Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ކައުންސިލް އިންތިޚާބަށް ޖެހި "ކަޑަ" ތަކަށް މިވީ ކީއް؟

ނިމިދިޔަ އިންތިޚާބާ ދިމާކޮށް ލައްކަ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ބައެއް ކަންކަން ފަށްޓަވަންވެސް ފެށްޓެވިއެވެ. ނަމަވެސް މިހާރު އެކަންކަމުގެ ހިލަމެއް ނެތެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 28 މެއި 2026 | ބުރާސްފަތި 10:25
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅާއި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނޫސްވެރިން ދެންނެވި ސުވާލުތަކާއި، އެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުތައް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅާއި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނޫސްވެރިން ދެންނެވި ސުވާލުތަކާއި، އެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުތައް | ރައީސް އޮފީސް

އެއްވެސް ކަމެއް ކުރެއްވުމުގެ މަގްސަދުގައި ނޫނީ ވައުދުވެ ވަޑައި ނުގަންނަވާނެ ކަމަށެވެ. ކަންކަން ކުރައްވަން ވައުދުވަނީ އެވައުދު ފުއްދޭނެ ކަމުގެ ފުރިހަމަ ޔަގީން ކަމާއި އެވައުދު ފުއްދުމަށް ބޭނުންވާނޭ ވަސީލަތްތަކާއި ފައިސާވެސް ހަމަޖެހި ނިމިގެން ކަމަށެވެ. އަދި ކުރަން ފަށްޓަވާ ކޮންމެ ކަމެއްވެސް މަޑު ޖެހުމެއްނެތި ބާރު ސްޕީޑުގައިކޮށް ނިންމާނެ ކަމަށް ތަކުރާރުކޮށް މުޢިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ. މިއީ ރިޔާސީ އިންތިޚާބަށް ނުކުންނަވައި ކުރެއްވި ކެންޕެއިނާއި ދެން އައި ހުރިހާ އިންތިޚާބެއްގެ ކެމްޕެއިންއާ ގުޅުވައިގެން ދައްކަވާފައިވާ ވާހަކަކަތަކުން ފާހަގަވާ މައިގަނޑެވެ.

މިވާހަކަތަކަށް އިތުރު ކުރައްވާ އަނެއް ވާހަކަފުޅަކީ އިންތިޚާބާ ދިމާކޮށް ކަޑަ ނުޖައްސަވާނެ ކަމަށް ވިދާޅުވާ ވިދާލުވުމެވެ. ރިޔާސީ އިންތިޚާބަށްފަހު ދެން މަޖިލިސް އިންތިޚާބުގައިވެސް އެންމެ ގިނައިން ވިދާޅުވި އެއްވާހަކަފުޅަކީ އެއީ އެވެ. އެވާހަކަފުޅާއެކު ރަށްރަށުގައި ބައެއް ކަންކަން ކުރައްވަން ފެށްޓެވިއެވެ. ކުރިން ކުރަމުން އައި ކަންކަންވެސް ކުރިއަށް ގެންދަވަން ފެށްޓެވިއެވެ. ޚާއްޞަކޮށް އައްޑޫ ސިޓީއާއި ތިނަދޫ ސިޓީފަދަ ބޮޑެތި ތަންތަނުގައި ބޮޑެތި ބިޔަ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރައްވާ އެކަންކަމުގެ މަސައްކަތް ފެށްޓެވިކަން ރައްޔިތުންގެ ކުރިމަތީގައި ހާމަ ކުރެއްވިއެވެ. މަގު ހެދުމާއި އެއަރޕޯޓް އެޅުންފަދަ ބޮޑެތި ކަންކަމެވެ.

އިންތިޚާބު ނިމި މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމާއެކު ފެށްޓެވި ކަންކަން ހުއްޓުނު ގޮތަށް އަދި އަދަށްވެސް ހުރީ ނުފެށިއެވެ. ނޫންނަމަ ފިނިހަކަ ދުވެލީގައެވެ. ބައެއް އެއްބަސްވުންތައް އުވިވެސް ދިޔައީއެވެ. އަމުދުން ހަވާލުކުރެވުނު ބަޔަކުވެސް މިހާރު އެނގެންވެސް ނެތީއެވެ. ރުކަށް އެރި މީހާގެ ނަދުރަށްވެ އޭރު ފޭސި ހުރިހާކަމެއްހެން އިންތިޚާބު ނިމުމާއެކު ނިމުނީއެވެ. ހަނދާންވެސް ނެތުނީއެވެ.

ނިމިދިޔަ ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓަށް ތާއީދު ހޯދުމަށްވެސް ފެށްޓެވީ ހަމަ އެވާހަކަފުޅުންނެވެ. ސީދާ މުތުލަގަށް ވިދާޅުވަމުން ގެންދެވިއެވެ. ތިމަން މަނިކުފާނު އިންތިޚާބާ ދިމާކޮށް ކަޑައެއް ނުޖައްސަވާނަމެވެ. މިފަހަރު ކުޑަކޮށް ތަފާތެވެ. ކެންޕޭނަށް ރަށްރަށަށް ވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެ ހުންނެވީ މާލޭގައި މާލޭގައި ގިނަ ވާހަކަތަކެއް ދެއްކެވިއެވެ. ގިނަ ކަންކަން ކުރާކަން ދައްކަވަން ފެށްޓެވިއެވެ. އިންތިޚާބަށް ބޯމަތިވަމުން އައިއިރު ކޮންމެ ދުވަހަކު ދެއިރު ދެދަޅައަށް ކަމެއް ފެށްޓެވިއެވެ. ފްލެޓް އެޅުން ހަވާލުކުރަން ބޮޑެތި ޖަލްސާތަކެއް ބޭއްވިއެވެ. އެތަންތަން ތަނުގެ ބިންގާ އެޅުމަށް ހަމަ އެވަރުގެ ހަފްލާ ތަކެކެވެ. ހައިވޭގައި ޒުވާނުންނަށް ރޭސިދރން ޓްރެކެއް އަޅަން މަސައްކަތް ފެށިއެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ލައްކަ ކަންކަން ފެށްޓެވިއެވެ.

އިންތިޚާބު ނިމުނީއެވެ. ބޮޑުތަނުން ބަލިވީއެވެ. ރައްޔިތުން ބުނީ ނޫނެކޭއެވެ. އިސާހިތަކު ކަންވާން ފެށީވެސް އިހުވެސް ވީގޮތަށެވެ. ފެށި ކަންކަން ހުއްޓިއްޖެއެވެ. ބާރު ސްޕީޑުގައި ކުރިއަށްދާތަން ފެންނާނެ ކަމަށް ހީކުރެވުނަސް އެކަންވީ ކުށްހީއަކަށެވެ. މިފަހަރުވެސް އިންތިޚާބު ނިމުމާއެކު ނިމުނީއެވެ. ހަމަ އެންމެ މިސާލަކުން ފުއްދާލާފައި ނިންމާލާނަމެވެ. ޒުވާނުންނަށް އަޅަމުންދިޔަ ރޭސިން ޓްރެކެވެ. އިންތިޚާބު ތެރޭގައި ވަރަށް ބާރަށް މަސައްކަތް ދިޔައެވެ. އިންތިޚާބު ނިމުނުފަހުންވެސް ދެތިން ވެހިކަލެއް އޮތެވެ. މަދުވަމުން މަދުވަމުންގޮސް މިހާރަކު އެކައްޗެއްވެސް ނެތެވެ. އެބުނާ ރޭސިން ޓްރެކްގެ މަސައްކަތް މިވަގުތައް ނިމުނީއެވެ. ދެންވެސް އިތުރު އިންތިޚާބަކާ ދިމާކޮށް ނާންނާނެ ކަމެއް ނޭނގެއެވެ.

ކޮންމެއަކަސް އިންތިޚާބު ތަކާ ދިމާކޮށް ކަޑަ ނުޖައްސަވާނެ ކަމަށް ވިދާޅުވި މުއިއްޒު ގެންދަވަނީ ކޮންމެ އިންތިޚާބަކާ ދިމާކޮށްވެސް ލައްކަ ކަޑަ ޖައްސަވަމުންނެވެ. ނޭނގެނީ އެކަޑަތަކަށް ދެންވާ ގޮތެކެވެ. މިފަހަރުވެސް މިވީ އެފަދަ ގޮތެކެވެ.

ޑރ. މުއިއްޒުއައްްޑޫ ސިޓީތިނަދޫ ސިޓީރިޔާސީ އިންތިޚާބު 2023މަޖިލީސް އިންތިޚާބުކައުންސިލް އިންތިޚާބު

އިތުރަށް ކިޔާލަން

27 މެއި 2026

ކުރީ ސަރުކާރުގައި ތިނަދޫ ސިޓީގައި ތަރައްގީ ކުރަމުންދިޔަ 200 ރޯ ހައުސް މަޝްރޫއު ހުއްޓިފައި، މިސަރުކާރުން ބިންގާ އެޅި 50 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށް ނުދޭ!

27 މެއި 2026
ކުރީ ސަރުކާރުގައި ތިނަދޫ ސިޓީގައި ތަރައްގީ ކުރަމުންދިޔަ 200 ރޯ ހައުސް މަޝްރޫއު ހުއްޓިފައި، މިސަރުކާރުން ބިންގާ އެޅި 50 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށް ނުދޭ!
27 މެއި 2026

ތިނަދޫ ސިޓީގެ ތަރައްގީ އެކުއެކީގައި ހުއްޓިފައި، އެއަރޕޯޓުގެ މަޝްރޫއު ވެސް 3 ފަހަރަށް ވަނީ ބަދަލުކޮށްފައި: ކުރީގެ މެންބަރު ސަނީފް

27 މެއި 2026
ތިނަދޫ ސިޓީގެ ތަރައްގީ އެކުއެކީގައި ހުއްޓިފައި، އެއަރޕޯޓުގެ މަޝްރޫއު ވެސް 3 ފަހަރަށް ވަނީ ބަދަލުކޮށްފައި: ކުރީގެ މެންބަރު ސަނީފް
25 މެއި 2026

4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދިނުމަށް ހައުސިން މިނިސްޓްރީ އިން ސިޓީ ފޮނުވީ ވަޒީރު މަޖިލީހަށް ހާޒިރުކުރުމުގެ ދުވަސްކޮޅެއް ކުރިން ޕްރެޝަރ ބޮޑުވެގެން

25 މެއި 2026
4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދިނުމަށް ހައުސިން މިނިސްޓްރީ އިން ސިޓީ ފޮނުވީ ވަޒީރު މަޖިލީހަށް ހާޒިރުކުރުމުގެ ދުވަސްކޮޅެއް ކުރިން ޕްރެޝަރ ބޮޑުވެގެން
19 މެއި 2026

ސަރުކާރު ވައްޓާލަން ނުކުތުމަށްވުރެ ޕާޓީގެ އިންތިޒާމުތަކާއި އެތެރޭގެ ހަމަޖެހުން ގާއިމްކޮށް 2028 އަށް ތައްޔާރުވާންޖެހޭ: މީކާއިލް

19 މެއި 2026
ސަރުކާރު ވައްޓާލަން ނުކުތުމަށްވުރެ ޕާޓީގެ އިންތިޒާމުތަކާއި އެތެރޭގެ ހަމަޖެހުން ގާއިމްކޮށް 2028 އަށް ތައްޔާރުވާންޖެހޭ: މީކާއިލް
19 މެއި 2026

ޚަރަދު ކުޑަކުރުމުގެ ބަހަނާއަށްފަހު އަނެއްކާވެސް އަތޮޅު އޮފީސް

19 މެއި 2026
ޚަރަދު ކުޑަކުރުމުގެ ބަހަނާއަށްފަހު އަނެއްކާވެސް އަތޮޅު އޮފީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު