Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

ޕީއެސްޖީ ވަރުގަދަ، އެންރީކޭ ހުރީ ތާރީޚީ ކާމިޔާބަކަށް ކެތްމަދުވެފައި

ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް ޕީއެސްޖީ އިން ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޖާގަ ހޯދާފައިވާއިރު، އެންރީކޭ ހުރީ ތާރީޚީ ކާމިޔާބީ އަކަށް ބޭނުންވެފައި. އެންރީކޭގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގައި ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާއިރު، އެއީ އެ ކުލަބުގެ ތާރީޚުގައި ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 މެއި 2026 | ބުރާސްފަތި 07:02
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ.

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ. | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ޖަރުމަނުގެ ބަޔާން މިއުނިކްގެ މައްޗަށް ކުރި ހޯދައި، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދިއިރު، ތާރީޚީ ކާމިޔާބެއް ހޯދަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ. 

ބަޔާންއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލްގެ ދެ ވަނަ ލެގަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އެންރީކޭ ބުނީ، އެ މެޗަކީ ވަރަށް މަތީ ފަންތީގެ މެޗެއް ކަމަށެވެ. ފުރަތަމަ ލެގާ އަޅާ ބަލާއިރު، ދެ ޓީމުން ވެސް ވަރަށް ރަނގަޅަށް ޑިފެންސް ކޮށްގެން، ވަރުގަދަ ކުޅުމެއް ކުޅުނު ކަމަށް އެންރީކޭ ވަނީ ފާހަގަ ކޮށްފަ އެވެ.

އެންރީކޭ ބުނީ ޕީއެސްޖީ އިން މެޗު ފެށީ ވެސް ވަރަށް ރަނގަޅަށް ކަމަށާއި، އެ ޓީމުން ފުރުސަތު ތަކެއް ވެސް ހޯދި ކަމަށެވެ. މެޗު ފަށައިގެން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ލަނޑު ޖެހުމަށް ފަހު، ޕީއެސްޖީ އަށް އިތުރު ހިތްވަރެއް ލިބުނު ކަމަށް ވެސް އެންރީކޭ ބުންޏެވެ. ނަމަވެސް، ބަޔާން އިން ވެސް ދިޔައީ ފުލުފުލުގައި އެޓޭކު ކުރަމުން ކަމަށާއި، އެކަމުގެ ސަބަބުން ޕީއެސްޖީ އަށް ވަރަށް ބޮޑު އުނދަގުލެއް ދިމާވި ކަމަށް ވެސް އެންރީކޭ ބުންޏެވެ.

އެކަން ފާހަގަކޮށް އެންރީކޭ ބުނީ، ޕީއެސްޖީ އިން މެޗަށް ނިކުތީ ޑިފެންސް ކޮށްގެން ކުޅެން ވިސްނައިގެން ނޫން ކަމަށެވެ. އެހެން ނަމަވެސް، މެޗުގައި ޕީއެސްޖީ އިން ޑިފެންސްގައި އާދަޔާ ޚިލާފު ކަމެއް ދައްކާފައިވާ ކަމަށް އެންރީކޭ ބުންޏެވެ. އޭނާ ބުނީ ޕީއެސްޖީގެ ކުޅުންތެރިން ދައްކައި ދިނީ އެ ކުޅުންތެރިންގެ ފެންވަރު ކަމަށާއި، އެ ކުޅުންތެރިން ދައްކައި ދިނީ ޕީއެސްޖީގެ އަސްލު ކޮލެޓީ ކަމަށް އެންރީކޭ ބުންޏެވެ. އެންރީކޭ ބުނީ ޕީއެސްޖީގެ ކުޅުންތެރިންނާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. 

ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް ޕީއެސްޖީ އިން ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޖާގަ ހޯދާފައިވާއިރު، އެންރީކޭ ހުރީ ތާރީޚީ ކާމިޔާބީ އަކަށް ބޭނުންވެފަ އެވެ. އެންރީކޭގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގައި ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާއިރު، އެއީ އެ ކުލަބުގެ ތާރީޚުގައި ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. 

ޕީއެސްޖީ އަކީ މިހާތަނަށް އޭނާ އިރުޝާދު ދިން އެންމެ ވަރުގަދަ ޓީމުތޯ ސުވާލު ކުރުމުން އެންރީކޭ ބުނީ، އެ ސުވާލަށް ޖަވާބު ދޭން އުނދަގޫ ވާނެ ކަމަށެވެ. ނަމަވެސް، އޭނާގެ ނަޒަރުގައި ޕީއެސްޖީގައި ހޭދަ ކޮށްފައިވާ ތިން އަހަރަށް ބަލާއިރު، އެ މުއްދަތުގެ ތެރޭގައި އެންމެ ވަރުގަދަ ޓީމަކީ ޕީއެސްޖީއޭ ބުނުމުގެ ފުރުސަތު އެބަ އޮތެވެ.

ޕީއެސްޖީލުއިސް އެންރީކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޔާންގެ މައްޗަށް ކުރި ހޯދައި، ތަށި ދިފާއު ކުރަން ޕީއެސްޖީ އިން ފައިނަލް އަށް

ބަޔާންގެ މައްޗަށް ކުރި ހޯދައި، ތަށި ދިފާއު ކުރަން ޕީއެސްޖީ އިން ފައިނަލް އަށް

07 މެއި 2026
ޕީއެސްޖީ އިން މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ޓީމަކީ ބަޔާން: އެންރީކޭ

ޕީއެސްޖީ އިން މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ޓީމަކީ ބަޔާން: އެންރީކޭ

06 މެއި 2026
ދެ ވަނަ ލެގަށް ވެސް ނިކުންނާނީ މޮޅުވާން: އެންރީކޭ

ދެ ވަނަ ލެގަށް ވެސް ނިކުންނާނީ މޮޅުވާން: އެންރީކޭ

29 އެޕްރީލު 2026
ވާދަވެރި ކުޅުމަކަށް ފަހު، ފުރަތަމަ ލެގުގައި ޕީއެސްޖީ އިން ބަޔާން ބަލިކޮށްފި

ވާދަވެރި ކުޅުމަކަށް ފަހު، ފުރަތަމަ ލެގުގައި ޕީއެސްޖީ އިން ބަޔާން ބަލިކޮށްފި

29 އެޕްރީލު 2026
ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި

ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި

09 އެޕްރީލު 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު