވަމުންދާ ފިއްތުންތަކާ ދެކޮޅަށް ރާއްޖޭގެ ބޮޑެތި މީޑިއާތަކުން ޚަބަރު ފެތުރުން މެދުކަނޑާލައި "ބްލެކްއައުޓް"އަކަށް!

19 މެއި 2026
 ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި

ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި

17 މެއި 2026

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު