Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ލީގު

ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް ޕީއެސްޖީ އިން ފްރާންސް ލީގު ކާމިޔާބު ކޮށްފި

14 މެއި 2026 | ބުރާސްފަތި 06:07

މިއީ ޕީއެސްޖީ އިން ޖެހި ޖެހިގެން ފްރާންސް ލީގު ކާމިޔާބު ކުރި ފަސް ވަނަ ފަހަރު. އަނެއް ކޮޅުން މިއީ ޕީއެސްޖީ އިން ފްރާންސް ލީގު ކާމިޔާބު ކުރި 14 ވަނަ ފަހަރު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 މެއި 2026 | ބުރާސްފަތި 06:07
މެޗުގައި ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ފްރާންސް ލީގުގައި ލެންސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ލީގު ދިފާއު ކޮށްފި އެވެ.

ޕީއެސްޖީ އިން ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކޮށްފައި ވަނީ ބުދަ ދުވަހުގެ ރޭ ލެންސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެންނެވެ. ލެންސްގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީ އިން ކާމިޔާބު ކޮށްފައި ވަނީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީ އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާާފުގެ 29 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ކްވިޗާ ކްވަރެޝްކޭލިއާ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އޮސްމާން ޑެމްބެލޭ އެވެ. މެޗުގައި ޕީއެސްޖީ އިން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. އެ ލަނޑު ޕީއެސްޖީ އަށް ޖަހައިދިނީ އިބްރާހިމް އެމްބާއޭ އެވެ. އެއީ ޑެޒެއާ ޑޫއޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މޮޅާ އެކު ޕީއެސްޖީ އިން ފްރާންސް ލީގު ކާމިޔާބު ކޮށްފައިވާއިރު، އެއް ވަަނައިގައި އެ ޓީމު އޮތީ 33 މެޗުން 76 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ލެންސް އަށް ލިބެނީ 67 ޕޮއިންޓެވެ. މިއީ ޕީއެސްޖީ އިން ޖެހި ޖެހިގެން ފްރާންސް ލީގު ކާމިޔާބު ކުރި ފަސް ވަނަ ފަހަރެވެ. އަނެއް ކޮޅުން މިއީ ޕީއެސްޖީ އިން ފްރާންސް ލީގު ކާމިޔާބު ކުރި 14 ވަނަ ފަހަރެވެ.

ފްރެންޗް ލީގުޕީއެސްޖީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

07 މެއި 2026

ޕީއެސްޖީ ވަރުގަދަ، އެންރީކޭ ހުރީ ތާރީޚީ ކާމިޔާބަކަށް ކެތްމަދުވެފައި

07 މެއި 2026
ޕީއެސްޖީ ވަރުގަދަ، އެންރީކޭ ހުރީ ތާރީޚީ ކާމިޔާބަކަށް ކެތްމަދުވެފައި
07 މެއި 2026

ބަޔާންގެ މައްޗަށް ކުރި ހޯދައި، ތަށި ދިފާއު ކުރަން ޕީއެސްޖީ އިން ފައިނަލް އަށް

07 މެއި 2026
ބަޔާންގެ މައްޗަށް ކުރި ހޯދައި، ތަށި ދިފާއު ކުރަން ޕީއެސްޖީ އިން ފައިނަލް އަށް
06 މެއި 2026

ޕީއެސްޖީ އިން މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ޓީމަކީ ބަޔާން: އެންރީކޭ

06 މެއި 2026
ޕީއެސްޖީ އިން މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ޓީމަކީ ބަޔާން: އެންރީކޭ
29 އެޕްރީލު 2026

ދެ ވަނަ ލެގަށް ވެސް ނިކުންނާނީ މޮޅުވާން: އެންރީކޭ

29 އެޕްރީލު 2026
ދެ ވަނަ ލެގަށް ވެސް ނިކުންނާނީ މޮޅުވާން: އެންރީކޭ
29 އެޕްރީލު 2026

ވާދަވެރި ކުޅުމަކަށް ފަހު، ފުރަތަމަ ލެގުގައި ޕީއެސްޖީ އިން ބަޔާން ބަލިކޮށްފި

29 އެޕްރީލު 2026
ވާދަވެރި ކުޅުމަކަށް ފަހު، ފުރަތަމަ ލެގުގައި ޕީއެސްޖީ އިން ބަޔާން ބަލިކޮށްފި
09 އެޕްރީލު 2026

ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި

09 އެޕްރީލު 2026
ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި
26 މާރިޗު 2026

ޙަކީމީ ޕީއެސްޖީ ދޫކޮށް ނުލާނެ ކަމަށް އޭނާގެ އެޖެންޓު ބުނެފި

26 މާރިޗު 2026
ޙަކީމީ ޕީއެސްޖީ ދޫކޮށް ނުލާނެ ކަމަށް އޭނާގެ އެޖެންޓު ބުނެފި
18 މާރިޗު 2026

ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.

18 މާރިޗު 2026
ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.
12 މާރިޗު 2026

ޗެލްސީ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި

12 މާރިޗު 2026
ޗެލްސީ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި
07 މާރިޗު 2026

މޮނާކޯ އަތް ދަށުވެ، ޕީއެސްޖީ އަށް ލީޑު ފުޅާ ނުކުރެވުނު

07 މާރިޗު 2026
މޮނާކޯ އަތް ދަށުވެ، ޕީއެސްޖީ އަށް ލީޑު ފުޅާ ނުކުރެވުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް