Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ދެ ވަނަ ލެގަށް ވެސް ނިކުންނާނީ މޮޅުވާން: އެންރީކޭ

އެޓޭކިން އަށް އިސްކަންދީ، ލަނޑު ތަކެއް ޖަހަން ފޯކަސް ކުރާނެ ކަމަށް އެންރީކޭ ބުނި. އޭނާ ބުނީ، ބަޔާންގެ ދަނޑުގައި ޕީއެސްޖީ އިން ގާތް ގަނޑަކަށް ތިން ލަނޑު ޖަހަން ޖެހޭ ކަމަށް ޤަބޫލު ކުރެވޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އެޕްރީލު 2026 | ބުދަ 07:10
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ.

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ. | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގަށް ވެސް ނިކުންނާނީ މޮޅުވާން އަޒުމު ކަނޑައަޅައިގެން ކަމަށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް އިރުޝާދު ދެމުން އަންނަ ލުއިސް އެންރީކޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ބަޔާން މިއުނިކްގެ މައްޗަށް ކުރި ހޯދި މެޗަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. 

އެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އެންރީކޭ ބުނީ، ޕީއެސްޖީ އިން ދެ ވަނަ ލެގަށް ވެސް ނިކުންނާނީ މޮޅުވާން ކަމަށެވެ. އެގޮތުން އެޓޭކިން އަށް އިސްކަންދީ، ލަނޑު ތަކެއް ޖަހަން ފޯކަސް ކުރާނެ ކަމަށް އެންރީކޭ ބުންޏެވެ. އޭނާ ބުނީ، ބަޔާންގެ ދަނޑުގައި ޕީއެސްޖީ އިން ގާތް ގަނޑަކަށް ތިން ލަނޑު ޖަހަން ޖެހޭ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. 

މީގެ އިތުރުން އެންރީކޭ ބުނެފައި ވަނީ، އެ މެޗުގައި ޕީއެސްޖީ މޮޅުވުން ޙައްގު ކަމަށާއި، ބަލިވުން ވެސް ޙައްގު ކަމަށެވެ. އަދި މެޗުގެ ނަތީޖާ އެއްވަރުވުން ވެސް ޙައްގު ކަމަށް ފާހަގަކޮށް އެންރީކޭ ބުނީ، އެއީ ވަރަށް ވާދަވެރި މެޗެއް ކަމަށެވެ. އަދި އެ މެޗަކީ އޭނާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް ފެނުނު އެންމެ ވާދަވެރި އަދި އެންމެ ފޯރި ގަދަ އެއް މެޗުގެ ގޮތުގައި އެންރީކޭ ވަނީ ސިފަ ކޮށްފަ އެވެ.

ޕީއެސްޖީގެ ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެންރީކޭ ބުނީ، ޕީއެސްޖީގައި ތިބި ހުރިހާ ކުޅުންތެރިންނަށް ވެސް އޭނާގެ އިތުބާރު އޮތް ކަމަށެވެ. ހަމަ އެއާ އެކު، ޕީއެސްޖީ އިން ހާސިލު ކުރަން ބޭނުންވާ ކަންކަން ހާސިލު ކުރުމަށް، ކުޅުންތެރިން ވެސް ތިބީ ގަދަ އަޒުމެއްގައި ކަމަށް އެންރީކޭ ބުންޏެވެ. އެެއާ އެކު އެންރީކޭ ބުނީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ބަޔާންގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗަށް ކަމަށެވެ. 

އެންރީކޭގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގައި ވެސް ޕީއެސްޖީ އިން ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އެއީ ކުލަބުގެ ތާރީޚުގައި ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. 

ޕީއެސްޖީލުއިސް އެންރީކޭ

އިތުރަށް ކިޔާލަން

29 އެޕްރީލު 2026

ވާދަވެރި ކުޅުމަކަށް ފަހު، ފުރަތަމަ ލެގުގައި ޕީއެސްޖީ އިން ބަޔާން ބަލިކޮށްފި

29 އެޕްރީލު 2026
ވާދަވެރި ކުޅުމަކަށް ފަހު، ފުރަތަމަ ލެގުގައި ޕީއެސްޖީ އިން ބަޔާން ބަލިކޮށްފި
09 އެޕްރީލު 2026

ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި

09 އެޕްރީލު 2026
ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި
26 މާރިޗު 2026

ޙަކީމީ ޕީއެސްޖީ ދޫކޮށް ނުލާނެ ކަމަށް އޭނާގެ އެޖެންޓު ބުނެފި

26 މާރިޗު 2026
ޙަކީމީ ޕީއެސްޖީ ދޫކޮށް ނުލާނެ ކަމަށް އޭނާގެ އެޖެންޓު ބުނެފި
18 މާރިޗު 2026

ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.

18 މާރިޗު 2026
ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.
12 މާރިޗު 2026

ޗެލްސީ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި

12 މާރިޗު 2026
ޗެލްސީ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު