Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ވާދަވެރި ކުޅުމަކަށް ފަހު، ފުރަތަމަ ލެގުގައި ޕީއެސްޖީ އިން ބަޔާން ބަލިކޮށްފި

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ދެ ވަނަ ލެގުގައި މި ދެ ޓީމު ބައްދަލު ކުރާ މެޗު އޮތީ އަންނަ ހަފުތާގައި ބަޔާންގެ އަމިއްލަ ދަނޑުގައި. އެ މެޗުން ބަލި ނުވެ ފަރު ޖައްސާލައިގެން ޕީއެސްޖީ އަށް މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދެން އޮތްއިރު، ޕީއެސްޖީ ބަލިކޮށް ބަޔާން އަށް ވެސް ފައިނަލްގެ ޖާގަ ހޯދުމުގެ ފުރުސަތު އެބަ އޮތް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 އެޕްރީލު 2026 | ބުދަ 02:38
މެޗުގައި ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ޑެމްބެލޭ އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ޑެމްބެލޭ އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސްް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޖަރުމަނުގެ ބަޔާން މިއުނިކްއާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެ އެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-4 އިންނެވެ. މެޗުގައި ބަޔާން އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޕީއެސްޖީ އިން ވަނީ ފަހަތުން އަރައި ލީޑު ނަގައިފަ އެވެ. މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަނީ ވާާދަވެރި ކުޅުމެއް ފެނިފަ އެވެ. 

މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ބަޔާން އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ލީޑު ނަގައިދިނީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ. ނަމަވެސް، މެޗުގެ 24 ވަނަ މިނެޓުގައި ކްވިޗާ ކްވަރެޝްކޭލިއާ ވަނީ ލަނޑު ޖަހައި ޕީއެސްޖީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ފަހުން މެޗުގެ 33 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ޔާއޯ ނެވެސް އެވެ. 

ޕީއެސްޖީ އިން ލީޑު ނެގި ފަހުން ބަޔާން އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ބަޔާން އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މައިކަލް އޮލައިސޭ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އަނެއްކާ އެ ޓީމަށް ލީޑު ނަގައިދިނީ އޮސްމާން ޑެމްބެލޭ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ކްވަރެޝްކޭލިއާ ވަނީ ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ދެ މިނެޓު ފަހުން ޕީއެސްޖީގެ ފަސް ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްދިނީ ޑެމްބެލޭ އެވެ. ޕީއެސްޖީ އިން ތިން ލަނޑުގެ ލީޑެއް ނެގި ފަހުން، ގާތް ގާތުގައި ބަޔާން އިން ދެ ލަނޑު ޖެހި އެވެ.

އެގޮތުން މެޗުގެ 65 ވަނަ މިނެޓުގައި ބަޔާންގެ ތިން ވަނަ ލަނޑު ޖެހީ ޑަޔޮޓް އުޕަމެކާނޯ އެވެ. އޭގެ ތިން މިނެޓު ފަހުން ލުއިސް ޑިއާޒް ވަނީ ބަޔާންގެ ހަތަރު ވަނަ ލަނޑު ޖަހައި، ފަރަގު ކުޑަ ކޮށްފަ އެވެ. ނަމަވެސް، އިތުރު ލަނޑެއް ބަޔާން އަށް ޖެހިފައި ނުވާއިރު، ޕީއެސްޖީ އިން ވަނީ ފުރަތަމަ ލެގު ކާމިޔާބު ކޮށްފަ އެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ދެ ވަނަ ލެގުގައި މި ދެ ޓީމު ބައްދަލު ކުރާ މެޗު އޮތީ އަންނަ ހަފުތާގައި ބަޔާންގެ އަމިއްލަ ދަނޑުގަ އެވެ. އެ މެޗުން ބަލި ނުވެ ފަރު ޖައްސާލައިގެން ޕީއެސްޖީ އަށް މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދެން އޮތްއިރު، ޕީއެސްޖީ ބަލިކޮށް ބަޔާން އަށް ވެސް ފައިނަލްގެ ޖާގަ ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުޕީއެސްޖީބަޔާން މިއުނިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމާ މެދު އިތުބާރު އެބަ އޮތް، ނަތީޖާ އަނބުރާ ލެވޭނެ: ފްލިކް

ޓީމާ މެދު އިތުބާރު އެބަ އޮތް، ނަތީޖާ އަނބުރާ ލެވޭނެ: ފްލިކް

14 އެޕްރީލު 2026
ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި

ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި

09 އެޕްރީލު 2026
އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތް ދަށުވެ، ބާސެލޯނާ އަށް ހާސްކަން

އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތް ދަށުވެ، ބާސެލޯނާ އަށް ހާސްކަން

09 އެޕްރީލު 2026
ފުރަތަމަ ލެގުގައި އާސެނަލް އިން ސްޕޯޓިން ބަލިކޮށްފި

ފުރަތަމަ ލެގުގައި އާސެނަލް އިން ސްޕޯޓިން ބަލިކޮށްފި

08 އެޕްރީލު 2026
ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި

ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި

08 އެޕްރީލު 2026

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު