Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އަނެއްކާ ވެސް ތާރީޚީ ކާމިޔާބެއް ހޯދަން އާސެނަލް އޮތީ ތައްޔާރަށް: އާޓެޓާ

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ވާދަކޮށް ބަލިވެފައިވާއިރު، އާޓެޓާ ބުނީ އެކަމުން ހިތްވަރު ލިބިގަންނަން ޖެހޭ ކަމަށް. އެއީ އާސެނަލް އަށް ލިބުނު ތަޖުރިބާ ތަކެއް ކަމަށާއި، އެކަމުން ފިލާާވަޅު ލިބިގަނެގެން ކުރިއަށް ދާން ޖެހޭ ކަމަށް އާޓެޓާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 މެއި 2026 | ހޮނިހިރު 05:39
ފައިނަލްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ.

ފައިނަލްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ. | ގެޓީ އިމޭޖަސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ނިކުންނައިރު، އަނެއްކާ ވެސް ތާރީޚީ ކާމިޔާބެއް ހޯދަން އާސެނަލް އޮތީ ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ހެންގޭރީގެ ބުޑަޕެސްޓުގައި ހޮނިހިރު ދުވަހުގެ ރޭ ޕީއެސްޖީއާ ދެކޮޅަށް ނިކުންނައިރު، މިއީ އާސެނަލް އިން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅޭ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2006 ވަނަ އަހަރު އާސެނަލް އިން ފައިނަލްގައި ކުޅުނުއިރު، އެ ފަހަރު ވަނީ ބަލިވެފަ އެވެ. ޕީއެސްޖީއާ ދެކޮޅަށް ފައިނަލްގައި ނިކުންނައިރު، އާސެނަލް އޮތީ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފަ އެވެ. 

ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އާޓެޓާ ބުނީ، ޓީމުގެ ތައްޔާރީތައް ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، އާސެނަލް އޮތީ މެޗަށް ތައްޔާރު ވެގެން ކަމަށެވެ. އާޓެޓާ ބުނީ އާސެނަލް އިން އަންނަނީ ވަރަށް ފޯކަސް ކޮށްގެން މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން މި ސީޒަންގައި ޗެމްޕިއަންސް ލީގުގައި އާސެނަލް އިން ހޯދި ކާމިޔާބީ ތަކަކީ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް އާޓެޓާ ބުންޏެވެ. 

އާޓެޓާ ބުނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް އާސެނަލްގެ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ވާދަކޮށް ބަލިވެފައިވާއިރު، އާޓެޓާ ބުނީ އެކަމުން ހިތްވަރު ލިބިގަންނަން ޖެހޭ ކަމަށެވެ. އެއީ އާސެނަލް އަށް ލިބުނު ތަޖުރިބާ ތަކެއް ކަމަށާއި، އެކަމުން ފިލާާވަޅު ލިބިގަނެގެން ކުރިއަށް ދާން ޖެހޭ ކަމަށް އާޓެޓާ ބުންޏެވެ. ނަމަވެސް މިދިޔަ ސީޒަނާ އަޅާބަލާއިރު، ދެ ޓީމުން  ވެސް ބޮޑެތި ކުރިއެރުން ތަކެއް ހޯދާފައިވާ ކަމަށާއި، ފައިނަލް މެޗަށް ނިކުންނާނީ އެކަން އެނގި ތިބެ ކަމަށް އާޓެޓާ ބުންޏެވެ. 

މިއީ އާސެނަލްގެ ތާރީޚުގައި އެ ޓީމުން ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭ ދެ ވަނަ ފަހަރު ކަމަށްވާއިރު، އާޓެޓާ ބުނީ މިފަހަރު މުބާރާތް ކާމިޔާބުކޮށް ތާރީޚުން ޖާގަ ހޯދަން ބޭނުންވާ ކަމަށެވެ. އެ ކާމިޔާބު ހޯދުމަށް އާސެނަލް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެ ކަމަށާއި، ޕީއެސްޖީ އަކީ ކޮން ފެންވަރެއްގެ ޓީމެއްކަން އާސެނަލް އަށް އިނގޭ ކަމަށް ވެސް އާޓެޓާ ބުންޏެވެ. ކާމިޔާބު ހޯދުމަށް އާސެނަލް އިން މުޅި މެޗުގައި ރަނގަޅަށް ކުޅެ، ހިތްވަރު ދައްކައި، އަދި ކާމިޔާބަށް ބޭނުން ވެގެން ކުޅެން ޖެހޭ ކަމަށް އާޓެޓާ ބުނެފައިވެ އެވެ. އެ ތިން ކަން ފުރިހަމަ ވެއްޖެ ނަމަ، އާސެނަލް އަށް މުބާރާތް ކާމިޔާބު ކުރެވޭނެ ކަމަށް ވެސް އާޓެޓާ ބުންޏެވެ. 

މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލް އަށް ނިކުންނައިރު، މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ އެއްވެސް މެޗަކުން އާސެނަލް ބަލިވެފައި ނުވެ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުއާސެނަލްމިކޭލް އާޓެޓާ

އިތުރަށް ކިޔާލަން

27 މެއި 2026

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް އާޓެޓާ ހޮވިއްޖެ

27 މެއި 2026
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް އާޓެޓާ ހޮވިއްޖެ
26 މެއި 2026

އާޓެޓާ އަށް ކުރެވުނީ ތަފާތު އިޙުސާސެއް، ދެން އޮތީ ޗެމްޕިއަންސް ލީގު!

26 މެއި 2026
އާޓެޓާ އަށް ކުރެވުނީ ތަފާތު އިޙުސާސެއް، ދެން އޮތީ ޗެމްޕިއަންސް ލީގު!
25 މެއި 2026

ފަހު މެޗުން ވެސް މޮޅުވެ، އާސެނަލް އިން 22 އަހަރަށް ފަހު ލީގުގެ ތަށި އުފުލާލައިފި

25 މެއި 2026
ފަހު މެޗުން ވެސް މޮޅުވެ، އާސެނަލް އިން 22 އަހަރަށް ފަހު ލީގުގެ ތަށި އުފުލާލައިފި
20 މެއި 2026

ސިޓީ އަށް މޮޅު ނުވެވުމުން، 22 އަހަރަށް ފަހު އާސެނަލް އަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

20 މެއި 2026
ސިޓީ އަށް މޮޅު ނުވެވުމުން، 22 އަހަރަށް ފަހު އާސެނަލް އަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
19 މެއި 2026

ބާންލީ އަތުން މޮޅުވެ، އާސެނަލް އިން ލީގު ކާމިޔާބު ކުރުމާ ފިޔަވަޅަކާ ކައިރިއަށް

19 މެއި 2026
ބާންލީ އަތުން މޮޅުވެ، އާސެނަލް އިން ލީގު ކާމިޔާބު ކުރުމާ ފިޔަވަޅަކާ ކައިރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު