Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އާސެނަލް ބަލިކޮށް، ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި

މިއީ ޕީއެސްޖީ އިން އެ ޓީމުގެ ތާރީޚުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ދެ ވަނަ ފަހަރު. މިދިޔަ އަހަރުގެ ފައިނަލްގައި ޕީއެސްޖީ އިން ވަނީ އިންޓަރ މިލާން ބަލިކޮށް، ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 މެއި 2026 | އާދީއްތަ 04:35
ޗެމްޕިއަންސް ލީގުގެ ތައްޓާ އެކު ޕީއެސްޖީ އިން އުފާ ފާޅު ކުރަނީ.

ޗެމްޕިއަންސް ލީގުގެ ތައްޓާ އެކު ޕީއެސްޖީ އިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މުބާރާތުގެ ތަށި ދިފާއު ކޮށްފި އެވެ.

ހަންގޭރީގެ ބުޑަޕެސްޓުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ޕީއެސްޖީ އިން ކާމިޔާބު ކުރީ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން ލަަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ދެ ވަނަ ހާފުގައި ޕީއެސްޖީ އިން ނަތީޖާ ހަމަހަމަ ކުރި އެވެ. 

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި އާސެނަލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ޕީއެސްޖީގެ އޭރިޔާ ބޭރުން ލިބުނު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ، ގޯލަށް ފޮނުވާލައިގެން އެ ލަނޑު އާސެނަލް އަށް ޖަހައިދިނީ ކައި ހަވާޓްޒް އެވެ. އޭގެ ފަހުން ވެސް ފުރަތަމަ ހާފުގައި އާސެނަލް އިން ވަނީ ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ.

 ދެ ވަނަ ހާފުގައި ޕީއެސްޖީ އިން ކުޅުން ރަނގަޅު ކުރިއިރު، އެ ޓީމުން ނަތީޖާ ހަމަހަމަ ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެއީ އާސެނަލްގެ އޭރިޔާ ތެރެއިން ޕީއެސްޖީގެ ކްވިޗާ ކްވަރެޝްކޭލިއާ އަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ޕީއެސްޖީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އޮސްމާން ޑެމްބެލޭ އެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު އެއްވަރުވެފައި އޮތުމާ އެކު، އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފަ އެވެ. އެ ދެ ހާފުގައި ވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން، ނަތީޖާ ނެރުމަށް ޖެހީ ޕެނަލްޓީ އެވެ. ޕެނަލްޓީގައި ޕީއެސްޖީ އިން ހަތަރު ޕެނަލްޓީ ކާމިޔާބު ކުރިއިރު، އާސެނަލް އަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ.

ޕީއެސްޖީގެ ގޮންޒާލޯ ރާމޯސް އާއި، ޑިސެއާ ޑޯއޫ އާއި، އަޝްރަފް ޙަކީމީ އަދި ލޫކާ ބެރާާލްޑޯ ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުގެ ނޫނޯ މެންޑޭސްގެ ޕެނަލްޓީ އާސެނަލްގެ ގޯލު ކީޕަރު ވަނީ މަތަ ކޮށްފަ އެވެ. އާސެނަލް އަށް ކާމިޔާބު ކުރެވުނު ތިން ޕެނަލްޓީ އަކީ ވިކްޓަ ޔޮކަރޭޝް އާއި ޑެކްލަން ރައިސް އަދި ގެބްރިއެލް މާޓިނެލީގެ ޕެނަލްޓީ އެވެ. އާސެނަލްގެ އެބްރެޗީ އެޒޭ އާއި ގަބްރިއެލް މަގާޅައެސްގެ ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ.

މިއީ ޕީއެސްޖީ އިން އެ ޓީމުގެ ތާރީޚުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ޕީއެސްޖީ އިން ވަނީ އިންޓަރ މިލާން ބަލިކޮށް، ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އަނެއްކޮޅުން، މިއީ އާސެނަލް އިން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅެ، ބަލިވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް އާސެނަލް ވަނީ ބަލިވެފަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުއާސެނަލްޕީއެސްޖީ

އިތުރަށް ކިޔާލަން

30 މެއި 2026

ޖެހި ޖެހިގެން ދެ ފަހަރު ފައިނަލް ކުޅުމަކީ ކުރަން އުނދަގޫ ކަމެއް، ޕީއެސްޖީ އިން ކުރީ އުނދަގޫ ދަތުރެއް: އެންރީކޭ

30 މެއި 2026
ޖެހި ޖެހިގެން ދެ ފަހަރު ފައިނަލް ކުޅުމަކީ ކުރަން އުނދަގޫ ކަމެއް، ޕީއެސްޖީ އިން ކުރީ އުނދަގޫ ދަތުރެއް: އެންރީކޭ
30 މެއި 2026

އަނެއްކާ ވެސް ތާރީޚީ ކާމިޔާބެއް ހޯދަން އާސެނަލް އޮތީ ތައްޔާރަށް: އާޓެޓާ

30 މެއި 2026
އަނެއްކާ ވެސް ތާރީޚީ ކާމިޔާބެއް ހޯދަން އާސެނަލް އޮތީ ތައްޔާރަށް: އާޓެޓާ
27 މެއި 2026

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް އާޓެޓާ ހޮވިއްޖެ

27 މެއި 2026
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް އާޓެޓާ ހޮވިއްޖެ
26 މެއި 2026

އާޓެޓާ އަށް ކުރެވުނީ ތަފާތު އިޙުސާސެއް، ދެން އޮތީ ޗެމްޕިއަންސް ލީގު!

26 މެއި 2026
އާޓެޓާ އަށް ކުރެވުނީ ތަފާތު އިޙުސާސެއް، ދެން އޮތީ ޗެމްޕިއަންސް ލީގު!
25 މެއި 2026

ފަހު މެޗުން ވެސް މޮޅުވެ، އާސެނަލް އިން 22 އަހަރަށް ފަހު ލީގުގެ ތަށި އުފުލާލައިފި

25 މެއި 2026
ފަހު މެޗުން ވެސް މޮޅުވެ، އާސެނަލް އިން 22 އަހަރަށް ފަހު ލީގުގެ ތަށި އުފުލާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު