Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޓީމާ މެދު އިތުބާރު އެބަ އޮތް، ނަތީޖާ އަނބުރާ ލެވޭނެ: ފްލިކް

14 އެޕްރީލު 2026 | އަންގާރަ 05:46

ދެ ވަނަ ލެގުގެ ކުރިން ވާހަކަ ދައްކަމުން ފްލިކް ބުނީ، ބާސެލޯނާގެ ކުޅުންތެރިންނާއި، ޓީމަށް އޭނާގެ އިތުބާރު އެބަ އޮތް ކަަމަށް. ދެ ވަނަ ލެގުގައި ބާސެލޯނާ އިން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ އެ ޓީމުގެ ކުޅުން ރަނގަޅު ކުރުމަށް ކަމަށް ފްލިކް ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އެޕްރީލު 2026 | އަންގާރަ 05:46
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް.

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް. | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނިކުންނަ އިރު، ބާސެލޯނާގެ ޓީމާ މެދު ފުރިހަމަ އަށް އިތުބާރު އެބަ އޮތް ކަމަށް އެ ޓީމަށް އިރުޝާދު ދެމުން އަންނަ ހަންސީ ފްލިކް ބުނެފި އެވެ.

ފްލިކް މިހެން ބުނީ، އަންގާރަ ދުވަހުގެ ރޭ ދަންވަރު އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. މިދިޔަ ހަފުތާގައި ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި އެތުލެޓިކޯ އިން ވަނީ 2-0 އިން ބާސެލޯނާ ބަލިކޮށްފަ އެވެ.

ދެ ވަނަ ލެގުގެ ކުރިން ވާހަކަ ދައްކަމުން ފްލިކް ބުނީ، ބާސެލޯނާގެ ކުޅުންތެރިންނާއި، ޓީމަށް އޭނާގެ އިތުބާރު އެބަ އޮތް ކަަމަށެވެ. ދެ ވަނަ ލެގުގައި ބާސެލޯނާ އިން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ އެ ޓީމުގެ ކުޅުން ރަނގަޅު ކުރުމަށް ކަމަށް ފްލިކް ބުންޏެވެ. ބާސެލޯނާ އަށް ރަނގަޅު ކުޅުމެއް ދެއްކިއްޖެ ނަމަ، އެ ޓީމަށް ލަނޑު ތަކެއް ޖެހޭނެ ކަމަށް ވެސް ފްލިކް ބުނެފައިވެ އެވެ. 

ފުރަތަމަ ލެގުގައި ދެ ލަނޑުގެ ތަފާތުން ބާސެލޯނާ ބަލިވެފައި އޮތް ނަމަވެސް، އެ ނަތީޖާ އަނބުރާލުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ފްލިކް ޤަބޫލު ކުރެ އެވެ. ދެ ލަނޑުގެ ނަތީޖާ އަނބުރާލައި، ބާސެލޯނާާ އަށް ސެމީ ފައިނަލްގެ ޖާގަ ހޯދޭނެ ކަމުގެ އިތުބާރު ފްލިކް އަށް އެބަ އޮތެވެ. އެތުލެޓިކޯ އަކީ ވަރުގަދަ ޓީމެއްކަން ފާހަގަކޮށް ފްލިކް ބުނީ، ޑިފެންސް އާއި އެޓޭކުގައި ވެސް ބާސެލޯނާ އިން ސަމާލުވާން ޖެހޭނެ ކަމަށެވެ.

ފަހަތުން އަރައި ބާސެލޯނާ އިން ނަތީޖާ އަނބުރާލަން ޖެހޭއިރު، ފްލިކް ބުނީ ހުރިހާ ވެސް ކަމަކީ ކުޅުންތެރިންގެ ވިސްނުމާއި، ޓީމުގައި އޮންނަ ޖޯޝު ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަަކަށް، ބާސެލޯނާ އަށް އެކަން ކުރެވޭނެކަން ޤަބޫލު ކުރަން ޖެހޭ ކަމަށާއި، އެ ވިސްނުން ބަދަލު ވެގެން ނުވާނެ ކަމަށް ވެސް ފްލިކް ބުންޏެވެ. ފްލިކް ބުނީ ބާސެލޯނާ އިން މެޗަށް ނިކުންނާނީ ރަނގަޅަށް ތައްޔާރު ވެގެން ކަމަށާއި، އެ ޓީމުން ބޭނުން ވަނީ ހަމައެކަނި ނަތީޖާ ނެރެން ކަމަށެވެ.

އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ބާސެލޯނާ އިން އެ ޓީމާ ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ރާއްޖޭގެ ގަޑިން 12 ޖަހާއިރު އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބާސެލޯނާހަންސީ ފްލިކް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

09 އެޕްރީލު 2026

ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި

09 އެޕްރީލު 2026
ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި
09 އެޕްރީލު 2026

އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތް ދަށުވެ، ބާސެލޯނާ އަށް ހާސްކަން

09 އެޕްރީލު 2026
އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތް ދަށުވެ، ބާސެލޯނާ އަށް ހާސްކަން
08 އެޕްރީލު 2026

ފުރަތަމަ ލެގުގައި އާސެނަލް އިން ސްޕޯޓިން ބަލިކޮށްފި

08 އެޕްރީލު 2026
ފުރަތަމަ ލެގުގައި އާސެނަލް އިން ސްޕޯޓިން ބަލިކޮށްފި
08 އެޕްރީލު 2026

ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި

08 އެޕްރީލު 2026
ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި
07 އެޕްރީލު 2026

ބަޔާން ވަރުގަދަ، ރެއާލް އޮތީ މޮޅުވުމުގެ އަޒުމުގައި އެކަނި

07 އެޕްރީލު 2026
ބަޔާން ވަރުގަދަ، ރެއާލް އޮތީ މޮޅުވުމުގެ އަޒުމުގައި އެކަނި
05 އެޕްރީލު 2026

ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

05 އެޕްރީލު 2026
ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
30 މާރިޗު 2026

އެންމެ ފޯމުގައި އޮތީ ބަޔާން، ބަޔާން ބަލި ކުރެވޭނެ ޓީމަކަށް އޮތީ ރެއާލް: އެމްބާޕޭ

30 މާރިޗު 2026
އެންމެ ފޯމުގައި އޮތީ ބަޔާން، ބަޔާން ބަލި ކުރެވޭނެ ޓީމަކަށް އޮތީ ރެއާލް: އެމްބާޕޭ
29 މާރިޗު 2026

އަނިޔާގެ ސަބަބުން ރަފީނިއާ އަށް ގިނަ މެޗު ތަކެއް ގެއްލޭނެ

29 މާރިޗު 2026
އަނިޔާގެ ސަބަބުން ރަފީނިއާ އަށް ގިނަ މެޗު ތަކެއް ގެއްލޭނެ
25 މާރިޗު 2026

މުސްތަޤުބަލާ މެދު ވިސްނަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ

25 މާރިޗު 2026
މުސްތަޤުބަލާ މެދު ވިސްނަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ
23 މާރިޗު 2026

ވަޔެކާނޯ ބަލިކޮށް، ބާސެލޯނާ އިން އެއް ވަނައިގައި ފޯމު ދަމަހައްޓައިފި

23 މާރިޗު 2026
ވަޔެކާނޯ ބަލިކޮށް، ބާސެލޯނާ އިން އެއް ވަނައިގައި ފޯމު ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް