Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

މިއީ ޕީއެސްޖީ އަށް ބޮޑު ކާމިޔާބެއް، އެންރީކޭ އަށް ޚާއްޞަ އުފަލެއް

ޕީއެސްޖީގެ މި ކާމިޔާބާ އެކު އެންރީކޭ އަށް ވެސް ވަނީ ޚާއްޞަ ޝަރަފެއް ލިބިފައި. އެގޮތުން އޭނާ ވެގެން ގޮސްފައި ވަނީ ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބު ކުރި ފަސް ވަނަ ކޯޗަށް. މީގެ ކުރިން އެންރީކޭ ވަނީ ސްޕެއިންގެ ބާސެލޯނާ އަށް ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2026 | ހޯމަ 05:37
ޔުއެފާ ޗެމްޕިއަންސް ލީގުގެ ތައްޓާ އެކު ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އުފާ ފާޅު ކުރަނީ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ތައްޓާ އެކު ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އާސެނަލް ބަލިކޮށް، މުބާރާތުގެ ތަށި ޖެހި ޖެހިގެން ދެ ވަނަ އަހަރަށް ހޯދުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ހަންގޭރީގެ ވެރި ރަށް ބުޑަޕެސްޓުގައި ކުޅުނު ފައިނަލް މެޗަށް ފަހު ވާހަކަ ދައްކަމުން އެންރީކޭ ބުނީ، އާސެނަލްއާ ދެކޮޅަށް ނިކުތްއިރު ކުރިމަތި ވާނެ ދަތިތަކާއި، އުނދަގޫތައް އިނގުނު ކަމަށެވެ. އެކަންކަން އެނގިހުރެ، މި ކާމިޔާބީ ހޯދުމަކީ ޕީއެސްޖީ އަށް ވެސް އަދި ޓީމުގެ ސަޕޯޓަރިންނަށް ވެސް ފަޚުރުވެރި ކާމިޔާބެއް ކަމަށް އެންރީކޭ ބުންޏެވެ. 

ފައިނަލް މެޗުގައި ފެނުނީ ވަރަށް ވަރުގަދަ ކުރިމަތި ލުމެއް ކަމަށް އެންރީކޭ ފާހަގަ ކުރި އެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އާސެނަލް އިންނެވެ. ޕީއެސްޖީ އިން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގަ އެވެ. އެންރީކޭ ބުނީ، މި ސީޒަންގައި ޕީއެސްޖީ އިން ދައްކާފައިވާ ކުޅުމަށް ބަލާއިރު، އެ ޓީމަށް މި ކާމިޔާބު ހައްގުވާ ކަމަށެވެ. 

އެންރީކޭ ބުނީ ޕީއެސްޖީ އިން މިފަހަރު ކުރަން ޖެހުނު ދަތުރު ފަސޭހަ ނޫން ކަމަށާއި، ނަމަވެސް ނަތީޖާ ވަރަށް ކާމިޔާބު ކަމަށެވެ. ފައިނަލްގެ ކުރިން ވެސް އެންރީކޭ ވަނީ، ޕީއެސްޖީ އަށް އެތައް ގޮންޖެހުން ތަކެއް ދިމާވި ކަމަށް ބުނެފަ އެވެ. އެންރީކޭ ބުނީ ޕީއެސްޖީގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށާއި، ކުޅުންތެރިންނާ މެދު ފަޚުރުވެރިވާ ކަމަށެވެ.

ޕީއެސްޖީ އިން ޗެމްޕިއަންސް ލީގުގެ ތަށި ދިފާއު ކޮށްފައިވާއިރު، މިއީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ފަހު ޗެމްޕިއަންސް ލީގު ދިފާއު ކުރި ފުރަތަމަ ޓީމެވެ. ރެއާލް އިން 2016 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ފަހު، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ވެސް މުބާރާތުގެ ތަށި ދިފާއު ކުރި އެވެ. 

ޕީއެސްޖީގެ މި ކާމިޔާބާ އެކު އެންރީކޭ އަށް ވެސް ވަނީ ޚާއްޞަ ޝަރަފެއް ލިބިފަ އެވެ. އެގޮތުން އޭނާ ވެގެން ގޮސްފައި ވަނީ ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބު ކުރި ފަސް ވަނަ ކޯޗަށެވެ. މީގެ ކުރިން އެންރީކޭ ވަނީ ސްޕެއިންގެ ބާސެލޯނާ އަށް ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފަ އެވެ. އެންރީކޭގެ އިތުރުން ކާލޯ އަންޗެލޮޓީ އާއި، ބޮބް ޕެއިސްލީ އާއި ޒިނެއްދިން ޒިދާން އަދި ޕެޕް ގާޑިއޯލާ ވެސް ވަނީ ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. 

ޤަތަރުގެ އޯނަރުން ހިންގާ ޕީއެސްޖީ އިން އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރީ 2025 ވަނަ އަހަރު އެވެ. އެ އަހަރުގެ ފައިނަލްގައި ޕީއެސްޖީ އިން ވަނީ އިންޓަރ މިލާން ބަލިކޮށްފަ އެވެ. މިއަހަރުގެ ކާމިޔާބާ އެކު، ޕީއެސްޖީ އިން މި ވަނީ ކުލަބުގެ ތާރީޚުގައި ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. 

ޕީއެސްޖީލުއިސް އެންރީކޭ

އިތުރަށް ކިޔާލަން

01 ޖޫން 2026

ޕީއެސްޖީގެ ކާމިޔާބީ ފާހަގަ ކުރުމުގެ ތެރެއިން 400 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފި

01 ޖޫން 2026
ޕީއެސްޖީގެ ކާމިޔާބީ ފާހަގަ ކުރުމުގެ ތެރެއިން 400 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފި
31 މެއި 2026

އާސެނަލް ބަލިކޮށް، ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި

31 މެއި 2026
އާސެނަލް ބަލިކޮށް، ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި
30 މެއި 2026

ޖެހި ޖެހިގެން ދެ ފަހަރު ފައިނަލް ކުޅުމަކީ ކުރަން އުނދަގޫ ކަމެއް، ޕީއެސްޖީ އިން ކުރީ އުނދަގޫ ދަތުރެއް: އެންރީކޭ

30 މެއި 2026
ޖެހި ޖެހިގެން ދެ ފަހަރު ފައިނަލް ކުޅުމަކީ ކުރަން އުނދަގޫ ކަމެއް، ޕީއެސްޖީ އިން ކުރީ އުނދަގޫ ދަތުރެއް: އެންރީކޭ
14 މެއި 2026

ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް ޕީއެސްޖީ އިން ފްރާންސް ލީގު ކާމިޔާބު ކޮށްފި

14 މެއި 2026
ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް ޕީއެސްޖީ އިން ފްރާންސް ލީގު ކާމިޔާބު ކޮށްފި
07 މެއި 2026

ޕީއެސްޖީ ވަރުގަދަ، އެންރީކޭ ހުރީ ތާރީޚީ ކާމިޔާބަކަށް ކެތްމަދުވެފައި

07 މެއި 2026
ޕީއެސްޖީ ވަރުގަދަ، އެންރީކޭ ހުރީ ތާރީޚީ ކާމިޔާބަކަށް ކެތްމަދުވެފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު