Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ަކަމަދޫ އީދު އުފާ 1447

ކަމަދޫ އީދު އުފާ ލައިވް ކަވަރޭޖަށް ރާއްޖެޓީވީ ގެ ޓީމު އެ ރަށަށް: އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފި

ބ. ކަމަދޫގައި މިއަހަރު ބާއްވާ ފޯރިގަދަ އަޟްޙާ އީދުގެ ހަރަކާތްތައް ރާއްޖެޓީވީ މެދުވެރިކޮށް ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ. "ހިތުން ހިތަށް" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތްތަކަށް 2000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ އެ ރަށުގެ ސަގާފަތާއި އިޖުތިމާއީ ބަދަހިކަން ދައްކުވައިދޭނެ ވަރަށް ބޮޑު ހަރަކާތެއް. އަންގާރަ ދުވަހުގެ ރޭ ރަސްމީކޮށް ފަށާ މި ކުޅިވަރުތަކަށް ކަމަދޫގެ ކައުންސިލާއި އީދު ކޮމިޓީން ވަނީ ފުރިހަމައަށް ތައްޔާރުވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 26 މެއި 2026 | އަންގާރަ 10:32
ރާއްޖެޓީވީ ގެ ޓީމުން ކަމަދުއަށް ދިއުމުން އެ ރަށުގެ ކައުންސިލްގެ ރައީސް ހަސަން ޒަރީރު އާއި ކަމަދޫ އީދު ކޮމެޓީގެ ރައީސް މުހައްމަދު ޝަމީމް ގެ އިތުރުން ކޮމިޓީގެ މެންބަރުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފަ

ރާއްޖެޓީވީ ގެ ޓީމުން ކަމަދުއަށް ދިއުމުން އެ ރަށުގެ ކައުންސިލްގެ ރައީސް ހަސަން ޒަރީރު އާއި ކަމަދޫ އީދު ކޮމެޓީގެ ރައީސް މުހައްމަދު ޝަމީމް ގެ އިތުރުން ކޮމިޓީގެ މެންބަރުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފަ | ނެނީ ފޮޓޯގްރަފީ

ކަމަދޫ އީދު އުފާ ލައިވް ކަވަރޭޖަށް ރާއްޖެޓީވީގެ ޓީމު ދިއުމުން އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

1447 ވަނަ އަހަރުގެ އަޟްޙާ ޢީދުގައި ބ. ކަމަދޫގައި ކުރިއަށްގެންދާ ފޯރިގަދަ އީދު ކުޅިވަރުތައް މި ފަހަރުވެސް ރާއްޖެޓީވީ އިން ލައިވް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ލައިވް ކަވަރޭޖަށް ރާއްޖެޓީވީ ގެ ޓީމުން ކަމަދުއަށް ދިއުމުން އެ ރަށުގެ ކައުންސިލްގެ ރައީސް ހަސަން ޒަރީރު އާއި ކަމަދޫ އީދު ކޮމެޓީގެ ރައީސް މުހައްމަދު ޝަމީމް ގެ އިތުރުން ކޮމިޓީގެ މެންބަރުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފަ އެވެ.

Advertisement - newsAdvertisement
Your browser does not support the video tag.
ކަމަދޫ އީދު އުފާ ލައިވް ކަވަރޭޖަށް ރާއްޖެޓީވީގެ ޓީމު ދިއުމުން އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފި

ކަމަދޫގެ އީދު ކުޅިވަރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭގަ އެވެ. ރާއްޖެޓީވީ މެދުވެރިކޮށް މި ހުރިހާ ހަރަކާތްތަކެއް ބެލުންތެރިންނަށް ވަގުތުން ގެނަސްދިނުމަށް ހަމަޖެހިފައިވާއިރު މިކަމާ ގުޅިގެން ރާއްޖެޓީވީގެ ޑެޕިއުޓީ ސީއޯއޯ ނާޒްމީ ވިދާޅުވީ ކަމަދޫ ފާހަގަ ކުރެވެނީ ތަފާތު ރަށެއްގެ ގޮތުގައި ކަމަށެވެ.

ކަމަދޫ އަކީ ސަގާފީ ކުޅިވަރުތައް ވަރާށް ފުރިހަމައަށް ގެނަސްދޭ ރަށެއްގެ ގޮތުގައި ކަމަދޫ ފާހަގަ ވެފައިވާއިރު މި ހުރިހާ ކުޅިވަރުތަކެއް ވެސް ރާއްޖެޓީވީ މެދުވެރިކޮށް ގެނަސްދޭނެ ކަމުގެ ޔަގީންކަން ނާޒްމީ ވަނީ ދެއްވާފަ އެވެ.

ކުލަގަދަކޮށް މިފަހަރުގެ ވެސް އީދު ފާހަގަ ކުރަން ތައްޔާރަށް އޮތް ކަމަދުއަށް އީދާ ގުޅިގެން 2000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެ ކަމަށް ކައުންސިލްގެ ރައީސް ޒަރީރު ވަނީ ވިދާޅުވެފަ އެވެ. ޒަރީރު ވިދާޅުވީ އަޟްޙާ އީދާރަށް ކަމަދޫ ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށާއި، ރަށަށް އަންނަ ހުރިހާ މެހަމާނުންނަށް ވަރަށް ފުރިހަމައަށް މަރުހަބާ ކިޔާނެ ކަމަށެވެ.

ޢީދަށް ވެފައިވާ ތައްޔާރީތައް ހިއްސާކޮށް އީދު ކޮމިޓީގެ ރައީސް ޝަމީމް ވިދާޅުވީ ރަށުގެ ތަރައްގީއާއި، އިޖްތިމާއީ އެންމެހައި ކަންކަމުގައި މުޅި ރަށް އެކުއެކީގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޚާއްސަކޮށް އީދު ހަރަކާތްތަކުގައި އެންމެން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކަމަދޫގެ އީދަކީ ސަގާފީ، އިޖްތިމާއީ، އިގްތިސާދީ ވަރަށް ބޮޑު ހަރަކާތެއް ކަމަށާއި، އެއްވެސް ހިޔާލު ތަފާތުވުމެއް ނެތް ކަމަށެވެ.

ޝަމީމް ވިދާޅުވީ މިދިޔަ އަހަރު އީދާ ގުޅިގެން ''ހިނިތުންވުން'' ޝިއާރެއް ބޭނުންކުރި ކަމަށާއި، އެގޮތަށް މިއަހަރު ވެސް ޝިއާރެއްގެ ގޮތުގައި ''ހިތުން ހިތަށް'' ބޭނުންކުރާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ގިނަ ބައެއްގެ ލީތްބާއި، ސަމާލުކަން ލިބި ރަށް ވެސް ވަރަށް ބޮޑަށް ޕްރޮމޯޓްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަމަދޫރާއްޖެ ޓީވީޒަރީރު ހަސަންމުހައްމަދު ޝަމީމުއަޟްހާ އީދުކަމަދޫ އީދު އުފާ 1447

ކޮމެންޓް

އިތުރަށް ކިޔާލަން

އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު

އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު

25 މެއި 2026
އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ

އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ

24 މެއި 2026
އަދުލު އިންސާފުގެ ނިޒާމަކީ ރައްޔިތުންގެ އެއްޗެއް، އެ ނިޒާމު ހަތިޔާރަކަށް ހަދައި ރައްޔިތުންނަށް އަދަބު ދިނުން ވާނީ ހަމަނުޖެހޭ ކަމަކަށް: ކުރީގެ އުއްތަމަފަނޑިޔާރު

އަދުލު އިންސާފުގެ ނިޒާމަކީ ރައްޔިތުންގެ އެއްޗެއް، އެ ނިޒާމު ހަތިޔާރަކަށް ހަދައި ރައްޔިތުންނަށް އަދަބު ދިނުން ވާނީ ހަމަނުޖެހޭ ކަމަކަށް: ކުރީގެ އުއްތަމަފަނޑިޔާރު

23 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

22 މެއި 2026
މިއަހަރު ވެސް މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

މިއަހަރު ވެސް މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

21 މެއި 2026

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު