Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ބާންލީ އަތުން މޮޅުވެ، އާސެނަލް އިން ލީގު ކާމިޔާބު ކުރުމާ ފިޔަވަޅަކާ ކައިރިއަށް

ލީގުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗުން މެންޗެސްޓަރ ސިޓީ މޮޅު ނުވެއްޖެ ނަމަ، އާސެނަލް އަށް ލީގު ކަށަވަރުވީ. އެ މެޗުން ސިޓީ މޮޅުވެއްޖެ ނަމަ، ލީގުގައި އާސެނަލްގެ ފަހު މެޗުގައި ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް ބަލިކޮށްގެން ލީގު ކާމިޔާބު ކުރެވޭނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 މެއި 2026 | އަންގާރަ 01:41
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން ލީގު ކާމިޔާބު ކުރުމާ ފިޔަވަޅަކާ ކައިރި އަށް ޖެހިލައިފި އެވެ. 

އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި ހޯމަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އާސެނަލް އިން ހަމައެކަނި ލަނޑު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން ވެސް އާސެނަލް އިން ދިޔައީ ރަނގަޅަށް ކުޅެ ލަނޑު ޖަހަން ފުރުސަތު ތަކެއް ހޯދަމުންނެވެ. އެގޮތުން އާސެނަލްގެ ލިއާންޑްރޯ ޓްރޮސާޑް ފޮނުވާލި ބޯޅަ އަމާޒުވީ ބާންލީގެ ގޯލުގެ އަރިމަތީ ދަނޑިއާ އެވެ. އޭގެ ފަހުން އާސެނަލްގެ ބުކަޔޯ ސަކާ އަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ.

މެޗުގައި އާސެނަލް އިން ލަނޑު ޖެހީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގަ އެވެ. އެއީ އާސެނަލް އަށް ލިބުނު ކޯނަރެއްގައި ސަކާ ހުރަސްކޮށްދިން ބޯޅަ، ބޮލުން ޖަހައި ގޯލަށް ވައްދައިގެން ހަވާޓްޒް ޖެހި ލަނޑެކެވެ. އޭގެ ފަހުން އާސެނަލް އަށް ލީޑު ފުޅާ ކޮށްދޭން ސަކާ އަށް ވެސް ފުރުސަތު ލިބުނެވެ.

މޮޅާ އެކު އާސެނަލް އިން މި ވަނީ ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގެ އުންމީދު ބޮޑު ކޮށްފަ އެވެ. އެގޮތުން ލީގުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗުން މެންޗެސްޓަރ ސިޓީ މޮޅު ނުވެއްޖެ ނަމަ، އާސެނަލް އަށް ލީގު ކަށަވަރުވީ އެވެ. އެ މެޗުން ސިޓީ މޮޅުވެއްޖެ ނަމަ، ލީގުގައި އާސެނަލްގެ ފަހު މެޗުގައި ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް ބަލިކޮށްގެން ލީގު ކާމިޔާބު ކުރެވޭނެ އެވެ.

މިވަގުތު އާސެނަލް އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 37 މެޗުން 82 ޕޮއިންޓާ އެކު އެވެ. އާސެނަލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި މެންޗެސްޓަރ ސިޓީ އަށް ލިބެނީ 77 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއަރ ލީގުއާސެނަލް

އިތުރަށް ކިޔާލަން

16 މެއި 2026

ލިވަޕޫލް ބަލިކޮށް، އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް

16 މެއި 2026
ލިވަޕޫލް ބަލިކޮށް، އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް
14 މެއި 2026

ޕެލަސް ބަލިކޮށް ސިޓީ އިން ލީގުގެ އުންމީދުގައި

14 މެއި 2026
ޕެލަސް ބަލިކޮށް ސިޓީ އިން ލީގުގެ އުންމީދުގައި
11 މެއި 2026

ސިޓީ އޮތީ ލީގު ރޭހުގައި، ގާޑިއޯލާ ބުނެދިނީ އާސެނަލް އަކީ ވަރުގަދަ ޓީމެއްކަން

11 މެއި 2026
ސިޓީ އޮތީ ލީގު ރޭހުގައި، ގާޑިއޯލާ ބުނެދިނީ އާސެނަލް އަކީ ވަރުގަދަ ޓީމެއްކަން
11 މެއި 2026

ވެސްޓް ހޭމް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

11 މެއި 2026
ވެސްޓް ހޭމް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
10 މެއި 2026

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ އިން ލީގު ރޭހުގައި

10 މެއި 2026
ބްރެންޓްފޯޑް ބަލިކޮށް، ސިޓީ އިން ލީގު ރޭހުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު