Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފްރާންސްގެ

މެކްރޮންގެ މޫނު މަތީގައި އަނބިކަނބަލުން ޖެއްސެވީ، "ތިބާ އަކީ ވަރަށް ރީތި މީހެއް" ކަމަށް ވިދާޅުވެ އެހެން އަންހެނަކަށް ކުރެއްވި މެސެޖު ފެނުމުން

އުމުރުން 42 އަހަރުގެ ފަރަހާނީ އަށް މެކްރޮން ފޮނުވާފައިވާ މެސެޖުގައި ވިދާޅުވެފައި ވަނީ "ތިބާ އަކީ ވަރަށް ރީތި މީހެއް" ކަމަށް. އެ ފޮތުގައި މި ވާހަކަ ބަޔާން ކޮށްފައިވާއިރު، ނޫސްވެރިޔާ ލިޔެފައި ވަނީ މެކްރޮންގެ އަނބިކަނބަލުންނަށް އެ މެސެޖު ފެނިވަޑައިގެންނެވި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 މެއި 2026 | ބުރާސްފަތި 10:23
ފްރާންސްގެ ރައީސް އިމެނުއެލް މެކްރޮން އާއި، އަނބިކަނބަލުން ބްރިޖިޓް މެކްރޮން.

ފްރާންސްގެ ރައީސް އިމެނުއެލް މެކްރޮން އާއި، އަނބިކަނބަލުން ބްރިޖިޓް މެކްރޮން. | ގެޓީ އިމޭޖަސް

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ މޫނު މަތީގައި އޭނާގެ އަނބިކަނބަލުން ބްރިޖިޓް މެކްރޮން ޖެއްސެވީ، މެކްރޮން އާއި އީރާންގެ އެކްޓްރެސްއަކާ ދެމެދު ކޮށްފައިވާ މެސެޖުތައް ފެނިގެން ކަމަށް ރިޕޯޓު ކޮށްފި އެވެ. 

މި ހާދިސާ ހިނގާފައި ވަނީ 2025 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މެކްރޮން އާއި ބްރިޖިޓް ވިއެޓްނާމްގެ ހެނޯއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެ ދަތުރުފުޅުގައި މެކްރޮން ފްލައިޓުން ފައިބައި ވަޑައިގަންނަވަނިކޮށް، މެކްރޮންގެ މޫނު މަތީގައި ބްރިޖިޓް އަތުން ޖައްސަވާ މަންޒަރު ފެނެ އެވެ. 

ނޫސްވެރިޔާ ފްލޯރިއަން ޓާޑިފް މިދިޔަ ބުދަ ދުވަހު ނެރުނު "އޭން (އޯލްމޯސްޓް) ޕާފެކްޓް ކަޕްޕް) ނަމަކަށް ކިޔާ ފޮތުގައި ވަނީ އެ ހާދިސާގެ ވާހަކަ ގެނެސްފަ އެވެ. އެގޮތުން މެކްރޮންގެ އަނބިކަނބަލުން ބްރިޖިޓް، އޭނާ ދެކެ ކޯފާވީ އީރާންގެ އެކްޓްރެސްއެއް ކަމަށްވާ ގޮލްޝިފްތޭ ފަރަހާނީ އާއި މެކްރޮންއާ ދެމެދު ބަދަލު ކޮށްފައިވާ މެސެޖުތައް ފެނިގެން ކަމަށް ބުނެފައިވެ އެވެ. 

އުމުރުން 42 އަހަރުގެ ފަރަހާނީ އަށް މެކްރޮން ފޮނުވާފައިވާ މެސެޖުގައި ވިދާޅުވެފައި ވަނީ "ތިބާ އަކީ ވަރަށް ރީތި މީހެއް" ކަމަށެވެ. އެ ފޮތުގައި މި ވާހަކަ ބަޔާން ކޮށްފައިވާއިރު، ނޫސްވެރިޔާ ލިޔެފައި ވަނީ މެކްރޮންގެ އަނބިކަނބަލުންނަށް އެ މެސެޖު ފެނިވަޑައިގެންނެވި ކަމަށެވެ. 

މެކްރޮންގެ ދަތުރުފުޅުގެ މަންޒަރުތައް ވަގުތުން ގެނެސް ދެމުން ދިޔަ ކެމެރާ ތަކަށް ވަނީ، މެކްރޮންގެ އަނބިކަނބަލުން އޭނާގެ މޫނު މަތީގައި ޖެއްސެވި މަންޒަރު އަރައިފަ އެވެ. އެ މަންޒަރު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެގެން ދިޔަ އެވެ. ޕެރިސް މެޗް ނޫހުގައި ޝާއިއު ކޮށްފައިވާ މި ފޮތުގައި ބުނެފައި ވަނީ، ބްރިޖިޓް އެންމެ ބޮޑަށް ކޯފާވީ މެސެޖުގައި އޮތް ވާހަކައަށް ވުރެ ބޮޑަށް، އެ މެސެޖުން ދޭހަވާ މާނައިގެ ސަބަބުންނެވެ. އަދި އޭނާގެ މަގާމު ގެއްލިގެން ދާ ކަމުގެ އިހުސާސް ބްރިޖިޓް އަށް ކުރެވުނު ކަމަށް އޭނާގެ ގާތް އެކުވެރިޔަކާ ހަވާލާދީ އެ ފޮތުގައި ވަނީ ބުނެފަ އެވެ. 

ނަމަވެސް، ފްރާންްސްގެ ފަސްޓް ލޭޑީގެ ތަރުޖަމާނު ވަނީ އެ ފޮތުގައި ލިޔެފައިވާ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. ތަރުޖަމާނު ވިދާޅުވީ ބްރިޖިޓް ދުވަހަކު ވެސް އެކަމަނާގެ ފިރިކަލުން އަަދި ފްރާންސްގެ ރައީސް މެކްރޮންގެ ފޯނު ޗެކް ނުކުރައްވާ ކަމަށެވެ. އަދި އެ ފަދަ ހާދިސާއެއް ހިނގާފައި ނުވާނެ ކަމަށް، މިދިޔަ މާޗު މަހުގެ ތެރޭގައި ފޮތުގެ މުސައްނިފަށް ވެސް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އީރާންގެ އެކްޓްރެސް ފަރަހާނީ ވެސް ވަނީ، ފްރާންސްގެ ރައީސް މެކްރޮން އާއި އޭޭނާއާ ދެމެދު އެކަހަލަ ގުޅުމެއް އޮތް ކަަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގު ކޮށްފަ އެވެ. އޭނާ ބުނީ ބައެއް މީހުންނަށް ލޯބި މަދުވުމުން، އެ ހުސްކަން ފޫބެއްދުމަށް މިފަދަ ޚިޔާލީ ވާހަކަތައް އުފައްދަނީ ކަމުގަ އެވެ. 

މި ހާދިސާ ހިނގި ދުވަސްވަރު، ފްރާންސްގެ ރިޔާސީ ގަނޑުވަރު އެލީޒޭ ޕެލަސް އިން ވަނީ މައްސަލަ އޮއްބާލަން މަސައްކަތް ކޮށްފަ އެވެ. ރައީސްގެ ޓީމުން އޭރު ބުނެފައި ވަނީ، އެ ވީޑިއޯ އަކީ އޭއައި ބޭނުން ކޮށްގެން އުފައްދާފައިވާ އެއްޗަކަށް ވެދާނެ ކަމަށެވެ. ނަމަވެސް، ފަހުން ބުނެފައި ވަނީ އެއީ ދެމަފިރިން ސަމާސާ ކޮށްލުމުގެ ތެރޭގައި ހިނގި ކަމެއް ކަމަށެވެ. މެކްރޮން ވެސް ވަނީ އެއީ ސަމާސާއެއް ކަމަށާއި، އެކަމާ ކަންބޮޑު ނުވުމަށް އެދިވަޑައިގެންފަ އެވެ. 

މަސްދަރު: ނިއު ޔޯކް ޕޯސްޓު

ފްރާންސްއެމަނުއަލް މެކްރޯންބްރިޖިޓް މެކްރޮންގޮލްޝިފްތޭ ފަރަހާނީ

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮން އިރުމަތީ އެފްރިކާ އަށް، ބޭނުމަކީ އެފްރިކާގައި ފްރާންސްގެ ނުފޫޒު ގަދަ ކުރުން

މެކްރޮން އިރުމަތީ އެފްރިކާ އަށް، ބޭނުމަކީ އެފްރިކާގައި ފްރާންސްގެ ނުފޫޒު ގަދަ ކުރުން

10 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގެ މައްސަަލައިގައި ފްރާންސްގެ ރައީސް މެކްރޮން އާއި އީރާންގެ ރައީސް ޕެޒެޝްކިއާން މަޝްވަރާ ކުރައްވައިފި

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަަލައިގައި ފްރާންސްގެ ރައީސް މެކްރޮން އާއި އީރާންގެ ރައީސް ޕެޒެޝްކިއާން މަޝްވަރާ ކުރައްވައިފި

07 މެއި 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި ފްރާންސްގެ މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި ފްރާންސްގެ މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި

06 މެއި 2026
މެކްރޮން ގޮވާލެއްވީ ހޮރްމޫޒް އަލުން ހުޅުވާލުމަށް، އެމެރިކާ އާއި އީރާން ގުޅިގެން މަސައްކަތް ކުރުމަށް

މެކްރޮން ގޮވާލެއްވީ ހޮރްމޫޒް އަލުން ހުޅުވާލުމަށް، އެމެރިކާ އާއި އީރާން ގުޅިގެން މަސައްކަތް ކުރުމަށް

04 މެއި 2026
އުމުރުން 74 އަހަރުގެ މެލެންޝޮން، ހަތަރު ވަނަ ފަހަރަށް ފްރާންސްގެ ރައީސް ކަމަށް ވާދަ ކުރައްވަނީ

އުމުރުން 74 އަހަރުގެ މެލެންޝޮން، ހަތަރު ވަނަ ފަހަރަށް ފްރާންސްގެ ރައީސް ކަމަށް ވާދަ ކުރައްވަނީ

04 މެއި 2026

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު