Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ފުރަތަމަ ލެގުގައި އެތުލެޓިކޯ އާއި އާސެނަލް އެއްވަރު ވެއްޖެ

ސެމީ ފައިނަލްގެ ފުރަތަމަ ލެގު އެއްވަރުވެފައިވާއިރު، މި ދެ ޓީމު ބައްދަލު ކުރާ ސެމީ ފައިނަލްގެ ދެ ވަނަ ލެގު އޮންނާނީ އަންނަ ހަފުތާގައި އާސެނަލްގެ އަމިއްލަ ދަނޑުގައި. މުބާރާތުގެ ފައިނަލް އިން ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 އެޕްރީލު 2026 | ބުރާސްފަތި 04:19
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ އާއި އާސެނަލް ބައްދަލު ކުރި މެޗުގެ ތެރެއިން.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ އާއި އާސެނަލް ބައްދަލު ކުރި މެޗުގެ ތެރެއިން. | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑް އާއި އާސެނަލް ބައްދަލު ކުރި މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ. 

އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި އާސެނަލް އިން ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އެތުލެޓިކޯ އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތު އާސެނަލް އިން ލީޑު ނެގީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އެއީ އެތުލެޓިކޯގެ އޭރިޔާ ތެރެއިން އާސެނަލްގެ ވިކްޓާ ޔޮކަރޭޝް އަށް ކުރި ފައުލަކާ ގުޅިގެން، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް އާސެނަލް އަށް ލީޑު ނަގައިދިނީ ޔޮކަރޭޝް އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު އެތުލެޓިކޯ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެތުލެޓިކޯ އިން ވެސް ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. އެއީ އާސެނަލްގެ އޭރިޔާ ތެރެއިން އެ ޓީމުގެ ބެން ވައިޓްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ލެގު އެއްވަރުވެފައިވާއިރު، މި ދެ ޓީމު ބައްދަލު ކުރާ ސެމީ ފައިނަލްގެ ދެ ވަނަ ލެގު އޮންނާނީ އަންނަ ހަފުތާގައި އާސެނަލްގެ އަމިއްލަ ދަނޑުގަ އެވެ. މުބާރާތުގެ ފައިނަލް އިން ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. އަނެއްކޮޅުން، މިއީ އާސެނަލް އިން މުބާރާތުގެ ސެމީ ފައިނަލްގައި ޖެހި ޖެހިގެން ކުޅޭ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ސެމީ ފައިނަލްގައި އާސެނަލް ވަނީ، ޕެރިސް ސެއިންޓް ޖާާމަން (ޕީއެސްޖީ) އަތުން ބަލިވެފަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުއެތުލެޓިކޯ މެޑްރިޑްއާސެނަލް

އިތުރަށް ކިޔާލަން

29 އެޕްރީލު 2026

ވާދަވެރި ކުޅުމަކަށް ފަހު، ފުރަތަމަ ލެގުގައި ޕީއެސްޖީ އިން ބަޔާން ބަލިކޮށްފި

29 އެޕްރީލު 2026
ވާދަވެރި ކުޅުމަކަށް ފަހު، ފުރަތަމަ ލެގުގައި ޕީއެސްޖީ އިން ބަޔާން ބަލިކޮށްފި
14 އެޕްރީލު 2026

ޓީމާ މެދު އިތުބާރު އެބަ އޮތް، ނަތީޖާ އަނބުރާ ލެވޭނެ: ފްލިކް

14 އެޕްރީލު 2026
ޓީމާ މެދު އިތުބާރު އެބަ އޮތް، ނަތީޖާ އަނބުރާ ލެވޭނެ: ފްލިކް
09 އެޕްރީލު 2026

ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި

09 އެޕްރީލު 2026
ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި
09 އެޕްރީލު 2026

އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތް ދަށުވެ، ބާސެލޯނާ އަށް ހާސްކަން

09 އެޕްރީލު 2026
އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތް ދަށުވެ، ބާސެލޯނާ އަށް ހާސްކަން
08 އެޕްރީލު 2026

ފުރަތަމަ ލެގުގައި އާސެނަލް އިން ސްޕޯޓިން ބަލިކޮށްފި

08 އެޕްރީލު 2026
ފުރަތަމަ ލެގުގައި އާސެނަލް އިން ސްޕޯޓިން ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު