Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ބަޔާންގެ މައްޗަށް ކުރި ހޯދައި، ތަށި ދިފާއު ކުރަން ޕީއެސްޖީ އިން ފައިނަލް އަށް

7 މެއި 2026 | ބުރާސްފަތި 03:45

މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުމަށް ހަަމަޖެހިފައި ވަނީ ހަންގޭރީގެ ބުޑަޕެސްޓުގައި. މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ އޮންނަ ފައިނަލްގައި ޕީއެސްޖީ ނިކުންނާނީ އާސެނަލްއާ ދެކޮޅަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މެއި 2026 | ބުރާސްފަތި 03:45
ބަޔާންގެ މައްޗަށް ކުރި ހޯދައި، ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޖާގަ ހޯދުމަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

ބަޔާންގެ މައްޗަށް ކުރި ހޯދައި، ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޖާގަ ހޯދުމަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ޖަރުމަނުގެ ބަޔާން މިއުނިކްގެ މައްޗަށް ކުރި ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދައިފި އެވެ. 

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގު އެ ޓީމުން ވަނީ 5-4 އިން ކާމިޔާބު ކޮށްފަ އެވެ. އެހެންވެ، ދެ ވަނަ ލެގުން ބަލި ނުވެ ފަރުޖައްސާލައިގެން ޕީއެސްޖީ އަށް އޮތީ ފައިނަލްގެ ޖާގަ ލިބޭ ގޮތަށެވެ. ބުދަ ދުވަހުގެ ރޭ ދަންވަރު ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ.

މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ޕީއެސްޖީ އިން ވަނީ ބަޔާން ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ޕީއެސްޖީ އަށް ޖަހައިދިނީ ފްރާންސްގެ އޮސްމާން ޑެމްބެލޭ އެވެ. އެ ލަނޑު ޖަހަން ޑެމްބެލޭ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ކްވިޗާ ކްވަރެޝްކޭލިއާ އެވެ. އޭގެ ފަހުން ޕީއެސްޖީ އިން ލީޑު ފުޅާ ކުރުމަށް މަސައްކަތް ކުރިއިރު، ބަޔާން އަށް ވަނީ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތު ލިބިފަ އެވެ.

މެޗުގައި ބަޔާންގެ ހަމައެކަނި ލަނޑު އެ ޓީމުން ޖެހީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. އެ ލަނޑު ބަޔާން އަށް ޖަހައިދިނީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ. އެއީ އަލްފަންސޯ ޑޭވިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޭން ޖެހި ލަނޑެކެވެ. އޭގެ ކުރިން ވެސް މެޗުގައި ބަޔާން އަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިފަ އެވެ. 

ބަޔާންގެ ދަނޑުގައި ކުޅުނު ދެ ވަނަ ލެގު އެއްވަރުވީއިރު، ޕީއެސްޖީ އިން ފައިނަލްގެ ޖާގަ ހޯދީ އެގްރިގޭޓް ނަތީޖާ 6-5 އިންނެވެ. މިއީ ޕީއެސްޖީ އިން މުބާރާތުގެ ފައިނަލްގައި ޖެހި ޖެހިގެން ކުޅޭނެ ދެ ވަނަ ފަހަރެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ޕީއެސްޖީ އިން ކާމިޔާބު ކުރީ ފައިނަލްގައި އިންޓަރ މިލާން ބަލިކޮށްގެންނެވެ. އެއީ ޕީއެސްޖީގެ ތާރީޚުގައި އެ ޓީމުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. 

މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުމަށް ހަަމަޖެހިފައި ވަނީ ހަންގޭރީގެ ބުޑަޕެސްޓުގަ އެވެ. މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ އޮންނަ ފައިނަލްގައި ޕީއެސްޖީ ނިކުންނާނީ އާސެނަލްއާ ދެކޮޅަށެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުޕީއެސްޖީބަޔާން މިއުނިކް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

06 މެއި 2026

ޕީއެސްޖީ އިން މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ޓީމަކީ ބަޔާން: އެންރީކޭ

06 މެއި 2026
ޕީއެސްޖީ އިން މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ޓީމަކީ ބަޔާން: އެންރީކޭ
06 މެއި 2026

20 އަހަރަށް ފަހު އާސެނަލް ޗެމްޕިއަންސް ލީގުގެ ފައިނަލް އަށް

06 މެއި 2026
20 އަހަރަށް ފަހު އާސެނަލް ޗެމްޕިއަންސް ލީގުގެ ފައިނަލް އަށް
30 އެޕްރީލު 2026

ފުރަތަމަ ލެގުގައި އެތުލެޓިކޯ އާއި އާސެނަލް އެއްވަރު ވެއްޖެ

30 އެޕްރީލު 2026
ފުރަތަމަ ލެގުގައި އެތުލެޓިކޯ އާއި އާސެނަލް އެއްވަރު ވެއްޖެ
29 އެޕްރީލު 2026

ދެ ވަނަ ލެގުން މޮޅުވެ، ފައިނަލަށް ދާން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: ކޮމްޕެނީ

29 އެޕްރީލު 2026
ދެ ވަނަ ލެގުން މޮޅުވެ، ފައިނަލަށް ދާން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: ކޮމްޕެނީ
29 އެޕްރީލު 2026

ދެ ވަނަ ލެގަށް ވެސް ނިކުންނާނީ މޮޅުވާން: އެންރީކޭ

29 އެޕްރީލު 2026
ދެ ވަނަ ލެގަށް ވެސް ނިކުންނާނީ މޮޅުވާން: އެންރީކޭ
29 އެޕްރީލު 2026

ވާދަވެރި ކުޅުމަކަށް ފަހު، ފުރަތަމަ ލެގުގައި ޕީއެސްޖީ އިން ބަޔާން ބަލިކޮށްފި

29 އެޕްރީލު 2026
ވާދަވެރި ކުޅުމަކަށް ފަހު، ފުރަތަމަ ލެގުގައި ޕީއެސްޖީ އިން ބަޔާން ބަލިކޮށްފި
14 އެޕްރީލު 2026

ޓީމާ މެދު އިތުބާރު އެބަ އޮތް، ނަތީޖާ އަނބުރާ ލެވޭނެ: ފްލިކް

14 އެޕްރީލު 2026
ޓީމާ މެދު އިތުބާރު އެބަ އޮތް، ނަތީޖާ އަނބުރާ ލެވޭނެ: ފްލިކް
09 އެޕްރީލު 2026

ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި

09 އެޕްރީލު 2026
ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި
09 އެޕްރީލު 2026

އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތް ދަށުވެ، ބާސެލޯނާ އަށް ހާސްކަން

09 އެޕްރީލު 2026
އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތް ދަށުވެ، ބާސެލޯނާ އަށް ހާސްކަން
08 އެޕްރީލު 2026

ފުރަތަމަ ލެގުގައި އާސެނަލް އިން ސްޕޯޓިން ބަލިކޮށްފި

08 އެޕްރީލު 2026
ފުރަތަމަ ލެގުގައި އާސެނަލް އިން ސްޕޯޓިން ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް