Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟

ދޭތެރެ ދޭތެރެއިން ރައީސް މުޢިއްޒު ގެންދަވަނީ ބޮޑެތި ތުހުމަތުތައް ކުރައްވަމުން. ބޭންކް އޮފް މޯލްޑިވްސް ތެރެއިން ވެރިކަން ވައްޓާލުމަށް ބަޣާވާތެއް ކުރިކަމަށް ވިދާޅުވެ ބޮޑު ތުހުމަތެއް ކުރެއްވި. އެންމެފަހުން މިހާރު ތުހުމަތެއް ކުރުވައި މަގާމުން ދުރުވާން މަޖްބޫރު އެކުރެއްވީ އެންމެ އަރިސް އެއް ބޭފުޅާ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 31 މެއި 2026 | އާދީއްތަ 06:44
މަޖިލީހުގެ ނައިބު ރައީސް ނާޒިމާއި ރައީސް މުއިއްޒު

މަޖިލީހުގެ ނައިބު ރައީސް ނާޒިމާއި ރައީސް މުއިއްޒު | ރައީސް އޮފީސް

ހީވީ އެމަންޖެވަރުގެ ނުރައްކާތެރި މީހަކު ނެތް ހެނެވެ. ގެންގޮސް ޖަލުގައި ބަންދުކުރީ ކުރެވުނު ސީރިއަސް ތުހުމަތު ތަކެއްގެ ތަހުގީގަށެވެ. ބޮޑު ތުހުމަތެކެވެ. ރައީސުލް ޖުމްހޫރިއްޔާއާ "ގާތްވާން" ސިހުރު ހާހޫރަ ހަދަން އުޅުމުގެ ތުހުމަތެވެ. މުޅި ގެ ބަލާ ފާސްކުރިއެވެ. ސިޔާސީ މަގާމްތަކުގައި ތިބި ދެކޮއްކޮ ވެސް ވަޒީފާއިން ވަކިކުރިއެވެ. ހަމަ ސިހުރުގެ ތުހުމަތު ކުރެވުނު އެ މަންޖެއާ ގުޅުން އޮންނާތީއެވެ. އެހާވެސް ނުރައްކާތެރިއެވެ. ނުރައްކާތެރިކަން ހުރި މިންވަރަކީ ގާތުންދޭ ދޮޅު އަހަރުގެ ކުއްޖާއަށް ގާތުން ދިނުމުގެ ފުރުސަތުވެސް ނުދިނީއެވެ. މިދައްކަނީ ކުރިން މުއިއްޒުގެ އެންމެ އަރިސް އަދި ރިޔާސީ ޓިކެޓް ހޯދައިދިނުމުގައި އެންމެ އިސްރޯލެއް ކުޅުނު ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އާދަމް ރަމީޒްގެ ކުރީގެ އަންހެނުން ކުރީގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒް އަލީގެ ވާހަކައެވެ. އެ ނުރައްކާތެރި ތުހުމަތުގައި ގާތުންދޭ ދަރިފުޅާ ވަކިން ، މަހކާ ކައިރިކުރާ ވަރަށް ޖަލުގައި ގެންގުޅެފައި ދޫކޮށްލީއެވެ. ދޫކޮށްލިފަހުން ގާތްގަނޑަކަށް ދެއަހަރުވާން ދަނީއެވެ. އަދި އަދަށްވެސް އެމަންޖެގެ މައްޗަށް ކުރި ދައުވާއެއް ނެތެވެ. އެއޮށްބޮޑު އެހާމެ ނުރައްކާތެރި ތުހުމަތަށް ވީގޮތެއް ނޭނގެއެވެ.

ބޭންކް އޮފް މޯލްޑިވްސްއަށް ކުރީކީވެސް އާދައިގެ ތުހުމަތެއް ނޫނެވެ. އިދިކޮޅު އެމްޑީޕީއާ ގުޅިގެން ޤާނޫނާ ޚިލާފް ބޮޑު ބަޣާވާތެއް ކޮށްގެން ސަރުކާރު ވައްޓާލަން އުޅުނީއެވެ. ތުހުމަތު ކުރެއްވީ ދެވަނަ ދެމީހެއް ނޫނެވެ. ސީދާ ރައީސުލް ޖުމްހޫރިއްޔާ ޑރ މުއިއްޒެވެ. މުޅި ދުނިޔެއަށް އެބަޣާވާތުގެ ޖަރީމާ ފަޅާއަރުވާލައި އިއުލާން ކުރެއްވީ ވަލިއްޔުލް އަމުރެވެ. އިސާހިތަކު ވަރަށް ސީރިއަސް ތަހުގީގެއް ފުލުހުން ފަށައިގަތެވެ. ލިބިފައިވާ އެތައްއެތައް އިންޓަލިޖެންސް މައުލޫމާތަކާއި އެހެނިހެން ހެކި ގަރީނާތަކާވެސް އެކުގައެވެ. މީހަކު ހައްޔަރު ނުކުރިއަސް އެތަނުގައި އެންމެ ދުވަސްވީ މީހުންތައް ލައްވައި އިސްތިއުފާ ދެއްވިއެވެ. އެމްޑީއަކަށް ހުރި ކަލޭގެ ބޭރުކޮށް ގައުމަށް ފޮނުވާލިއެވެ. އިސާހިތަކު ކަންވެ ނިމުނުއިރު އެބޮޑު ބަޣާވާތާ ގުޅުންހުރި ހެއްކެއް ނުފެނުނެވެ. އަދި އަދަށްވެސް އެބަޣާވާތާ ގުޅިގެން މީހަކަށް ދައުވާ ކުރާކަށް ނުފޮނުވައެވެ. އެތުހުމަތަށްވެސް ވީގޮތެއް ނޭނގުނެވެ.

ދޭތެރެ ދޭތެރެއިން މިކަހަލަ އެތައް ތުހުމަތެއް މިސަރުކާރުގައި ދަނީ އަންނަމުންނެވެ. އެތެރެކޮއިލުގެ ތެރޭގައި އުފެދޭ ނުތަނަވަސް ކަމާއެކު އަންނަ މިފަދަ ހުރިހާ ތުހުމަތުތަކެއް އަދިވަނީ ވާނުވާގައެވެ. ހިސާބަކަށް ބަޔަކު ދުއްވާލައެވެ. އެކަހެރި ކުރުވައެވެ. ނޫނީ އަޑު ކަނޑުވާލައެވެ. ހިސާބަކަށް ފެނަށްދިރި ކުޑައިކޮށް ސިޔާސީ އެއްޗެހި ވިދާޅުވާން މިހާރު ފަށާފައިވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމްވެސް މިހާރު އެކްޓިވް ވެފައި އެވަނީ ދުވަސްކޮޅަކު އެމަޅީގައި ބެދިފައި ހަނު ހިމޭނުން ހުރުމަށްފަހުއެވެ.

އެންމެފަހުން މިއައީ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމަށް ކުރެވޭ ބޮޑު ތުހުމަތެވެ. ނާޒިމަށް ވެސް ކުރަނީކީ އާދައިގެ ތުހުމަތެއް ނޫނެވެ. މީން ދުވަހަކު އެފަދަ އަޑެއް ނާރާ ހުރެފައި ކުއްލިއަކަށް ކުރެވުނު ތުހުމަތެކެވެ. ހަމަ ހުރެފައި ގޯސްވީއެވެ. އަހާލުމެއް ކަހާލުމެއްނެތި ނާޒިމް އެމަގާމުން ވަކިކުރަން ޕީއެންސީގެ މަޖިލިސް މެންބަރުން ސޮއި އަޅާ މަޖިލީހަށް ހުށަހެޅީއެވެ.

ޕީއެންސީން މަޖިލީހަށް ހުށަހެޅި ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނީ "މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި ފިތުނަ އުފައްދައި ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރު ކުރަމުންދާތީ އާއި މަޖިލީހުގެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ ތައައްސުބުވެފައިވުމުގެ އިތުރަށް މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ނައިބު ރައީސް ހިތްވަރު ދީ ޒިންމާއިން ބަރީއަވެފައިވާތީ،" މަގާމުން ދުރުކުރަން ހުށަހެޅީ ކަމަށެވެ.

ވީނުވީއެއް ނޭނގެއެވެ. ކުރިކަމެއް ދެކެވުނު ވާހަކައެއްވެސް ތިލަވެފައެއް ނެތެވެ. އަދި ނާޒިމާ ގުޅޭ އެފަދަ ވާހަކައެއް ރަށުތެރޭގައިވެސް ދެކެވިފައެއް ނެތެވެ. އިދިކޮޅު މީހަކުވެސް އަދި ސަރުކާރު ތެރެއިން މީހަކުވެސް ދެއްކި އަޑެއް ނީވެއެވެ. އެކަމަކު ބޮޑު ތަހުމަތެއްކޮށް ހުށަހެޅި ހުށަހެޅުމާއެކު މަޖިލީހުން ވޯޓުނަގައި ބޭރުކުރުމުގެ ޖަލްސާއަށް ކުޑަތަންވެފައިވަނިކޮށް ނާޒިމް އެވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ.

ނާޒިމް ވިދާޅުވީ، އޭނާއާ ދެކޮޅަށް އެކުރާ ތުހުމަތު ތަކުގެ އެއްވެސް އަސާސެއް ނެތްކަމަށެވެ. އެފަދަ އެއްވެސް ކަމެއްވެސް ނުކުރައްވާ ކަމަށެވެ. އެތުހުމަތުތައް ސާބިތު ކުރެވޭނޭ އެއްވެސް ހެތްކެއްވެސް ނޯންނާނެ ކަމަށެވެ. ނަމަވެސް މަޖިލީހުން ވޯޓު ނަގައި ހަޑިގޮތަކަށް ބޭރުކުރުމުގެ ކުރިން އިސްތިއުފާ ދެއްވަމުން ނާޒިމް ވިދާޅުވީ ވެރިކަން ކުރާ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ހުރިހާ މެންބަރުން ސޮއިކުރައްވާ މަޖިލީހުގެ ނައިބުރައީސްގެ މަގާމުން އޭނާ ވަކިކުރުމަށް ހުށަހަޅާފައިވުމުން އޭގައިވާ ސަބަބުތަކަކީ ތެދު ހަގީގަތްކަމުގައި ނުވި ނަމަވެސް، އިންތިހާބީ މަގާމަކަށް ވޯޓުލީ އެންމެންހެން އެ މަގާމުން ދުރުވުމަށް އެދުމުން އެކަމަށް އިޖާބަދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ތަހުޒީބީ ގޮތެއް ކަމަށެވެ.

ކޮންމެއަކަސް ޚަލާސްވީއެވެ. ނާޒިމްވެސް ބޭރުކޮށްލެވުނީއެވެ. ކުރެވުނު ތުހުމަތު އޮތްގޮތައް އޮތީއެވެ. އުފެދޭ ސުވާލަކީ މި ތުހުމަތުތަކަށްވެސް ދެންވާނީ ކިހިނެއް ބާއެވެ. ބުނެވޭ ގޮތުގައި މިފަދަ ތުހުމަތެއްކޮށް މަޖިލީހުން ބޭރުކުރަން ހުށަހެޅި ގަރާރުގައި މިހެން ލިޔެފައި އޮތަސް ހަގީގީ ތުހުމަތަކީ މުޅިން އެހެން ތުހުމަތެކެވެ. ވަކިކުރުމުގެ ފޮރުވިފައިވާ ބޮޑު ސިއްރެއް ވެއެވެ. ހުށަހެޅީ މެންބަރުން ބޭނުން ވެގެނެއް ނޫނެވެ. ސީދާ މުއިއްޒު ބޭނުން ވެގެންނެވެ. މިފަހަރުވެސް ހިނގި ކަމެއް ހިނގީ އެތެރެ ކޮއިލު ތެރޭގައެވެ. ސުވާލަކީ ނާޒިމަށް ދެންވާނީ ކިހިނެއް ބާއެވެ. ސިޔާސީ މަޝްރަހްގައި ދެން ހިނގާނީ ކޮން ކަންތައްތަކެއް ބާވައެވެ. ނާޒިމާ މެދު ދެން ކުރެވޭނީ އިތުރު ކޮން ތުހުމަތުތަކެއް ބާވައެވެ. ނިކަން ބަލަން ތިބެމާ ހިނގާށެވެ.

ޑރ. މުއިއްޒުއާދަމް ރަމީޒްފާތިމަތު ޝަމްނާޒް އަލީރާއްޖޭގެ ބޭންކުތައްއަހްމަދު ނާޒިމްޕީއެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަދު މެންދުރު މަޖިލީީހުގެ އިތުރު ޖަލްސާ އެއް ބާއްވަނީ

މިއަދު މެންދުރު މަޖިލީީހުގެ އިތުރު ޖަލްސާ އެއް ބާއްވަނީ

31 މެއި 2026
މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް

މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް

31 މެއި 2026
ވެމްކޯގެ ޖެނެރަލް މެނޭޖަރ އައިމިނަތު ފަޒްލާ ޕީއެންސީގެ ސެނެޓާއި، ޕާޓީ އިން ވެސް ވަކިވެވަޑައިގަންނަވައިފި

ވެމްކޯގެ ޖެނެރަލް މެނޭޖަރ އައިމިނަތު ފަޒްލާ ޕީއެންސީގެ ސެނެޓާއި، ޕާޓީ އިން ވެސް ވަކިވެވަޑައިގަންނަވައިފި

30 މެއި 2026
ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެންފި

30 މެއި 2026
ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!

ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!

30 މެއި 2026

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު