Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

އާސެނަލް އަށް ކުރިމަތިވީ ހިތްދަތި ބައްޔެއް، ނަމަވެސް ކުޅުންތެރިންނާ މެދު ފަޚުރުވެރިވަން: އާޓެޓާ

ފައިނަލް މެޗަށް ފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ އޭނާ އަށް އިޙުސާސް ކުރެވެނީ ހިތްދަތިކަމާއި ވޭން ކަމަށް. ނަމަވެސް، އެ އިޙުސާސް އަކީ ކުރިއަށް އޮތް ތަނުގައި ކުރިއެރުމަށް ބޭނުން ކުރަން ޖެހޭ ކަމެއް ކަމަށް އާޓެޓާ ބުނި. އެކަން ފާހަގަކޮށް އާޓެޓާ ބުނީ، އާސެނަލްގެ ކުޅުންތެރިންނަށް މިލިއަނުން ޝުކުރު އަދާ ކުރި ނަމަވެސް، އެވަރުން ނުފުދޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2026 | ހޯމަ 05:34
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ. | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން ބަލިވުމަކީ އާސެނަލް އަށް ހިތްދަތި ބައްޔެއް ކަމަށާއި، ނަމަވެސް އާސެނަލްގެ ކުޅުންތެރިންނާ މެދު ފަޚުރުވެރިވާ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ. 

ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ފައިނަލް އިން އާސެނަލް ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގައި އާސެނަލް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޕީއެސްޖީ އިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އާސެނަލްގެ ދެ ޕެނަލްޓީ ނާކާމިޔާބުވެ ފައިނަލް އިން ބަލިވީއިރު، އާޓެޓާ ބުނީ މިއީ ހަނދާނުގައި ހުންނާނެ ސީޒަނެއް ކަމަށެވެ.

ފައިނަލް މެޗަށް ފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ އޭނާ އަށް އިޙުސާސް ކުރެވެނީ ހިތްދަތިކަމާއި ވޭން ކަމަށެވެ. ނަމަވެސް، އެ އިޙުސާސް އަކީ ކުރިއަށް އޮތް ތަނުގައި ކުރިއެރުމަށް ބޭނުން ކުރަން ޖެހޭ ކަމެއް ކަމަށް އާޓެޓާ ބުންޏެވެ. އެކަން ފާހަގަކޮށް އާޓެޓާ ބުނީ، އާސެނަލްގެ ކުޅުންތެރިންނަށް މިލިއަނުން ޝުކުރު އަދާ ކުރި ނަމަވެސް، އެވަރުން ނުފުދޭނެ ކަމަށެވެ.

އެއީ އާސެނަލް އިން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމުން، ނުވަތަ ޗެމްޕިއަންސް ލީގުގެ ފައިނަލް އަށް އައުމުން އަދާ ކުރަން ޖެހޭ ޝުކުރެއް ނޫން ކަމަށް އާޓެޓާ ބުންޏެވެ. ނަމަވެސް އެއީ ކޮންމެ ދުވަހަކު އެކުގައި ހޭދަ ކުރެވުނު ވަގުތާއި، ޓީމުގައި އުފެދިފައިވާ ގުޅުމުގެ ސަބަބުން އަދާ ކުރާ ޝުކުރެއް ކަމަށް އޭނާ ބުންޏެވެ. 

އާޓެޓާ ބުނީ އާސެނަލް އިން މެޗު ފެށީ ވަރަށް ރަނގަޅަށް ކަމަށެވެ. ނަމަވެސް، ޕީއެސްޖީގެ ފެންވަރާއި، އެ ޓީމުގެ ފުރިހަމަކަން ފާހަގަ ކުރަން ބޭނުންވާ ކަަމަށް ވެސް އާޓެޓާ ބުންޏެވެ. އާޓެޓާ ބުނީ ޗެމްޕިއަންސް ލީގުގެ ފައިނަލް އިން ބަލިވި ނަމަވެސް، އާސެނަލް އިން ހޯދި ކާމިޔާބީ ތަކުގެ އަގު ކުޑަ ނުވާނެ ކަމަށެވެ. އާސެނަލް އިން މި ސީޒަންގެ ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައިވާއިރު، މިއީ 22 އަހަރުގެ ތެރޭގައި އެ ޓީމަސް ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. 

މިއީ އާސެނަލް އިން 20 އަހަރުގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އާސެނަލް ކުޅުނެވެ. އެފަހަރު ވަނީ ބާސެލޯނާ އަތުން ބަލިވެފަ އެވެ. އާސެނަލް އިން މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްއާ ހަމައަށް އައީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ.

އާސެނަލްމިކޭލް އާޓެޓާ

އިތުރަށް ކިޔާލަން

31 މެއި 2026

އާސެނަލް ބަލިކޮށް، ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި

31 މެއި 2026
އާސެނަލް ބަލިކޮށް، ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި
30 މެއި 2026

އަނެއްކާ ވެސް ތާރީޚީ ކާމިޔާބެއް ހޯދަން އާސެނަލް އޮތީ ތައްޔާރަށް: އާޓެޓާ

30 މެއި 2026
އަނެއްކާ ވެސް ތާރީޚީ ކާމިޔާބެއް ހޯދަން އާސެނަލް އޮތީ ތައްޔާރަށް: އާޓެޓާ
27 މެއި 2026

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް އާޓެޓާ ހޮވިއްޖެ

27 މެއި 2026
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް އާޓެޓާ ހޮވިއްޖެ
26 މެއި 2026

އާޓެޓާ އަށް ކުރެވުނީ ތަފާތު އިޙުސާސެއް، ދެން އޮތީ ޗެމްޕިއަންސް ލީގު!

26 މެއި 2026
އާޓެޓާ އަށް ކުރެވުނީ ތަފާތު އިޙުސާސެއް، ދެން އޮތީ ޗެމްޕިއަންސް ލީގު!
25 މެއި 2026

ފަހު މެޗުން ވެސް މޮޅުވެ، އާސެނަލް އިން 22 އަހަރަށް ފަހު ލީގުގެ ތަށި އުފުލާލައިފި

25 މެއި 2026
ފަހު މެޗުން ވެސް މޮޅުވެ، އާސެނަލް އިން 22 އަހަރަށް ފަހު ލީގުގެ ތަށި އުފުލާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު