Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަމަދޫ އީދު ފޯރި

ކަމަދޫ އީދު އުފާ: ރާއްޖެޓީވީ ފޭސްބުކް އަދި ޓިކްޓޮކްއިން ލައިވްކޮށް!

ބ. ކަމަދޫގައި ކުރިއަށްދާ އީދު ހަރަކާތްތައް ރާއްޖެޓީވީގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަގުތުން ދުރަށް ދައްކަމުންދާއިރު، އީދު ސަޔާއި ސަގާފީ އެކި ކުޅިވަރުތަކާއެކު އެ ރަށުގެ ފޯރި ވަނީ ވަރަށް ގަދަވެފައި. ރަށުގެ ރައްޔިތުންނާއި ގިނަ އަދަދެއްގެ މެހެމާނުން ބައިވެރިވާ މި ހަރަކާތްތަކުގެ ތެރޭގައި ތާރަޖެހުމާއި ސަގާފީ ނެށުންތައް ހިމެނޭއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރޭވިފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 މެއި 2026 | ބުދަ 10:23
ބ. ކަމަދޫގައި ކުރިއަށްދާ "ކަމަދޫ އީދު އުފާ 1447"

ބ. ކަމަދޫގައި ކުރިއަށްދާ "ކަމަދޫ އީދު އުފާ 1447" | ރާއްޖެ އެމްވީ

ބޮޑު އީދުގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި ބ. ކަމަދޫގައި ކުރިއަށްދާ "ކަމަދޫ އީދު އުފާ 1447" ގެ އެންމެހައި ހަރަކާތްތައް ރާއްޖެޓީވީގެ އިތުރުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަގުތުން ގެނެސްދޭން ފަށައިފިއެވެ.

ކަމަދޫއަކީ ކޮންމެ އަހަރަކުވެސް ރާއްޖޭގައި އެންމެ ކުލަގަދަކޮށް އަދި ފޯރިއާއެކު އީދު ފާހަގަކުރާ އެއް ރަށް ކަމަށްވާއިރު، މިއަހަރުގެ ހަރަކާތްތައްވެސް އެހާމެ ފޯރިގަދަކޮށް ވަނީ ފަށާފައެވެ.

ކަމަދޫގައި ކުރިއަށްދާ އީދު ހަރަކާތްތައް ރާއްޖެޓީވީގެ އިތުރުން، އެ ސްޓޭޝަނުގެ ރަސްމީ ފޭސްބުކް ޕޭޖާއި ޓިކްޓޮކް މެދުވެރިކޮށްވެސް ވަގުތުން ބަލާލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ކަމަދޫގެ އީދު ފޯރި އެންމެ ފުރިހަމައަށް ގެނެސްދިނުމަށް ކުރާ މަސައްކަތެއް ކަމަށް ރާއްޖެޓީވީން ބުނެއެވެ.

އީދުގެ ހަރަކާތްތައް ފެށުމުގެ ގޮތުން އަންގާރަ ދުވަހުގެރޭ ވަނީ އެ ރަށަށް ޒިޔާރަތްކުރި މެހެމާނުންނަށް މަރުހަބާ ކިއުމަށްޓަކައި ހާއްސަ ސްޓޭޖް ޝޯއެއް ބާއްވާފައެވެ. މި ޝޯއާއެކު ރަށުގެ އީދު ފޯރި ގަދަވެފައިވާއިރު، ބުދަ ދުވަހުގެ ހެނދުނު އީދު ނަމާދަށްފަހު ވަނީ މުޅި ރަށުގެ ރައްޔިތުންނާއި މެހެމާނުން ބައިވެރިވި ބޮޑު ޖަމާއަތެއްގައި އީދު ސައި ކުރިއަށް ގެންގޮސްފައެވެ.

އީދު ސަޔަށްފަހު ބުދަ ދުވަހުގެ ހެނދުނުން ފެށިގެން ކަމަދޫގެ މަގުތަކުގައި ސަގާފީ އެކިއެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ސަގާފީ ނެށުންތަކާއި، ތާރަ ޖެހުން ފަދަ ދިވެހިވަންތަ ގިނަ ހަރަކާތްތަކެއް ހިމެނެއެވެ.

މި ހަރަކާތްތަކުގައި ރަށުގެ ކުދިބޮޑު އެންމެންނާއި، އީދަށް އެ ރަށަށް ގޮސްތިބި ގިނަ އަދަދެއްގެ ފަތުރުވެރިންނާއި މެހެމާނުންވެސް ބައިވެރިވަމުންދާކަން ފާހަގަކުރެވެއެވެ.

ކަމަދޫއަކީ އަބަދުވެސް އީދު ފާހަގަކުރުމުގައި ތަފާތު ރީތި ނަމޫނާތަކެއް ދައްކަމުން އަންނަ ރަށެކެވެ. މިއަހަރުގެ އީދުގައިވެސް ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

ރާއްޖެޓީވީން ދަނީ މި ހުރިހާ ހަރަކާތްތަކެއްގެ އެންމެ ފަހުގެ މައުލޫމާތާއި މަންޒަރުތައް މެދުކެނޑުމެއްނެތި އާންމުންނާ ހަމައަށް ފޯރުކޮށްދެމުންނެވެ.

ބ. ކަމަދޫކަމަދޫ އީދު އުފާ 1447ރާއްޖެ ޓީވީއަޟްހާ އީދު

އިތުރަށް ކިޔާލަން

27 މެއި 2026

އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް

27 މެއި 2026
އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް
27 މެއި 2026

އީދު ފާހަގަކުރާއިރު، ކުރީގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

27 މެއި 2026
އީދު ފާހަގަކުރާއިރު، ކުރީގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި
27 މެއި 2026

މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭ: އީދު ޚުތުބާ

27 މެއި 2026
މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭ: އީދު ޚުތުބާ
27 މެއި 2026

އީދު ފާހަގަކުރުމުގެ ނަމުގައި ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުންފަދަ ހަރަކާތްތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

27 މެއި 2026
އީދު ފާހަގަކުރުމުގެ ނަމުގައި ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުންފަދަ ހަރަކާތްތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
26 މެއި 2026

ކަމަދޫ އީދު އުފާ ލައިވް ކަވަރޭޖަށް ރާއްޖެޓީވީ ގެ ޓީމު އެ ރަށަށް: އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފި

26 މެއި 2026
ކަމަދޫ އީދު އުފާ ލައިވް ކަވަރޭޖަށް ރާއްޖެޓީވީ ގެ ޓީމު އެ ރަށަށް: އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު