Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޖެހި ޖެހިގެން ދެ ފަހަރު ފައިނަލް ކުޅުމަކީ ކުރަން އުނދަގޫ ކަމެއް، ޕީއެސްޖީ އިން ކުރީ އުނދަގޫ ދަތުރެއް: އެންރީކޭ

30 މެއި 2026 | ހޮނިހިރު 05:46

ޗެމްޕިއަންސް ލީގަކީ ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށާއި، ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް އެ މުބާރާތުގެ ފައިނަލް އަށް އައުމަށް ޕީއެސްޖީ އިން ކުރީ ފަސޭހަ ދަތުރެއް ނޫން ކަމަށް އެންރީކޭ ބުނި. ޕީއެސްޖީ އަކީ ޗެމްޕިއަން ޓީމު ކަމަށާއި، ނަމަވެސް އެހެން އެއްވެސް ޓީމަކަށް ކުރިމަތި ނުވާ ފަދަ އުނދަގޫ ތާވަލަކާ ޕީއެސްޖީ އަށް ކުރިމަތިލާން ޖެހުނު ކަމަށް އެންރީކޭ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 މެއި 2026 | ހޮނިހިރު 05:46
ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްޖީގެ ކޯޗު އެންރީކޭ.

ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްޖީގެ ކޯޗު އެންރީކޭ. | ގެޓީ އިމޭޖަސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޖެހި ޖެހިގެން ދެ އަހަރު ކުޅުމަކީ ކޮންމެ ޓީމަކަށް ވެސް ކުރަން އުނދަގޫ ކަމެއް ކަމަށް، އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިންޓަރ މިލާން ބަލިކޮށް، ޕީއެސްޖީ އިން ވަނީ އެ ކުލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. މިއަހަރުގެ ފައިނަލްގައި ޕީއެސްޖީ ނިކުންނާނީ އާސެނަލްއާ ދެކޮޅަށެވެ. މިއީ ޕީއެސްޖީ އަށް ތާރީޚީ ދަތުރަކަށް ވާއިރު، އެންރީކޭ ބުނީ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ޕީއެސްޖީ ކަމަށް ވީ ނަމަވެސް، ފައިނަލް މެޗުގެ ފޭވަރިޓުންނަކީ ޕީއެސްޖީ ކަމަށް ނުދެކޭ ކަމަށެވެ. 

ޗެމްޕިއަންސް ލީގަކީ ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށާއި، ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް އެ މުބާރާތުގެ ފައިނަލް އަށް އައުމަށް ޕީއެސްޖީ އިން ކުރީ ފަސޭހަ ދަތުރެއް ނޫން ކަމަށް އެންރީކޭ ބުންޏެވެ. ޕީއެސްޖީ އަކީ ޗެމްޕިއަން ޓީމު ކަމަށާއި، ނަމަވެސް އެހެން އެއްވެސް ޓީމަކަށް ކުރިމަތި ނުވާ ފަދަ އުނދަގޫ ތާވަލަކާ ޕީއެސްޖީ އަށް ކުރިމަތިލާން ޖެހުނު ކަމަށް އެންރީކޭ ބުންޏެވެ. އެހެން ނަމަވެސް، އެ ގޮންޖެހުން ތަކުގެ ސަބަބުން ޓީމު އިތުރަށް ވަރުގަދަވެ، ކުރިއެރުން ތަކެއް ލިބުނު ކަމަށް އެންރީކޭ ބުންޏެވެ. 

މުޅި މުބާރާތުގައި ޕީއެސްޖީ އިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭކަން ހާމަ ކުރަމުން އެންރީކޭ ބުނީ، ޗެމްޕިއަންސް ލީގުގެ ހުރިހާ މެޗެއްގައި ވެސް އެ ޓީމުން ވަނީ ވަކި ޚާއްސަ ފަލްސަފާއެއްގެ ދަށުން އެއް ގޮތަކަށް ކުޅުން ބައްޓަން ކޮށްފައި ކަމަށެވެ. އަދި ޓީމުގެ އެ ސާބިތު ކަމަކީ އަލުން ފައިނަލް އަށް ދަތުރު ކުރުމަށް ލިބުނު އެންމެ ބޮޑު ބާރު ކަމަށް އޭނާ ގަބޫލު ކުރެ އެވެ. ޗެމްޕިއަންސް ލީގުގައި ގާތް ގަނޑަކަށް ކުޅުނު ހުރިހާ މެޗެއްގެ ކޮންޓްރޯލް އޮތީ ޕީއެސްޖީ އަތުގައި ކަމަށާއި، ޖެހި ޖެހިގެން ދެ ފައިނަލް ކުޅުމަކީ ކޮންމެ ކުލަބަކަށް ވެސް ކުރަން އުނދަގޫ، އަދި ތާރީޚީ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ފައިނަލްގައި ޕީއެސްޖީއާ ދެކޮޅަށް ނުކުންނަ އާސެނަލްއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެންރީކޭ ވަނީ އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އާސެނަލް މިހާރު އޮތް ފެންވަރަކީ އޭނާ ހައިރާންވާ ކަމެއް ނޫން ކަމަށާއި، އެއީ އާޓެޓާ އެ ކުލަބުގައި ހޭދަ ކުރި ހަތް އަހަރުގެ ތެރޭގައި ބިނާކުރި ވަރު ގަދަ ޓީމެއްކަން ފެންނަން އޮތް ކަމަށް އެންރީކޭ ބުންޏެވެ. އަދި އާސެނަލް އަކީ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށް ވެސް ހައްގު ޓީމެއްގެ ގޮތުގައި އެންރީކޭ ސިފަ ކުރި އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުޕީއެސްޖީލުއިސް އެންރީކޭ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

30 މެއި 2026

އަނެއްކާ ވެސް ތާރީޚީ ކާމިޔާބެއް ހޯދަން އާސެނަލް އޮތީ ތައްޔާރަށް: އާޓެޓާ

30 މެއި 2026
އަނެއްކާ ވެސް ތާރީޚީ ކާމިޔާބެއް ހޯދަން އާސެނަލް އޮތީ ތައްޔާރަށް: އާޓެޓާ
14 މެއި 2026

ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް ޕީއެސްޖީ އިން ފްރާންސް ލީގު ކާމިޔާބު ކޮށްފި

14 މެއި 2026
ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް ޕީއެސްޖީ އިން ފްރާންސް ލީގު ކާމިޔާބު ކޮށްފި
07 މެއި 2026

ޕީއެސްޖީ ވަރުގަދަ، އެންރީކޭ ހުރީ ތާރީޚީ ކާމިޔާބަކަށް ކެތްމަދުވެފައި

07 މެއި 2026
ޕީއެސްޖީ ވަރުގަދަ، އެންރީކޭ ހުރީ ތާރީޚީ ކާމިޔާބަކަށް ކެތްމަދުވެފައި
07 މެއި 2026

ބަޔާންގެ މައްޗަށް ކުރި ހޯދައި، ތަށި ދިފާއު ކުރަން ޕީއެސްޖީ އިން ފައިނަލް އަށް

07 މެއި 2026
ބަޔާންގެ މައްޗަށް ކުރި ހޯދައި، ތަށި ދިފާއު ކުރަން ޕީއެސްޖީ އިން ފައިނަލް އަށް
06 މެއި 2026

ޕީއެސްޖީ އިން މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ޓީމަކީ ބަޔާން: އެންރީކޭ

06 މެއި 2026
ޕީއެސްޖީ އިން މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ޓީމަކީ ބަޔާން: އެންރީކޭ
06 މެއި 2026

20 އަހަރަށް ފަހު އާސެނަލް ޗެމްޕިއަންސް ލީގުގެ ފައިނަލް އަށް

06 މެއި 2026
20 އަހަރަށް ފަހު އާސެނަލް ޗެމްޕިއަންސް ލީގުގެ ފައިނަލް އަށް
30 އެޕްރީލު 2026

ފުރަތަމަ ލެގުގައި އެތުލެޓިކޯ އާއި އާސެނަލް އެއްވަރު ވެއްޖެ

30 އެޕްރީލު 2026
ފުރަތަމަ ލެގުގައި އެތުލެޓިކޯ އާއި އާސެނަލް އެއްވަރު ވެއްޖެ
29 އެޕްރީލު 2026

ދެ ވަނަ ލެގަށް ވެސް ނިކުންނާނީ މޮޅުވާން: އެންރީކޭ

29 އެޕްރީލު 2026
ދެ ވަނަ ލެގަށް ވެސް ނިކުންނާނީ މޮޅުވާން: އެންރީކޭ
29 އެޕްރީލު 2026

ވާދަވެރި ކުޅުމަކަށް ފަހު، ފުރަތަމަ ލެގުގައި ޕީއެސްޖީ އިން ބަޔާން ބަލިކޮށްފި

29 އެޕްރީލު 2026
ވާދަވެރި ކުޅުމަކަށް ފަހު، ފުރަތަމަ ލެގުގައި ޕީއެސްޖީ އިން ބަޔާން ބަލިކޮށްފި
14 އެޕްރީލު 2026

ޓީމާ މެދު އިތުބާރު އެބަ އޮތް، ނަތީޖާ އަނބުރާ ލެވޭނެ: ފްލިކް

14 އެޕްރީލު 2026
ޓީމާ މެދު އިތުބާރު އެބަ އޮތް، ނަތީޖާ އަނބުރާ ލެވޭނެ: ފްލިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް