Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ޕީއެސްޖީ އިން މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ޓީމަކީ ބަޔާން: އެންރީކޭ

6 މެއި 2026 | ބުދަ 06:14

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުން މޮޅުވެފައި އޮތް ނަމަވެސް، ބަޔާންގެ ދަނޑުގައި ކުޅޭ މެޗުގައި ޑިފެންސިވް ގޭމެއް ކުޅެން ނުވިސްނާ ކަމަށް ވެސް އެންރީކޭ ބުނި. ޕީއެސްޖީ އިން "ބަސް" އަތުރައިގެން ނުތިބޭނެ ކަމަށާއި، ޕީއެސްޖީ އިން މަސައްކަތް ކުރާނީ ލަނޑު ތަކެއް ޖަހައިގެން ފުރިހަމަ އިތުބާާރާ އެކު ފައިނަލް އަށް ދާން ކަމަށް ވެސް އެންރީކޭ ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 މެއި 2026 | ބުދަ 06:14
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ.

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ. | ރޮއިޓާސް

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ޓީމަކީ، ޖަރުމަނުގެ ބަޔާން މިއުނިކް ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އެންރީކޭ މިހެން ބުނީ، ބުދަ ދުވަހުގެ ރޭ ދަންވަރު ބަޔާންގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މިދިޔަ ހަފުތާގައި ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 5-4 އިންނެވެ.

ބަޔާންގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނިކުންނައިރު، އެންރީކޭ ބުނީ ބަޔާން އަކީ މިހާތަނަށް ޕީއެސްޖީ އިން ކުރިމަތިލި އެންމެ ވަރުގަދަ ޓީމު ކަމަށެވެ. އަނެއްކާ ވެސް އެ ޓީމާ ދެކޮޅަށް ނިކުންނައިރު، ޕީއެސްޖީ އަށް ފައިދާ ނެގެން ހުރި މަދު ކަންތައް ތަކެއް ހުންނާނެ ކަމަށް އެންރީކޭ ބުންޏެވެ. ނަމަވެސް، ފުޓުބޯޅައިގައި ކޮންމެ ފަދަ ނަތީޖާއެއް ވެސް ނިކުމެދާނެ ކަމަށް އެންރީކޭ ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން އެންރީކޭ ބުނީ ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅެން ޖެހުމަކީ، އިންތިހާ އަށް އުނދަގޫ ވާނެ ކަމެއް ކަމަށެވެ. ނަމަވެސް، އެއީ ޕީއެސްޖީ އަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށް ފާހަގަކޮށް އެންރީކޭ ބުނީ، އެ ޓީމުން އަބަދު ވެސް ބަޔާން އަށް ފުރިހަމަ އިޙުތިރާމް ކުރާނެ ކަމަށެވެ. އެންރީކޭ ބުނީ ޕީއެސްޖީ އިން މަސައްކަތް ކުރާނީ އެ ޓީމުން ބޭނުންވާ ނަތީޖާ މެޗުން ނެރުމަށް ކަމަށެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުން މޮޅުވެފައި އޮތް ނަމަވެސް، ބަޔާންގެ ދަނޑުގައި ކުޅޭ މެޗުގައި ޑިފެންސިވް ގޭމެއް ކުޅެން ނުވިސްނާ ކަމަށް ވެސް އެންރީކޭ ބުންޏެވެ. ޕީއެސްޖީ އިން "ބަސް" އަތުރައިގެން ނުތިބޭނެ ކަމަށާއި، ޕީއެސްޖީ އިން މަސައްކަތް ކުރާނީ ލަނޑު ތަކެއް ޖަހައިގެން ފުރިހަމަ އިތުބާާރާ އެކު ފައިނަލް އަށް ދާން ކަމަށް ވެސް އެންރީކޭ ވަނީ ބުނެފަ އެވެ.

ބަޔާންގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނިކުންނައިރު، މެޗުން ބަލި ނުވެ ފަރުޖައްސާލައިގެން ޕީއެސްޖީ އަށް މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދޭނެ އެވެ. ޕީއެސްޖީ އަކީ އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ޓީމު ކަމަށްވާއިރު، ޖެހި ޖެހިގެން ދެ ވަނަ އަހަރު ފައިނަލް ކުޅުމުގެ ފުރުސަތު ޕީއެސްޖީ އަށް އެބަ އޮތެވެ.

ޕީއެސްޖީބަޔާން މިއުނިކްލުއިސް އެންރީކޭ

އިތުރަށް ކިޔާލަން

29 އެޕްރީލު 2026

ދެ ވަނަ ލެގުން މޮޅުވެ، ފައިނަލަށް ދާން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: ކޮމްޕެނީ

29 އެޕްރީލު 2026
ދެ ވަނަ ލެގުން މޮޅުވެ، ފައިނަލަށް ދާން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: ކޮމްޕެނީ
29 އެޕްރީލު 2026

ދެ ވަނަ ލެގަށް ވެސް ނިކުންނާނީ މޮޅުވާން: އެންރީކޭ

29 އެޕްރީލު 2026
ދެ ވަނަ ލެގަށް ވެސް ނިކުންނާނީ މޮޅުވާން: އެންރީކޭ
29 އެޕްރީލު 2026

ވާދަވެރި ކުޅުމަކަށް ފަހު، ފުރަތަމަ ލެގުގައި ޕީއެސްޖީ އިން ބަޔާން ބަލިކޮށްފި

29 އެޕްރީލު 2026
ވާދަވެރި ކުޅުމަކަށް ފަހު، ފުރަތަމަ ލެގުގައި ޕީއެސްޖީ އިން ބަޔާން ބަލިކޮށްފި
09 އެޕްރީލު 2026

ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި

09 އެޕްރީލު 2026
ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި
08 އެޕްރީލު 2026

ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި

08 އެޕްރީލު 2026
ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި
30 މާރިޗު 2026

އެންމެ ފޯމުގައި އޮތީ ބަޔާން، ބަޔާން ބަލި ކުރެވޭނެ ޓީމަކަށް އޮތީ ރެއާލް: އެމްބާޕޭ

30 މާރިޗު 2026
އެންމެ ފޯމުގައި އޮތީ ބަޔާން، ބަޔާން ބަލި ކުރެވޭނެ ޓީމަކަށް އޮތީ ރެއާލް: އެމްބާޕޭ
26 މާރިޗު 2026

ޙަކީމީ ޕީއެސްޖީ ދޫކޮށް ނުލާނެ ކަމަށް އޭނާގެ އެޖެންޓު ބުނެފި

26 މާރިޗު 2026
ޙަކީމީ ޕީއެސްޖީ ދޫކޮށް ނުލާނެ ކަމަށް އޭނާގެ އެޖެންޓު ބުނެފި
22 މާރިޗު 2026

ޔޫނިއަން ބާލިން ބަލިކޮށް، ބަޔާން އިން ނުވަ ޕޮއިންޓުގެ ލީޑު ހިފަހައްޓައިފި

22 މާރިޗު 2026
ޔޫނިއަން ބާލިން ބަލިކޮށް، ބަޔާން އިން ނުވަ ޕޮއިންޓުގެ ލީޑު ހިފަހައްޓައިފި
19 މާރިޗު 2026

ކުއަޓަރ ފައިނަލްގައި ބަޔާން އާއި ރެއާލްގެ ކުރިމަތިލުމެއް

19 މާރިޗު 2026
ކުއަޓަރ ފައިނަލްގައި ބަޔާން އާއި ރެއާލްގެ ކުރިމަތިލުމެއް
18 މާރިޗު 2026

ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.

18 މާރިޗު 2026
ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް