Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

އާޓެޓާ އަށް ކުރެވުނީ ތަފާތު އިޙުސާސެއް، ދެން އޮތީ ޗެމްޕިއަންސް ލީގު!

އެ ކާމިޔާބަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އާޓެޓާ ބުނީ، އެކަމުން ކުރެވުނު އިޙުސާސް އާއި އެކަމުގެ އުފާ ދުލުން ބުނެދޭން ވެސް އުނދަގޫ ކަމަށް. އާސެނަލް އަށް މިއީ ވަރަށް ތާރީޚީ ވަގުތު ކޮޅެއް ކަމަށާއި، މިއީ އެތައް އުފަލަކާއި، އެތައް ހިތްހަމަ ޖެހުމެއް ހިތަށް ވެރިވާ ވަގުތެއް ކަމަށް ވެސް އާޓެޓާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 މެއި 2026 | އަންގާރަ 04:39
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ. | ރޮއިޓާސް

އާސެނަލް އިން އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި އުފުލާލިއިރު، އެއީ ވަރަށް ތަފާތު އިޙުސާސެއް ކުރެވުނު ކަމެއް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާޓެޓާ މިހެން ބުނީ ލީގުގެ ފަހު މެޗުގައި އާދީއްތަ ދުވަހުގެ ރޭ ކްރިސްޓަލް ޕެލަސް ބަލި ކުރުމަށް ފަހު، އާސެނަލް އިން ޕްރިމިއާ ލީގުގެ ތަށި އުފުލާލުމަށް ފަހު އެވެ. އެ މެޗަށް ނިކުތްއިރު ވެސް އާސެނަލް އަށް ލީގުގެ ޗެމްޕިއަންކަން ކަށަވަރު ވެފައި އޮތުމުން، އެ ޓީމަށް މާ ބޮޑު ޕްރެޝަރެއް ނެތެވެ. އާސެނަލް އިން މި ވަނީ 22 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު، ޕްރިމިއާ ލީގުގެ ތަށި އުފުލާލައިފަ އެވެ.

އެ ކާމިޔާބަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އާޓެޓާ ބުނީ، އެކަމުން ކުރެވުނު އިޙުސާސް އާއި އެކަމުގެ އުފާ ދުލުން ބުނެދޭން ވެސް އުނދަގޫ ކަމަށެވެ. އާސެނަލް އަށް މިއީ ވަރަށް ތާރީޚީ ވަގުތު ކޮޅެއް ކަމަށާއި، މިއީ އެތައް އުފަލާއި، އެތައް ހިތްހަމަ ޖެހުމެއް ހިތަށް ވެރިވާ ވަގުތެއް ކަމަށް ވެސް އާޓެޓާ ބުންޏެވެ. އޭނާ ބުނީ މި ކާމިޔާބާއި، މި އުފާވެރި ކަމުގެ އެންމެ ބޮޑު ހިިއްސާދާރުންނަކީ އާސެނަލްގެ ކުޅުންތެރިން ކަމަށެވެ.

އާސެނަލް އާއެކު މި ފާއިތުވި މުއްދަތުގައި ކުރެވުނު މަސައްކަތާއި، ހޯދުނު ކާމިޔާބަށް ފަޚުވެރިވާ ކަމަށް އާޓެޓާ ބުންޏެވެ. އޭނާ ބުނީ އާސެނަލް އިން ކުރިއެރުން ހޯދަމުން އައީ، ހަރުފަތަކަށް ފަހު ހަރުފަތަކުން ކަމަށެވެ. އާސެނަލް އަށް އަގުހުރި އެތައް ކަމެއް ހާސިލު ކުރެވިފައިވާ ކަމަށް އާޓެޓާ ފާހަގަ ކުރި އެވެ. އޭނާާ ބުނީ އަބަދު ވެސް އާސެނަލްގެ އެންމެ ފަހުގެ އަމާޒަކީ ތަށިތައް ކާމިޔާބު ކުރުން ކަމަށާއި، ކާމިޔާބީ ހޯދުން ކަމަށެވެ. 

ޕްރިމިއާ ލީގަށް ފަހު، ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ނިކުންނައިރު، އާޓެޓާ ބުނީ އާސެނަލް އަށް ބޭނުން ވަނީ މިހާރު އޮތް ހިތްވަރާއި، އެ އަޒުމު ކަމަށެވެ. އެކަމާ ދެކޮޅަށް ގޮސްފި ނަމަ، އެއީ އާސެނަލް އަށް ހެދޭނެ ގޯހެއް ކަމަށް އޭނާ ސިފަ ކުރި އެވެ. ހަންގޭރީގެ ވެރި ރަށް ބުޑަޕެސްޓުގައި ކުޅޭ ފައިނަލް އަށް އިޝާރާތް ކުރަމުން އާޓެޓާ ބުނީ، ފައިނަލްގައި ކަންތައް ކުރަން ޖެހޭ ގޮތާ މެދު މިހާރު ވެސް ވާހަކަ ދެކެވިފައިވާ ކަމަށެވެ.

އިތުރަށް އާޓެޓާ ބުނީ، އާސެނަލް އިން މަޑުން ނުތިބޭނެ ކަމަށާއި ވީ އެންމެ އަވަހަކަށް ތައްޔާރީތައް ފަށާނެ ކަމަށެވެ. އާޓެޓާ ބުނީ އާސެނަލް އޮތީ ކުލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ތާރީޚީ ތަށި އުފުލާލުމަށް ހުރިހާ މަސައްކަތެއް ކުރަން ތައްޔާރަށް ކަމަށެވެ. އަދި އާސެނަލް އިން ފައިނަލް އަށް ނިކުންނާނީ ފުރިހަމަ އަށް ތައްޔާރު ވެގެން ކަމަށް އޭނާ ބުންޏެވެ.

މީގެ ކުރިން އާސެނަލް އިން ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައި ވަނީ 2004 ވަނަ އަހަރު އެވެ. 22 އަހަރަށް ފަހު އާސެނަލް އިން ޕްރިމިއާ ލީގުގެ ތަށި އުފުލާލިއިރު، މިއީ އެ ޓީމުން އިންތިޒާރު ކުރި ބޮޑު ކާމިޔާބެކެވެ. މީގެ ކުރިން އާސެނަލް އިން ވަނީ 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކޮށް، ނާކާމިޔާބާ ކުރިމަތިލާާން ޖެހިފަ އެވެ. އެހެންކަމުން މިއީ، 20 އަހަރުގެ ތެރޭގައި އާސެނަލް އިން ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭނެ ފުރަތަމަ ފަހަރެވެ.

އާސެނަލްމިކޭލް އާޓެޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު މެޗުން ވެސް މޮޅުވެ، އާސެނަލް އިން 22 އަހަރަށް ފަހު ލީގުގެ ތަށި އުފުލާލައިފި

ފަހު މެޗުން ވެސް މޮޅުވެ، އާސެނަލް އިން 22 އަހަރަށް ފަހު ލީގުގެ ތަށި އުފުލާލައިފި

25 މެއި 2026
ސިޓީ އަށް މޮޅު ނުވެވުމުން، 22 އަހަރަށް ފަހު އާސެނަލް އަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

ސިޓީ އަށް މޮޅު ނުވެވުމުން، 22 އަހަރަށް ފަހު އާސެނަލް އަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

20 މެއި 2026
ބާންލީ އަތުން މޮޅުވެ، އާސެނަލް އިން ލީގު ކާމިޔާބު ކުރުމާ ފިޔަވަޅަކާ ކައިރިއަށް

ބާންލީ އަތުން މޮޅުވެ، އާސެނަލް އިން ލީގު ކާމިޔާބު ކުރުމާ ފިޔަވަޅަކާ ކައިރިއަށް

19 މެއި 2026
ސިޓީ އޮތީ ލީގު ރޭހުގައި، ގާޑިއޯލާ ބުނެދިނީ އާސެނަލް އަކީ ވަރުގަދަ ޓީމެއްކަން

ސިޓީ އޮތީ ލީގު ރޭހުގައި، ގާޑިއޯލާ ބުނެދިނީ އާސެނަލް އަކީ ވަރުގަދަ ޓީމެއްކަން

11 މެއި 2026
ވެސްޓް ހޭމް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

ވެސްޓް ހޭމް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

11 މެއި 2026

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު