Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ފްރާންސްގައި ޖޫން މަހު އޮންނަ ޖީ7 ސަމިޓުގައި ޓްރަމްޕް ބައިވެރިވާ ކަމަށް ހާމަ ކޮށްފި

ދުނިޔޭގެ އިޤްތިޞާދީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ޤައުމު ހިމެނޭ، ގުރޫޕް އޮފް ސެވަން ނުވަތަ ޖީ7 ގެ ސަމިޓު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 15 ވަަނަ ދުވަހުން ފެށިގެން، 17 ވަނަ ދުވަހުގެ ނިޔަލަށް ފްރާންސްގެ އެވިއަންގައި. މީގެ ކުރިން މި ބައްދަލުވުމުގައި ޓްރަމްޕް ބައިވެރިވެ ވަޑައިގަންނަވާކަން ކަށަވަރު ކުރެވިފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 މެއި 2026 | ބުދަ 10:52
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އަންނަ ޖޫން މަހު ފްރާންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ7 ސަމިޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ކަށަވަރު ކޮށްދީފި އެވެ.

ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީ އިން ބުނީ، އީރާންގެ މައްސަލަ އާއި ވިޔަފާރީގެ ޓެރިފްތަކާ ގުޅިގެން އެމެރިކާ އާއި އެކުވެރި ޤައުމު ތަކުގެ ދެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ވެސް، ޓްރަމްޕް މި ސަމިޓަށް ވަޑައިގަތުމަށް މިހާރު ނިންމަވާފައިވާ ކަމަށެވެ. 

ދުނިޔޭގެ އިޤްތިޞާދީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ޤައުމު ހިމެނޭ، ގުރޫޕް އޮފް ސެވަން ނުވަތަ ޖީ7 ގެ ސަމިޓު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 15 ވަަނަ ދުވަހުން ފެށިގެން، 17 ވަނަ ދުވަހުގެ ނިޔަލަށް ފްރާންސްގެ އެވިއަންގަ އެވެ. މީގެ ކުރިން މި ބައްދަލުވުމުގައި ޓްރަމްޕް ބައިވެރިވެ ވަޑައިގަންނަވާކަން ކަށަވަރު ކުރެވިފައި ނުވެ އެވެ. 

މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވައިޓް ހައުސް އިން ބުނެފައި ވަނީ، ޓްރަމްޕްގެ ތާވަލްއާ ގުޅޭ ގޮތުން ފްރާންސް އިން ސަމިޓު ބާއްވާ ތާރީޚަށް ބަދަލު ތަކެއް ގެނެސްފައިވާ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޖޫން މަހުގެ 14 ވަނަ ދުވަހަކީ ޓްރަމްޕްގެ 80 ވަނަ އުފަން ދުވަހެވެ. އެ ދުވަހ ވައިޓް ހައުސްގައި ޚާއްސަ ޙަރަކާތެެއް އަދި އިވެންޓެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ. 

އެކްސިއޯސް ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ސަމިޓުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި، ބައިނަލްއަޤުވާމީ ވިޔަފާރީ އަދި ކުށްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް ބޭނުންފުޅުވެ އެވެ. ނަމަވެސް، މި ސަމިޓު ބާއްވަނީ އެމެރިކާ އާއި ޖީ7 ގެ އެހެން މެމްބަރު ޤައުމުތަކާ ދެމެދު ބޮޑެތި ޚިޔާލު ތަފާތުވުން ތަކެއް އުފެދިފައިވާ ވަގުތެއްގަ އެވެ. ޚާއްސަކޮށް މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައި އީރާންއާ ދެކޮޅަށް ޓްރަމްޕް ފެއްޓެވި ހަނގުރާމައިގެ ސަބަބުން، ޤައުމު ތަކުގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.

އީރާން އިން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާ އަށް އުފުލިފައިވާއިރު، އެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް އެމެރިކާގެ އެކުވެރި ޤައުމު ތަކުން އެހީތެރިން ނުދޭތީވެ، ޓްރަމްޕް ވަނީ އެ ޤައުމު ތަަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

އަނެއްކޮޅުން އެމެރިކާ އާއި އިޒްރޭލް އެކުވެގެން ކުރަމުން އަންނަ މި ހަނގުރާމައިގެ ސަބަބުން އެ ޤައުމު ތަކުގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ހުޅަނގުގެ ޤައުމު ތަކުން ވަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މީގެ އިތުރުން ޓްރަމްޕްގެ ސަރުކާރުން ބޭރުގެ މުދަލުން ނަގާ ޓެރިފް ނުވަތަ ޑިއުޓީ ބޮޑު ކޮށްފައިވާ މައްސަލަ އަކީ ވެސް ޤައުމު ތަކުގެ މެދުގައި އޮތް ކަންބޮޑުވުމެކެވެ. 

ފްރާންސްގައި އޮންނަ ޖީ7 ސަމިޓަށް ޓްރަމްޕް ވަޑައިގަންނަވާނެކަން ކަށަވަރު ކުރެވިފައި ވީ ނަމަވެސް، ޖުލައި މަހުގެ ފަހު ކޮޅު ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯ ސަމިޓުގައި ޓްރަމްޕް ބައިވެރިވެ ވަޑައިގަންނަވާކަން އަދި ކަށަވަރެއް ނުވެ އެވެ. ޖީ7 ގައި ހިމެނެނީ އިނގިރޭސިވިލާތް، ކެނެޑާ، ފްރާންސް، ޖަރުމަނު، އިޓަލީ، ޖަޕާން އަދި އެމެރިކާ އެވެ. ކޮންމެ އަހަރަކު ވެސް މި ޤައުމު ތަކުގެ ތެރެއިން ޤައުމަކުން އިސް ސަމިޓް ތަކާއި، ވަޒީރުންގެ ފެންވަރުގެ ބައްދަލުވުންތައް އިންތިޒާމު ކުރަމުން ގެންދެ އެވެ.

މަސްދަރު: އޭއެފްޕީ

އެމެރިކާވައިޓް ހައުސްޖީ-7 ސަމިޓްފްރާންސްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ އަސްކަރިއްޔާ އަށް 428 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އެމެރިކާ އިން ފާސް ކޮށްފި

އިންޑިއާގެ އަސްކަރިއްޔާ އަށް 428 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އެމެރިކާ އިން ފާސް ކޮށްފި

20 މެއި 2026
ސެން ޑިއޭގޯގެ އިސްލާމިކް ސެންޓަރުގައި ބަޑީގެ ހަމަލާ ތަކެއް، ފަސް މީހަކު މަރުވެއްޖެެ

ސެން ޑިއޭގޯގެ އިސްލާމިކް ސެންޓަރުގައި ބަޑީގެ ހަމަލާ ތަކެއް، ފަސް މީހަކު މަރުވެއްޖެެ

19 މެއި 2026
އީރާން އާއެކު ނިއުކްލިއާ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވަރަށް ބޮޑު: ޓްރަމްޕް

އީރާން އާއެކު ނިއުކްލިއާ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވަރަށް ބޮޑު: ޓްރަމްޕް

19 މެއި 2026
އަންގާރަ ދުވަހު އީރާން އަށް ހަމަލާ ދޭން ނިންމިން، މަޑު ޖައްސާލީ ގަލްފުގެ ވެރިން އެދިގެން: ޓްރަމްޕް

އަންގާރަ ދުވަހު އީރާން އަށް ހަމަލާ ދޭން ނިންމިން، މަޑު ޖައްސާލީ ގަލްފުގެ ވެރިން އެދިގެން: ޓްރަމްޕް

19 މެއި 2026
2028 ގައި ވޭންސް ވާދަ ކުރައްވާ ނަމަ، އޭނާ އަށް އެންމެ ފުރަތަމަ ތާާއީދު ކުރާނީ އަހަރެން: ރޫބިއޯ

2028 ގައި ވޭންސް ވާދަ ކުރައްވާ ނަމަ، އޭނާ އަށް އެންމެ ފުރަތަމަ ތާާއީދު ކުރާނީ އަހަރެން: ރޫބިއޯ

18 މެއި 2026

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު