Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

20 އަހަރަށް ފަހު އާސެނަލް ޗެމްޕިއަންސް ލީގުގެ ފައިނަލް އަށް

މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި އާސެނަލް އިން ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޖާގަ ހޯދި ފުރަތަމަ ފަހަރު. އެންމެ ފަހުން އާސެނަލް އިން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅެފައި ވަނީ 2006 ވަނަ އަހަރު އެވެ. ނަމަވެސް، އެ އަހަރުގެ ފައިނަލްގައި ވަނީ ބާސެލޯނާ އަތުން ބަލިވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 މެއި 2026 | ބުދަ 05:02
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، އާސެނަލް އިން 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. އެހެންވެ މުބާރާތުގެ ފައިނަލްގެ ޖާގަ ލިބެން އޮތީ، ދެ ވަނަ ލެގުން މޮޅުވާ ޓީމަކަށެވެ. އަންގާރަ ދުވަހުގެ ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގައި އާސެނަލް އިން ވަނީ 1-0 އިން އެތުލެޓިކޯ ބަލިކޮށްފަ އެވެ.

މެޗު ފަށައިގެން އާސެނަލް އިން ދިޔައީ ރަނގަޅަށް ކުޅެ، އެތުލެޓިކޯ ކޮޅަށް ލަނޑު ޖަހަން މަސައްކަތް ކުރަމުންނެވެ. އެތުލެޓިކޯ އިން ވެސް ވަނީ ލިބެމުން ދިޔަ ފުރުސަތުގެ ބޭނުން ހިފަން މަސައްކަތް ކުރަމުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި އާސެނަލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އާސެނަލް އަށް ޖަހައިދިނީ ބުކަޔޯ ސަކާ އެވެ. އެ ލަނޑު ޖަހަން ސަކާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލިއާންޑްރޯ ޓްރޮސާޑް އެވެ.

ދެ ވަނަ ލެގުން މޮޅުވެ، އާސެނަލް އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދާފައި މި ވަނީ އެގްރިގޭޓް ނަތީޖާ 2-1 އިންނެވެ. މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި އާސެނަލް އިން ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އާސެނަލް އިން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅެފައި ވަނީ 2006 ވަނަ އަހަރު އެވެ. ނަމަވެސް، އެ އަހަރުގެ ފައިނަލްގައި ވަނީ ބާސެލޯނާ އަތުން ބަލިވެފަ އެވެ. 

މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ ހަންގޭރީގެ ބުޑަޕެސްޓުގަ އެވެ. ފައިނަލްގައި އާސެނަލްއާ ދެކޮޅަށް ނިކުންނާނެ ޓީމެއް ކަށަވަރު ވާނީ ބުދަ ދުވަހުގެ ރޭ ދަންވަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ބަޔާން މިއުނިކް ބައްދަލު ކުރާ މެޗުންނެވެ. އާސެނަލް އިން ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޖާގަ ހޯދިއިރު، މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް އެ ޓީމަށް އެބަ އޮތެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުއާސެނަލްއެތުލެޓިކޯ މެޑްރިޑް

އިތުރަށް ކިޔާލަން

04 މެއި 2026

އާޓެޓާ ހުރީ އިތުބާރާ އެކު، ސިޓީ މެޗު ވެސް ބަލާނެ!

04 މެއި 2026
އާޓެޓާ ހުރީ އިތުބާރާ އެކު، ސިޓީ މެޗު ވެސް ބަލާނެ!
03 މެއި 2026

ފުލަމް އަތުން މޮޅުވެ، އާސެނަލް އިން ލީޑު ނަގައިފި

03 މެއި 2026
ފުލަމް އަތުން މޮޅުވެ، އާސެނަލް އިން ލީޑު ނަގައިފި
02 މެއި 2026

އާޓެޓާ ހުރީ ޔަޤީންކަމާ އެކު، އެދުނީ ސަޕޯޓަރުން ސާބިތުކަމާ އެކު ތިބުމަށް!

02 މެއި 2026
އާޓެޓާ ހުރީ ޔަޤީންކަމާ އެކު، އެދުނީ ސަޕޯޓަރުން ސާބިތުކަމާ އެކު ތިބުމަށް!
30 އެޕްރީލު 2026

ލިބުނީ އެންމެ ބޭނުންވި ނަތީޖާއެއް ނޫން، އެކަމަކު ޓީމާ މެދު ފަޚުރުވެރިވަން: އާޓެޓާ

30 އެޕްރީލު 2026
ލިބުނީ އެންމެ ބޭނުންވި ނަތީޖާއެއް ނޫން، އެކަމަކު ޓީމާ މެދު ފަޚުރުވެރިވަން: އާޓެޓާ
30 އެޕްރީލު 2026

ފުރަތަމަ ލެގުގައި އެތުލެޓިކޯ އާއި އާސެނަލް އެއްވަރު ވެއްޖެ

30 އެޕްރީލު 2026
ފުރަތަމަ ލެގުގައި އެތުލެޓިކޯ އާއި އާސެނަލް އެއްވަރު ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު