Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔޫތު އިންޓަނޭޝަނަލް މޮޑެލް ކޮންފަރެންސް

ޔޫތު އިންޓަނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް: ޕްރިންސިޕަލުންނާ ބައްދަލުކޮށް މައުލޫމާތު ފޯރުކޮށްދީފި

އޭޝިއާ ޔޫތު އިންޓަނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް މިމަހުގެ 15 އިން 16 އަށް ކުރުނބާ މޯލްޑިވްސްގައި ބާއްވައިފި. ރާއްޖޭގެ 50 ދަރިވަރުންނާއެކު ޖުމްލަ 250 ކުދިން ބައިވެރިވި މި ބައްދަލުވުމަކީ ދަރިވަރުންގެ މެދުގައި ލީޑަޝިޕް ހުނަރާއި ބައިނަލްއަގުވާމީ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި ހަރަކާތެއް. މި ކޮންފަރެންސްގެ ތެރެއިން ސިއްހީ ދާއިރާއާއި ތިމާވެށީގެ މުހިންމު މައުޟޫއުތަކަށް ބަހުސްކޮށް، ދަރިވަރުންނަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ވަނީ ހިއްސާކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 17 މެއި 2026 | އާދީއްތަ 09:23
ޔޫތު އިންޓަނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް: ސައިޑް އިވެންޓް އެއްގެ ގޮތުގައި އާދީއްތަ ދުވަހު ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ހާއްސަކޮށްގެން ހަރަކާތެއް ބާއްވައި، މި ކޮންފަރެންސްގެ މައުލޫމާތު ހިއްސާކޮށް،

ޔޫތު އިންޓަނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް: ސައިޑް އިވެންޓް އެއްގެ ގޮތުގައި އާދީއްތަ ދުވަހު ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ހާއްސަކޮށްގެން ހަރަކާތެއް ބާއްވައި، މި ކޮންފަރެންސްގެ މައުލޫމާތު ހިއްސާކޮށް، | ރާއްޖެ އެމްވީ

އިންޓަނޭޝަނަލް ގްލޯބަލް ނެޓްވާރކުން އިންތިޒާމްކޮށްގެން 2026 ވަނަ އަހަރުގެ އޭޝިއާ ޔޫތު އިންޓަނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް ގެ ތެރެއިން ޕްރިންސިޕަލުންނަށް ޚާއްސަ އިވެންޓެއް ބާއްވައިފި އެވެ.

މެލޭޝިއާ އާއި ތައިލެންޑާއި ސިންގަޕޫރާއި އިންޑޮނީޝިއާ އާއި ވިއެޓްނާމް ފަދަ ގައުމުތަކުގައި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ގްލޯބަލް ނެޓްވާރކް އިން ބާއްވަމުން އަންނަ މި ކޮންފަރެންސް ރާއްޖޭގައި މިފަހަރު ބާއްވަނީ ވަނީ މި މަހުގެ 15 ދުވަހުން ފެށިގެން ކުރުނބާ މޯލްޑިވްސް ރިސޯޓުގަ އެވެ.

Advertisement - newsAdvertisement

މި ފަހަރުގެ މި ކޮންފަރެންސްގައި ރާއްޖޭގެ 50 ދަރިވަރުންނަށް ފުރުސަތު ދީފައި ވެ އެވެ.

މި ކޮންފަރެންސްގެ ސައިޑް އިވެންޓް އެއްގެ ގޮތުގައި އާދީއްތަ ދުވަހު ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ހާއްސަކޮށްގެން ހަރަކާތެއް ބާއްވައި، މި ކޮންފަރެންސްގެ މައުލޫމާތު ހިއްސާކޮށް، ދަރިވަރުންނަށް ލިބިދެވޭނެ ފުރުސަތުތަކާ ބެހޭ ގޮތުން ތަފްސީލްކޮށް ހާމަ ކޮށްދީފައި  ވެ އެވެ. މި ބައްދަލުވުމުގައި ސުވާލާއި ޖަވާބުގެ ސެޝަނެއް ބާއްވައި، ޕްރިންސިޕަލުންގެ ސުވާލުތަކަށް ޖަވާބުދީފައި ވެ އެވެ. 

އިންޓަނޭޝަނަލް ގްލޯބަލް ނެޓްވާރކުގެ ރައީސް މުހައްމަދު ފަހްރިޒާލް ވިދާޅުވީ، މި ކޮންފަރެންސަކީ ދަރިވަރުންނަށް ވަރަށް ގިނަ މުހިންމު ހުނަރުތައް ދަސްކުރެވޭނެ ތަނަވަސް ޕްލެޓްފޯމެއް ކަމަށެވެ. މި ކޮންފަރެންސްގެ ތެރެއިން ދަރިވަރުންނަށް ޕަބްލިކްގެ ސްޕީކިންގ ސްކިލްސް، ލީޑަޝިޕް ހުނަރު، މަޝްވަރާކުރުމުގެ ހުނަރު، އަދި ނެޓްވޯކިން ހުނަރުތައް ދަސްވެ، އެ ހުނަރުތައް އެދެވޭ ގޮތެއްގައި ބޭނުންކުރަން އެނގިގެންދާނެ ކަމަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި ކޮންފަރެންސްގައި އުމުރުން 14 އަހަރާއި 16 އަހަރާ ދެމެދު ކުދިންނަށް ޑައބްލިޔުއެޗްއޯގެ ކައުންސިލްގައި ބައިވެރިވެވޭއިރު އެ ކުދިންނަށް ދީފައިވާ މައުލޫއަކީ އާންމު ތަންތަނުގައި ގައިންގަޔަށް އަރާ ބަލިތައް ފެތުރުން ހުއްޓުވުމެވެ.

އަދި އުމުރުން 15 އަހަރާއި 25 އަހަރުގެ ޒުވާނުންނަށް ޔޫއެންޑީޕީގެ ކޮންފަރެންސްގައި ބައިވެރިވެވޭއިރު އެ މީހުންނަށް ކަނޑައަޅާފައި ވަނީ "ތިމާވެއްޓާ ރައްޓެހި (ފެހި) އިގްތިސާދަކަށް ބަދަލުވުމުގައި، އޮމާންކަމާއި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ކަށަވަރުކުރުން" މި މައުޟޫ އެވެ. 

މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތައުލީމީ މަރުކަޒުތަކުގައި ބާއްވަމުން އަންނަ ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްތަކުގައި ދަރިވަރުން އދ. ގެ ތަމްސީލުވެލައްވާ ބޭފުޅުންގެ ރޯލްގައި ހަރަކާތްތެރިވެ، ބައިނަލްއަޤްވާމީ މައްސަލަތައް ބަހުސްކޮށް، ހައްލުތައް ހޯދުމަށް މަސައްކަތްކުރެ އެވެ. މި ތަޖުރިބާއަކީ ދަރިވަރުންނަށް ބައިނަލްއަޤްވާމީ ގުޅުންތަކާއި، ޑިޕްލޮމަސީއާއި، ދުނިޔޭގެ މައްސަލަތަކާ ބެހޭ ގޮތުން ވިސްނުން ފުޅާކުރެވޭނެ ވަރަށް މުހިންމު ފުރުސަތެކެވެ.

މިއަހަރުގެ މި ކޮންފަރެންސްގައި 250 ދަރިވަރުން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި އެކި ގައުމުތަކުގެ ދަރިވަރުން ހިމެނެ އެވެ. 

އިންޓަނޭޝަނަލް ގްލޯބަލް ނެޓްވޯކްމޮޑެލް ޔުނައިޓެޑް ނޭޝަންސްކުރުނބާ މޯލްޑިވްސްމުހައްމަދު ފަހްރިޒާލްޔޫއެންޕީޑަބްލިޔުއެޗްއޯ

އިތުރަށް ކިޔާލަން

17 މެއި 2026

އެބޯލާއާ ގުޅިގެން ޑަބްލިއުއެޗްއޯއިން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފި، މިނިސްޓްރީން ބުނީ ޙާލަތު މޮނިޓަރ ކުރަމުންދާކަމަށް

17 މެއި 2026
އެބޯލާއާ ގުޅިގެން ޑަބްލިއުއެޗްއޯއިން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފި، މިނިސްޓްރީން ބުނީ ޙާލަތު މޮނިޓަރ ކުރަމުންދާކަމަށް
02 އެޕްރީލު 2026

"މޯލްޑިވްސް މޮނިން ކަޕް 2026"ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

02 އެޕްރީލު 2026
"މޯލްޑިވްސް މޮނިން ކަޕް 2026"ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
16 ފެބުރުއަރީ 2026

މަޓީގެ 36 ވަނަ އާންމު ޖަލްސާ ކުރުނބާގައި ބާއްވައިފި

16 ފެބުރުއަރީ 2026
މަޓީގެ 36 ވަނަ އާންމު ޖަލްސާ ކުރުނބާގައި ބާއްވައިފި
14 ފެބުރުއަރީ 2026

ދޯންޏެއްގައި ރޯވުން: އަނިޔާވި 5 މީހުންނަށް ދަނީ ފަރުވާ ދެމުން

14 ފެބުރުއަރީ 2026
ދޯންޏެއްގައި ރޯވުން: އަނިޔާވި 5 މީހުންނަށް ދަނީ ފަރުވާ ދެމުން
14 ފެބުރުއަރީ 2026

15 މީހުންނާއި އެކު ދަތުރު ކުރި މަސްދޯންޏެއްގައި ރޯވެއްޖެ

14 ފެބުރުއަރީ 2026
15 މީހުންނާއި އެކު ދަތުރު ކުރި މަސްދޯންޏެއްގައި ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު