Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ފަހު މެޗުން ވެސް މޮޅުވެ، އާސެނަލް އިން 22 އަހަރަށް ފަހު ލީގުގެ ތަށި އުފުލާލައިފި

މިއީ 22 އަހަރަށް ފަހު އާސެނަލް އިން ލީގުގެ ތަށި އުފުލާލި ފުރަތަމަ ފަހަރު. މީގެ ކުރިން އާސެނަލް އިން ވަނީ 2004 ވަނަ އަހަރު ލީގުގެ ޗެމްޕިއަންކަން ހޯދާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މެއި 2026 | ހޯމަ 02:22
އާސެނަލް އިން ޕްރިމިއާ ލީގުގެ ތަށި އުފުލާލަނީ.

އާސެނަލް އިން ޕްރިމިއާ ލީގުގެ ތަށި އުފުލާލަނީ. | ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގެ ފަހު މެޗުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅެއް ހޯދުމާ އެކު، އާސެނަލް އިން ލީގުގެ ތަށި އުފުލާލައިފި އެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން އެއް ލަަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މި މެޗަށް ނިކުތްއިރު ވެސް، އާސެނަލް އަށް ވަނީ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި އާސެނަލް އަށް ލީޑު ނަގައިދިނީ ގަބްރިއެލް ޖީސުސް އެވެ. އެ ލަނޑު ޖަހަން ޖީސުސް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ގަބްރިއެލް މާޓިނެލީ އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ނޯނީ މަޑުއޭކޭ ވާނީ އާސެނަލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެއީ ކައި ހަވާޓްޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގައި ޕެލަސްގެ ހަމައެކަނި ލަނޑު، 89 ވަނަ މިނެޓުގައި ޖެހީ ޖިއަން ފިލީޕް މަޓޭޓާ އެވެ.

އެ މެޗަށް ފަހު އާސެނަލް އިން ވަނީ ޕްރިމިއާ ލީގުގެ ތަށި އުފުލާލައިފަ އެވެ. މިއީ 22 އަހަރަށް ފަހު އާސެނަލް އިން ލީގުގެ ތަށި އުފުލާލި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އާސެނަލް އިން ވަނީ 2004 ވަނަ އަހަރު ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭގެ ފަހުން މިވީ މުއްދަތުގައި އާސެނަލް އަށް އެކަން ކުރެވިފައި ނުވާއިރު، މިއީ އާސެނަލް އަށް ތާރީޚީ ކާމިޔާބެކެވެ.

މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އާސެނަލް އިން ރަނގަޅު ނަތީޖާ ތަކެއް ނެރެމުން އަންނައިރު، މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް އާސެނަލް އަށް އެބަ އޮތެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އާސެނަލް ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށެވެ.

އިނގިރޭސި ޕްރިމިއަރ ލީގުއާސެނަލް

އިތުރަށް ކިޔާލަން

20 މެއި 2026

ސިޓީ އަށް މޮޅު ނުވެވުމުން، 22 އަހަރަށް ފަހު އާސެނަލް އަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

20 މެއި 2026
ސިޓީ އަށް މޮޅު ނުވެވުމުން، 22 އަހަރަށް ފަހު އާސެނަލް އަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
19 މެއި 2026

ބާންލީ އަތުން މޮޅުވެ، އާސެނަލް އިން ލީގު ކާމިޔާބު ކުރުމާ ފިޔަވަޅަކާ ކައިރިއަށް

19 މެއި 2026
ބާންލީ އަތުން މޮޅުވެ، އާސެނަލް އިން ލީގު ކާމިޔާބު ކުރުމާ ފިޔަވަޅަކާ ކައިރިއަށް
16 މެއި 2026

ލިވަޕޫލް ބަލިކޮށް، އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް

16 މެއި 2026
ލިވަޕޫލް ބަލިކޮށް، އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް
14 މެއި 2026

ޕެލަސް ބަލިކޮށް ސިޓީ އިން ލީގުގެ އުންމީދުގައި

14 މެއި 2026
ޕެލަސް ބަލިކޮށް ސިޓީ އިން ލީގުގެ އުންމީދުގައި
11 މެއި 2026

ސިޓީ އޮތީ ލީގު ރޭހުގައި، ގާޑިއޯލާ ބުނެދިނީ އާސެނަލް އަކީ ވަރުގަދަ ޓީމެއްކަން

11 މެއި 2026
ސިޓީ އޮތީ ލީގު ރޭހުގައި، ގާޑިއޯލާ ބުނެދިނީ އާސެނަލް އަކީ ވަރުގަދަ ޓީމެއްކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު