Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

އާޓެޓާ ހުރީ އިތުބާރާ އެކު، ސިޓީ މެޗު ވެސް ބަލާނެ!

އާޓެޓާ ބުނީ އާސެނަލް އަށް އެ މެޗުން މޮޅުވުމަކީ ވަރަށް މުހިންމު ކަމަކަށް ވެފައި އޮތް ކަމަށާއި، އެކަން ހާސިލު ކުރެވުމުން އުންމީދެއްގައި ހުރި ކަމަށް. އާޓެޓާ ބުނީ އެ މެޗުގެ ނަތީޖާ އާއި، އެ މެޗުން ލިބުނު ހިތްވަރަކީ ކުރިއަށް އޮތް މެޗަށް އާސެނަލް އަށް ލިބުނު ބޮޑު ފައިދާ އަކަށް ވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 މެއި 2026 | ހޯމަ 05:19
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ. | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ހޯދި މުހިންމު މޮޅާ އެކު، ބޮޑު އިތުބާރެއްގައި ހުރި ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ. 

އާޓެޓާ މިހެން ބުނީ އާސެނަލްގެ އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލީގު ތާވަލްގައި ހަ ޕޮއިންޓުގެ ލީޑެއް އާސެނަލް އިން ނަގާފައި ވަނިކޮށެވެ. އާޓެޓާ ބުނީ ފުލަމްއާ ދެކޮޅަށް އާސެނަލްގެ ކުޅުންތެރިން ދެއްކި ކުޅުން އަދި ވަކި ވަކި ކުޅުންތެރިންގެ ކުޅުމާ މެދު ވެސް އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ.

ފުލަމްއާ ދެކޮޅަށް ނިކުތްއިރު ވެސް، އެ މެޗު އުނދަގޫ ވާނެކަން ކުރިން އިޙުސާސް ކުރެވުނު ކަމަށް އާޓެޓާ ބުންޏެވެ. އާޓެޓާ ބުނީ އާސެނަލް އަށް އެ މެޗުން މޮޅުވުމަކީ ވަރަށް މުހިންމު ކަމަކަށް ވެފައި އޮތް ކަމަށާއި، އެކަން ހާސިލު ކުރެވުމުން އުންމީދެއްގައި ހުރި ކަމަށެވެ. އާޓެޓާ ބުނީ އެ މެޗުގެ ނަތީޖާ އާއި، އެ މެޗުން ލިބުނު ހިތްވަރަކީ ކުރިއަށް އޮތް މެޗަށް އާސެނަލް އަށް ލިބުނު ބޮޑު ފައިދާ އަކަށް ވާނެ ކަމަށެވެ. 

އެއާ އެކު އާޓެޓާ ބުނީ އާސެނަލް އަށް ދެން އޮތީ އެންމެ ތާރީޚީ މެޗު ކަމަށެވެ. އެގޮތުން އަންގާރަ ދުވަހުގެ ރޭ ދަންވަރު އާސެނަލްގެ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގަކީ، އެމިރޭޓްސް ސްޓޭޑިއަމްގައި ތާރީޚުގައި ވެސް ކުޅޭނެ އެންމެ މުހިންމު އެއް މެޗަށް ވާނެ ކަމަށް އާޓެޓާ ބުންޏެވެ. މިދިޔަ ހަފުތާގައި މި ދެ ޓީމު ބައްދަލު ކުރި ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

އާސެނަލް އިން ޕްރިމިއާ ލީގު ރޭހުގައި ވާދަ ކުރަމުން އަންނައިރު، އާޓެޓާ ބުނީ ވާދަވެރި މެންޗެސްޓަރ ސިޓީ އިން އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗު ވެސް އޭނާ ބަލާނެ ކަމަށެވެ. އެ މެޗުން މޮޅުވެ، އާސެނަލްއާ ދެމެދު އޮތް ހަ ޕޮއިންޓުގެ ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ސިޓީ އަށް އޮތްއިރު، ސިޓީ ވަނީ އާސެނަލް އަށް ވުރެ ދެ މެޗު މަދުން ކުޅެފަ އެވެ. އާޓެޓާ ބުނީ އޭނާ އަކީ ފުޓުބޯޅަ އަށް ލޯބި ކުރާ މީހެއް ކަމަށާއި، އެހެންވެ އެ މެޗު ވެސް ބަލާނެ ކަމަށެވެ.

މީގެ އިތުރުން އާޓެޓާ ބުނީ އާސެނަލްގެ އުންމީދުތަކާއި، ހުވަފެންތައް އަދިވެސް ދެމި އޮތް ކަމަށާއި، އެ ޓީމުން ބޭނުންވާ އަމާޒަށް ވާސިލުވުމަށް ގަދައަޅާ މަސައްކަތް ކުރާނެ ކަމަށެވެ. އާސެނަލްގެ ހުރިހާ ކުޅުންތެރިންނާއި، ކޯޗިން އޮފިޝަލުން ވެސް މަސައްކަތް ކުރަނީ އެކަން ހާސިލު ކުރަން ކަމަށާއި، އޭނާ ހުރީ ވަރަށް ބޮޑު އިތުބާރަކާ އެކު ކަމަށް އާޓެޓާ ބުންޏެވެ.

ލީގުގައި މިހާތަނަށް ކުޅެފައިވާ 35 މެޗުން އާސެނަލް އަށް ލިބެނީ 76 ޕޮއިންޓެވެ. އާސެނަލް އަށް ވުރެ ދެ މެޗު މަދުން ކުޅެފައިވާ ސިޓީ އަށް ދެ ވަނައިގައި ލިބެނީ 70 ޕޮއިންޓެވެ. 

އާސެނަލްމިކޭލް އާޓެޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލަމް އަތުން މޮޅުވެ، އާސެނަލް އިން ލީޑު ނަގައިފި

ފުލަމް އަތުން މޮޅުވެ، އާސެނަލް އިން ލީޑު ނަގައިފި

03 މެއި 2026
އާޓެޓާ ހުރީ ޔަޤީންކަމާ އެކު، އެދުނީ ސަޕޯޓަރުން ސާބިތުކަމާ އެކު ތިބުމަށް!

އާޓެޓާ ހުރީ ޔަޤީންކަމާ އެކު، އެދުނީ ސަޕޯޓަރުން ސާބިތުކަމާ އެކު ތިބުމަށް!

02 މެއި 2026
ލިބުނީ އެންމެ ބޭނުންވި ނަތީޖާއެއް ނޫން، އެކަމަކު ޓީމާ މެދު ފަޚުރުވެރިވަން: އާޓެޓާ

ލިބުނީ އެންމެ ބޭނުންވި ނަތީޖާއެއް ނޫން، އެކަމަކު ޓީމާ މެދު ފަޚުރުވެރިވަން: އާޓެޓާ

30 އެޕްރީލު 2026
ފުރަތަމަ ލެގުގައި އެތުލެޓިކޯ އާއި އާސެނަލް އެއްވަރު ވެއްޖެ

ފުރަތަމަ ލެގުގައި އެތުލެޓިކޯ އާއި އާސެނަލް އެއްވަރު ވެއްޖެ

30 އެޕްރީލު 2026
ފުރަތަމަ ލެގުގައި އާސެނަލް އިން ސްޕޯޓިން ބަލިކޮށްފި

ފުރަތަމަ ލެގުގައި އާސެނަލް އިން ސްޕޯޓިން ބަލިކޮށްފި

08 އެޕްރީލު 2026

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު