Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި ފްރާންސްގެ މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި

މި ހަމަލާގެ ސަބަބުން، އެ އުޅަނދުގެ ފަޅުވެރިންގެ ތެރެއިން ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ސީއެމްއޭ ސީޖީއެމް އިން ބުނެފައިވޭ. އޭގެ އިތުރުން، ހަމަލާގެ ސަބަބުން އުޅަނދަށް ވެސް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 މެއި 2026 | ބުދަ 08:39
ފްރާންސްގެ މުދާ އުފުލާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ، ސީއެމްއޭ ސީޖީއެމްގެ އުޅަނދެއް.

ފްރާންސްގެ މުދާ އުފުލާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ، ސީއެމްއޭ ސީޖީއެމްގެ އުޅަނދެއް. | ރޮއިޓާސް

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި ފްރާންސްގެ މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓު ކޮށްފި އެވެ. 

ފްރާންސްގެ މުދާ އުފުލާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ، ސީއެމްއޭ ސީޖީއެމްގެ އުޅަނދެއް، އަންގާރަ ދުވަހު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރަނިކޮށް ހަމަލާ ދީފައިވާ ކަމަށް އެ ކުންފުނިން ވަނީ ކަށަވަރު ކޮށްދީފަ އެވެ. 

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހަމަލާގެ އަމާޒަކަށްވީ އެ ކުންފުނީގެ "ސަން އެންޓޯނިއޯ" ނަމަކަށް ކިޔާ އުޅަނދެއް ކަމަށެވެ. މި ހަމަލާ ދީފައި ވަނީ އެ އުޅަނދު ހޮރްމޫޒް ކަނޑު އޮޅި ހުރަސްކޮށް، ދަތުރު ކުރަމުން ދަނިކޮށް ކަމަށް ވެސް އެ ކުންފުނިން ވަނީ މައުލޫމާތު ދީފަ އެވެ. 

މި ހަމަލާގެ ސަބަބުން، އެ އުޅަނދުގެ ފަޅުވެރިންގެ ތެރެއިން ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ސީއެމްއޭ ސީޖީއެމް އިން ބުނެފައިވެ އެވެ. އޭގެ އިތުރުން، ހަމަލާގެ ސަބަބުން އުޅަނދަށް ވެސް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

އަނިޔާ ލިބުނު ފަޅުވެރިންނާ ގުޅޭ ގޮތުން އެ ކުންފުނިން ބުނީ، ހަމަލާގައި ޒަޚަމުވި މީހުން މިހާރު އުޅަނދުން ބާލާފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ބޭނުންވާ ޞިއްޙީ ފަރުވާގެ ކަންކަން މިހާރު ފޯރުކޮށްދެމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ. 

މި ހަމަލާއާ ގުޅޭ އިތުރު ތަފްސީލެއް، ނުވަތަ ހަމަލާ ދިނީ ކޮން ބައެއް ކަމެއް އެ ކުންފުނިން ހާމަ ކޮށްފައި ނުވެ އެވެ. ނަމަވެސް، މިއީ ބައިނަލްއަޤުވާމީ ކަނޑު ދަތުރު ފަތުރުގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި، ކަމާ ގުޅުން ހުރި ފަރާތްތަކުން އަންނަނީ ސިފަ ކުރަމުންނެވެ. 

މަސްދަރު: ރޮއިޓާސް

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޮރްމޫޒް ކަނޑުއޮޅިފްރާންސް

އިތުރަށް ކިޔާލަން

06 މެއި 2026

ޕާކިސްތާން އާއި އެހެން ޤައުމު ތަކުގެ އެދުމުގެ މަތިން، ހޮރްމޫޒް ކަނޑުއޮޅީގެ އޮޕަރޭޝަން އެމެރިކާ އިން މެދު ކަނޑާލައިފި

06 މެއި 2026
ޕާކިސްތާން އާއި އެހެން ޤައުމު ތަކުގެ އެދުމުގެ މަތިން، ހޮރްމޫޒް ކަނޑުއޮޅީގެ އޮޕަރޭޝަން އެމެރިކާ އިން މެދު ކަނޑާލައިފި
06 މެއި 2026

ހަނގުރާމަ ފެށި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަރާގްޗީ އެ ޤައުމަށް ވަޑައިގެންފި

06 މެއި 2026
ހަނގުރާމަ ފެށި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަރާގްޗީ އެ ޤައުމަށް ވަޑައިގެންފި
06 މެއި 2026

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް، ގޮތް ނޭނގޭ އެއްޗަކުން ހަމަލާ ދީފި

06 މެއި 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް، ގޮތް ނޭނގޭ އެއްޗަކުން ހަމަލާ ދީފި
06 މެއި 2026

އީރާންއާ ދެކޮޅަށް އެމެރިކާާ އިން ފެށި އަސްކަރީ އޮޕަރޭޝަން ނިމިފައިވާ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

06 މެއި 2026
އީރާންއާ ދެކޮޅަށް އެމެރިކާާ އިން ފެށި އަސްކަރީ އޮޕަރޭޝަން ނިމިފައިވާ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ
05 މެއި 2026

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ޗައިނާ އަށް

05 މެއި 2026
އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ޗައިނާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު