Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. މުޙައްމަދު މުޢިއްޒު

ރައީސް މުއިއްޒު ބޭނުންފުޅުވަނީ މުއައްސަސާތަކަށް "ބޮޓުން" ލައިގެން ޚުދުމުހުތާރުކޮށް ވެރިކަން ކުރަން: މައުރޫފް

ރައީސް ޑރ. މުއިއްޒު ޚުދުމުހުތާރުކޮށް ގައުމު ހިންގަވަމުން ގެންދަވާ ކަމަށް ތުހުމަތުކުރައްވައި، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް މީޑިއާތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރާކަން ފާހަގަކުރައްވައި، ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ނަމަ ސަރުކާރާ ދެކޮޅަށް ރައްޔިތުން މަގުމައްޗަށް ނުކުންނާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައި. މީގެ އިތުރުން ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންގެ މެދުގައި ވެސް ނުތަނަވަސްކަން އޮތް ކަމަށް މައުރޫފް ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 މެއި 2026 | ބުރާސްފަތި 03:53
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު | ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން މިނިވަން މުއައްސަސާތަކަށް ވެސް އެމަނިކުފާނު ބޭނުންފުޅުވާހާ ގޮތަކަށް އަމަލުކުރާނެ "ބޮޓުންތަކެއް" އައްޔަންކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މައުރޫފް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މައުރޫފް ވިދާޅުވީ ރައީސް މުއިއްޒު ބޭނުންފުޅުވަނީ ސިޔާސީ ވާދަވެރިންނާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މުޅިން ނައްތާލުމަށް ކަމަށެވެ. އަދި ޚިޔާލުފާޅުކުރުމުން އަދަބު ދެވޭ ގޮތަށް ގާނޫނުތައް އިސްލާހުކޮށް، އާންމު ރައްޔިތުން ފިއްތުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، މި ސަރުކާރުގައި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ނެތްކަން ފާހަގަކުރައްވައި، މީޑިއާ ކޮންޓްރޯލް ކުރުމަށް ހުށަހެޅި ބިލަކީ މީޑިއާތަކުގެ "ކަރު ބުރިކޮށްލަން" ހެދި ގާނޫނެއްގެ ގޮތުގައި މައުރޫފް ސިފަކުރެއްވިއެވެ.

ސަރުކާރު ހިންގުމުގެ ނިޒާމަށް އަލިއަޅުއްވާލައްވަމުން މައުރޫފް ވިދާޅުވީ، ވުޒާރާތައް ވެސް ހިންގަމުން ދަނީ ވަރަށް ޚުދުމުހުތާރުކޮށް، އެވަގުތަކު ރައީސް ބޭނުންފުޅުވާ ގޮތަކަށް ކަމަށެވެ. ރައީސް މުއިއްޒަކީ ގޮތް ދޫނުކުރާ "ބޯހަރު" ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި، މައުރޫފް ވިދާޅުވީ ގައުމަށް ހެޔޮ އެދޭނަމަ ކަންކަން އިސްލާހު ކުރައްވާނެ ކަމަށާއި، ނަމަވެސް މިހާރު ފެންނަމުންދަނީ އެ މަންޒަރު ނޫން ކަމަށެވެ.

ވުޒާރާތައް ވެސް ހިންގަވަމުން ގެންދަވަނީ ޚުދުމުހުތާރުކަމާއި އެކު އެވަގުތަކު ރައީސް ބޭނުންފުޅުވާ ގޮތަކަށް، ދިވެހި ރައްޔިތުންގެ ޙައްޤުގައި ފައި އަޅައިގެން އަބަދަކު ނުހުރެވޭނެކަން ރައީސް މުއިއްޒު ދަންނަން ޖެހޭނެ. ދިވެހި ރައްޔިތުން މަގުމައްޗަށްވެސް ނުކުންނާނެ،
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެގެން އަބަދަކު ސަރުކާރުގައި ނުހުރެވޭނެކަން ރައީސް މުއިއްޒު ދަންނަން ޖެހޭނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ހައްގުތައް ހޯދުމަށް ދިވެހި ރައްޔިތުން މަގުމައްޗަށް ނުކުންނާނެ ކަމަށާއި، މި ސަރުކާރު ބަދަލުކުރުމަށް ކުރެވެން އޮތް ކޮންމެ މަސައްކަތެއް ރައްޔިތުން ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރު ހިންގާ ޕާޓީގެ ގިނަ މެމްބަރުންތަކެއް ވެސް މިއަދު ތިބީ ސަރުކާރާ މެދު ހިތްހަމަނުޖެހިފައި ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ވަގުތު ޖެހުމުން ރައީސް މުއިއްޒު "ސައިޒް ކުރުމުގެ" މަސައްކަތުގައި އެ މެމްބަރުން ބައިވެރިވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވެސް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވިއެވެ.

ޑރ. މުޙައްމަދު މުޢިއްޒުމައުރޫފް ޒާކިރުކެންދޫ ދާއިރާރާއްޖެ ޓީވީފަލަސުރުހީ

އިތުރަށް ކިޔާލަން

27 މެއި 2026

ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް

27 މެއި 2026
ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް
27 މެއި 2026

ކަމަދޫ އީދު އުފާ: ރާއްޖެޓީވީ ފޭސްބުކް އަދި ޓިކްޓޮކްއިން ލައިވްކޮށް!

27 މެއި 2026
ކަމަދޫ އީދު އުފާ: ރާއްޖެޓީވީ ފޭސްބުކް އަދި ޓިކްޓޮކްއިން ލައިވްކޮށް!
27 މެއި 2026

އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް

27 މެއި 2026
އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް
27 މެއި 2026

15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި

27 މެއި 2026
15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި
26 މެއި 2026

ކަމަދޫ އީދު އުފާ ލައިވް ކަވަރޭޖަށް ރާއްޖެޓީވީ ގެ ޓީމު އެ ރަށަށް: އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފި

26 މެއި 2026
ކަމަދޫ އީދު އުފާ ލައިވް ކަވަރޭޖަށް ރާއްޖެޓީވީ ގެ ޓީމު އެ ރަށަށް: އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު