Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ވެސްޓް ހޭމް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

މުހިންމު މޮޅާއެކު އާސެނަލް އެއް ވަަނައިގައި އޮތީ 36 މެޗުން 79 ޕޮއިންޓާ އެކު. އާސެނަލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި މެންޗެސްޓަރ ސިޓީ އަށް ލިބެނީ 74 ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މެއި 2026 | ހޯމަ 01:30
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި ލީޑު ފުޅާ ކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ވެސްޓް ހޭމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އާސެނަލް އިން ހަމައެކަނި ލަނޑު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ.

އާސެނަލް އާއި މެންޗެސްޓަރ ސިޓީއާ ދެމެދު ލީގުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުނު މެޗު ފަށައިގެން ވެސް އާސެނަލް އިން ދިޔައީ ރަނގަޅަށް ކުޅެމުންނެވެ. ނަމަވެސް، އާސެނަލް އަށް ލިބުނު ފުރުސަތެއްގެ ބޭނުން އެ ޓީމަށް ކުރެވޭ ގޮތެއް ނުވި އެވެ.

މެޗުގެ ދެ ވަނަ ހާފުގެ ފަހު ވަގުތުގައި އާސެނަލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށް އާސެނަލް އަށް ލީޑު ނަގައިދިނީ ލިއާންޑްރޯ ޓްރޮސާޑް އެވެ. އެއީ މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. 

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ވެސްޓް ހޭމްގެ ކަލުމް ވިލްސަން ލަނޑެއް ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަަލައި ނުގަންނަން ނިންމައިފަ އެވެ.

މުހިންމު މޮޅާއެކު އާސެނަލް އެއް ވަަނައިގައި އޮތީ 36 މެޗުން 79 ޕޮއިންޓާ އެކު އެވެ. އާސެނަލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި މެންޗެސްޓަރ ސިޓީ އަށް ލިބެނީ 74 ޕޮއިންޓެވެ. މެޗުގެ އަދަދު ހަމަކޮށް، ދެ ޕޮއިންޓަށް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ސިޓީ އަށް އެބަ އޮތެވެ. އަނެއްކޮޅުން، ލީގުގައި ބާކީ އޮތް ދެ މެޗުން މޮޅުވެގެން، އާސެނަލް އަށް ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

އިނގިރޭސި ޕްރިމިއަރ ލީގުއާސެނަލްވެސްޓް ހޭމް

އިތުރަށް ކިޔާލަން

10 މެއި 2026

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ އިން ލީގު ރޭހުގައި

10 މެއި 2026
ބްރެންޓްފޯޑް ބަލިކޮށް، ސިޓީ އިން ލީގު ރޭހުގައި
06 މެއި 2026

20 އަހަރަށް ފަހު އާސެނަލް ޗެމްޕިއަންސް ލީގުގެ ފައިނަލް އަށް

06 މެއި 2026
20 އަހަރަށް ފަހު އާސެނަލް ޗެމްޕިއަންސް ލީގުގެ ފައިނަލް އަށް
05 މެއި 2026

އެވަޓަންއާ އެއްވަރުވެ، ސިޓީ އަށް ފައިދާ ނުނެގުނު

05 މެއި 2026
އެވަޓަންއާ އެއްވަރުވެ، ސިޓީ އަށް ފައިދާ ނުނެގުނު
04 މެއި 2026

އާޓެޓާ ހުރީ އިތުބާރާ އެކު، ސިޓީ މެޗު ވެސް ބަލާނެ!

04 މެއި 2026
އާޓެޓާ ހުރީ އިތުބާރާ އެކު، ސިޓީ މެޗު ވެސް ބަލާނެ!
04 މެއި 2026

ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި، ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކޮށްފި

04 މެއި 2026
ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި، ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު