Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް

ޕީއެސްޖީގެ ކާމިޔާބީ ފާހަގަ ކުރުމުގެ ތެރެއިން 400 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފި

1 ޖޫން 2026 | ހޯމަ 03:07

ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އުފާާ ފާޅު ކުރުމުގެ ތެރޭގައި ވެސް، މިފަދަ ހަމަ ނުޖެހުން ތަކެއް ވަނީ ހިނގާފައި. އެހެންވެ، މިފަހަރު އިދާރާ ތަކުން މިފަދަ ޙާލަތަކަށް ތައްޔާރުވެ ތިބި ކަމަށާއި، ވަރަށް ވަރުގަދަ އަދި ޚަރުދަނާ ނިޒާމެއް ޤާއިމު ކޮށްފައިވާ ކަމަށް ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ލޯރަންޒް ނޫނިއޭޒް ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2026 | ހޯމަ 03:07
ޕީއެސްޖީ އިން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ފްރާންސްގެ ވެރި ރަށް ޕެރިހުގައި ކުރިއަށް ގެންދިޔަ ޙަރަކާތް ހޫނުވެ، މަގު މަތީގައި ހުރި އުޅަނދު ތަކެއްގައި އަލިފާން ރޯކޮށްލާފައި.

ޕީއެސްޖީ އިން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ފްރާންސްގެ ވެރި ރަށް ޕެރިހުގައި ކުރިއަށް ގެންދިޔަ ޙަރަކާތް ހޫނުވެ، މަގު މަތީގައި ހުރި އުޅަނދު ތަކެއްގައި އަލިފާން ރޯކޮށްލާފައި. | ރޮއިޓާސް

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އުފާ ފާޅު ކުރުމުގެ ތެރޭގައި ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަ ނުޖެހުން ތަކުގައި 400 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް އިދާރާ ތަކުން ހާމަ ކޮށްފި އެވެ. 

ފްރާންސްގެ ވެރި ރަށް ޕެރިހުގައި ބަސް އަދި ރޭލުގެ ޚިދުމަތް ތަކަށް ހުރަސް އެޅުނު ހަމަ ނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުންގެ އެތައް ހާސް އޮފިސަރުންނަކަށް ވަނީ މަސައްކަތް ކުރަން ޖެހިފަ އެވެ. ހަމަ ނުޖެހުން ތަކުގައި ހިނގި ބައެއް ކަންތައް ތަކުގެ ތެރޭގައި ފުލުހުންގެ އޮފިސަރުންނަށް ވެސް ވަނީ އަނިޔާވެފަ އެވެ. 

ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އުފާާ ފާޅު ކުރުމުގެ ތެރޭގައި ވެސް، މިފަދަ ހަމަ ނުޖެހުން ތަކެއް ވަނީ ހިނގައިފަ އެވެ. އެހެންވެ، މިފަހަރު އިދާރާ ތަކުން މިފަދަ ޙާލަތަކަށް ތައްޔާރުވެ ތިބި ކަމަށާއި، ވަރަށް ވަރުގަދަ އަދި ޚަރުދަނާ ނިޒާމެއް ޤާއިމު ކޮށްފައިވާ ކަމަށް ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ލޯރަންޒް ނޫނިއޭޒް ވިދާޅުވެފައިވެ އެވެ. 

ހޮނިހިރު ދުވަހުގެ ރޭ ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާ އެކު، އެ ޓީމުގެ އެތައް ހާސް ސަޕޯޓަރުން ތަކެއް ވަނީ ފްރާންސްގެ ޝާންޒެލިޒޭ ސަރަހައްދަށް ޖަމާވެފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ފޮޓޯ ތަކުން ފެންނަ ގޮތުގައި މަގު މަތީގައި ހުރި ބައެއް އުޅަނދު ތަކަށް ގެއްލުން ވެފައިވާއިރު، ބައެއް ފިހާރަ ތަކުގެ ބިއްލޫރި ގަނޑު ވެސް ވަނީ ތަޅާލައިފަ އެވެ. 

ހަމަ ނުޖެހުން ތަކުގައި ހަ އުޅަނދެއްގެ އިތުރުން، ދެ ވިޔަފާރިއަކާއި ބަސް ޝެލްޓަރެއް ހަލާކުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޮތޯރިޓީ ތަކުން ބުނި ގޮތުގައި އާދީއްތަ ދުވަހުގެ ކުރީކޮޅު 416 މީހުން ހައްޔަރު ކޮށްފައިވާ އިރު، އޭގެ ތެރެއިން 280 މީހުން ހައްޔަރު ކޮށްފައި ވަނީ ވެރި ރަށް ޕެރިހުންނެވެ. 

އިންޓީރިއާ މިނިސްޓަރު ވިދާޅުވީ ހަމަ ނުޖެހުން ތަކުގައި ހަތް އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށާއި، އެއީ އެއްވެސް ޙާލަތެއްގައި ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

ފްރާންސްޕީއެސްޖީ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

31 މެއި 2026

އާސެނަލް ބަލިކޮށް، ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި

31 މެއި 2026
އާސެނަލް ބަލިކޮށް، ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި
30 މެއި 2026

ޖެހި ޖެހިގެން ދެ ފަހަރު ފައިނަލް ކުޅުމަކީ ކުރަން އުނދަގޫ ކަމެއް، ޕީއެސްޖީ އިން ކުރީ އުނދަގޫ ދަތުރެއް: އެންރީކޭ

30 މެއި 2026
ޖެހި ޖެހިގެން ދެ ފަހަރު ފައިނަލް ކުޅުމަކީ ކުރަން އުނދަގޫ ކަމެއް، ޕީއެސްޖީ އިން ކުރީ އުނދަގޫ ދަތުރެއް: އެންރީކޭ
25 މެއި 2026

ފްރާންސްގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް، ކުރީގެ ބޮޑު ވަޒީރު އަޓަލް އިއުލާާން ކުރައްވައިފި

25 މެއި 2026
ފްރާންސްގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް، ކުރީގެ ބޮޑު ވަޒީރު އަޓަލް އިއުލާާން ކުރައްވައިފި
20 މެއި 2026

ފްރާންސްގައި ޖޫން މަހު އޮންނަ ޖީ7 ސަމިޓުގައި ޓްރަމްޕް ބައިވެރިވާ ކަމަށް ހާމަ ކޮށްފި

20 މެއި 2026
ފްރާންސްގައި ޖޫން މަހު އޮންނަ ޖީ7 ސަމިޓުގައި ޓްރަމްޕް ބައިވެރިވާ ކަމަށް ހާމަ ކޮށްފި
14 މެއި 2026

މެކްރޮންގެ މޫނު މަތީގައި އަނބިކަނބަލުން ޖެއްސެވީ، "ތިބާ އަކީ ވަރަށް ރީތި މީހެއް" ކަމަށް ވިދާޅުވެ އެހެން އަންހެނަކަށް ކުރެއްވި މެސެޖު ފެނުމުން

14 މެއި 2026
މެކްރޮންގެ މޫނު މަތީގައި އަނބިކަނބަލުން ޖެއްސެވީ، "ތިބާ އަކީ ވަރަށް ރީތި މީހެއް" ކަމަށް ވިދާޅުވެ އެހެން އަންހެނަކަށް ކުރެއްވި މެސެޖު ފެނުމުން
14 މެއި 2026

ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް ޕީއެސްޖީ އިން ފްރާންސް ލީގު ކާމިޔާބު ކޮށްފި

14 މެއި 2026
ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް ޕީއެސްޖީ އިން ފްރާންސް ލީގު ކާމިޔާބު ކޮށްފި
10 މެއި 2026

މެކްރޮން އިރުމަތީ އެފްރިކާ އަށް، ބޭނުމަކީ އެފްރިކާގައި ފްރާންސްގެ ނުފޫޒު ގަދަ ކުރުން

10 މެއި 2026
މެކްރޮން އިރުމަތީ އެފްރިކާ އަށް، ބޭނުމަކީ އެފްރިކާގައި ފްރާންސްގެ ނުފޫޒު ގަދަ ކުރުން
07 މެއި 2026

ޕީއެސްޖީ ވަރުގަދަ، އެންރީކޭ ހުރީ ތާރީޚީ ކާމިޔާބަކަށް ކެތްމަދުވެފައި

07 މެއި 2026
ޕީއެސްޖީ ވަރުގަދަ، އެންރީކޭ ހުރީ ތާރީޚީ ކާމިޔާބަކަށް ކެތްމަދުވެފައި
07 މެއި 2026

ބަޔާންގެ މައްޗަށް ކުރި ހޯދައި، ތަށި ދިފާއު ކުރަން ޕީއެސްޖީ އިން ފައިނަލް އަށް

07 މެއި 2026
ބަޔާންގެ މައްޗަށް ކުރި ހޯދައި، ތަށި ދިފާއު ކުރަން ޕީއެސްޖީ އިން ފައިނަލް އަށް
06 މެއި 2026

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި ފްރާންސްގެ މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި

06 މެއި 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި ފްރާންސްގެ މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް